Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ އިން ބީލަން ޕޯޓަލް އާއި ނީލަން ޕޯޓަލް ތައާރަފުކޮށްފި

ހިދުމަތްތައް ފަސޭހަ ވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ނޮވެމްބަރު 2018 | ހޮނިހިރު 05:37
ޕޯޓަލް ތައާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ޕޯޓަލް ތައާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ބީލަން ޕޯޓަލް އާއި ނީލަން ޕޯޓަލް ތައާރަފުކޮށްފިއެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަންވެރިންނާއި ބީލަމާއި ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ބީލަމަށް ހުޅުވާލެވޭ މަޝްރޫއުތަކުގެ ބީލަމާއި ގުޅޭ އެންމެހައި ލިޔެކިއުންތަކާއި އެ ބީލަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ގޮތެއްގައި ދައުލަތުގެ އޮފީސްތަކުން ހިންގުމަށްޓަކައި އެ އޮފީސްތަކަށް ބޭނުންވާ ޕްރޮކިއުމަންޓާއި ގުޅޭ މުހިންމު މައުލޫމާތު އެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށް ދެވިގެންދާ ނެއެވެ.

ނީލަން ޕޯޓަލް މެދުވެރިކޮށް މުއައްސަސާތަކުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށާއި އެ ޕޯޓަލްގެ ފުރަތަމަ ފޭސްގައި ދައުލަތުގެ އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އާއި ދެމެދު ދައުލަތުގެ ހަރު މުދަލާއި ގުޅުންހުރި މުއާމަލާތު ކުރެވި، ދައުލަތުގެ އެއް މުއައްސަސާއަކުން އިތުރަށް ބޭނުންވާ ހަރު މުދަލެއް އެހެން މުއައްސަސާއަކަށް ބޭނުންވޭތޯ ބެލޭނެ ކަމަށް މިނިސްޓްރީން ބުނިއެވެ. އަދި ޕޯޓަލްގެ ދެވަނަ ފޭސްގައި އަހަރު ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލެވި ދައުލަތަށް ބޭނުންނުވާ ހަރު މުދާ ނީލަން ކިޔުމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ އިފްތިތާހު ކުރެވުނު ހިދުމަތްތަކުގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މަސައްކަތް ކުރެވިގެންދާނެ ކަމަށާއި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށާއި ހިދުމަތްދޭ ފަރާތަށް އެތައް ގުނައެއް ލުއިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ބަނޑޭރި ޕޯޓަލް އިތުރު ދެ ހިދުމަތާއެކު ތައާރަފުކޮށްފައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
22 މެއި 2017

އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި

22 މެއި 2017
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު