Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ކަރުދާސްތައް ވަނީ ޝްރެޑްކޮށްފައި، ވަރަށް އަވަހަށް އަންދާލާނެ: އީސީ

6 ނޮވެމްބަރު 2018 | އަންގާރަ 10:32

އަންދާލަނީ ސިފައިންގެ އެހީތެރިކަމާ އެކު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 ނޮވެމްބަރު 2018 | އަންގާރަ 10:32
ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގައި އޮފިޝަލުން

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގައި އޮފިޝަލުން

ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓު ކަރުދާސް ޝްރެޑްކޮށް، އަންދާލައިގެން ނައްތާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ނައްތާނުލައި ބަހައްޓަންޖެހޭ ގާނޫނީ މުއްދަތު ފަހަނައަޅާފައިވާ ކަމަށެވެ. ވޭތުވެދިޔަ މުއްދަތުގައި އެ ތަކެތި ނައްތާނުލައި މަޑުކުރީ އިންތިހާބާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންތިހާބާ ގުޅޭ ހުރިހާ ލިޔެކިއުމެއް ނައްތާ ނުލާ ކަަމަށާއި ހަމައެކަނި ނައްތާލީ ވޯޓު ކަރުދާސްތަކާއި ވޯޓުކަރުދާހާ ގުޅުން ހުރި ލިޔެކިއުންތައް ކަމަށެވެ.

"ވޯޓުލުމަށް ބޭނުން ކުރި ވޯޓު ކަރުދާސް، އަޅުގަނޑުމެން މިއަދު ވާނީ ނައްތާލާފައި. ޝްރެޑްކޮށް ނިންމާފައި. މިއަދު ގަޑިއެއްގައި ނުވަތަ މާދަމާގެ ގަޑިއެއްގައި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އަޅުގަނޑުމެން އެ ކަރުދާސްތައް އަންދާލުމުގެ މަސައްކަތް ކުރާނަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިހާބުގެ "ކަން ހިނގި ގޮތުގެ ރިޕޯޓު" ތައްޔާރުކޮށް، ވޯޓުލީ މީހުންގެ ރަޖިސްޓްރީ އެ ކޮމިޝަނުން ފައިލްކޮށް، ރައްކާކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާއިރާތައް ވަނީ ފައިނަލްކޮށްފައެވެ. އެ ނިންމުމާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެ ދާއިރާއެއް އިތުރުކޮށް، މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އިތުރުވާނެއެވެ. މަޖިލީހަށް އިތުރުވާ ދެ ދާއިރާއަކީ މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ. ހުޅުހެންވޭރު ދާއިރާ ބަދަލު ވެގެންދާނީ ހުޅުމާލެ ދާއިރާއަށެވެ.

އެކަމާ ގުޅޭ ގޮތުން ޝަރީފު ވިދާޅުވީ މަޖިލީހަށް އިތުރު ކުރާ ދެ ދާއިރާއާ އެކު، މަޖިލީހުން އިންތިހާބީ ދާއިރާތަކުގެ ރިޕޯޓް ގެޒެޓް ކުރަން ފޮނުވާފައިވާ ކަމަށާއި މަޖިލީހަށް ދެން އެއްވެސް ދާއިރާއެއް އިތުރު ނުކުރާނެ ކަމަށެވެ.

"[ދެ ދާއިރާއެއް] އިތުރު ކުރުން ފިޔަވައި، ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އެހެން އެއްވެސް އިންތިހާބީ ދާއިރާއަކަށް އެއްވެސް ސިފައެއްގައި ބައުންޑްރީއަށް ވެސް އަދި އާބާދީ އެއްވަރު ކުރުމުގެ ނިޔަތުގައި ވެސް އެއްވެސް ކަހަލަ ބަދަލެއް ނުގެންނަން އިލެކްޝަންސް ކޮމިޝަނުން މި ވަނީ ނިންމާފައި،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ދެ ދާއިރާއެއް އިތުރު ކުރުމަށް އެ ސިޓީން އެދިފައިވާ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ސިޓީއަށް ދެ ދާއިރާ އިތުރު ނުކުރުމަށް ނިންމީ ކޮމިޝަންގައި މަޝްވަރާ ކުރުމަށްފަހު، މަސްލަހަތަށް ކަމަށެވެ.

"ކޮމިޝަނުން ނިންމި އެންމެ މަސްލަހަތު ހުރި ގޮތަކީ މިހާރު ވެސް މިއޮތް ގޮތަށް އެއްވެސް ދާއިރާއެއް އިތުރު ނުކޮށް، އަދި އިންތަކަަށް ވެސް އެއްވެސް ބަދަލެއް ނުގެނެސް، ކުރިއަށް ގެންދިއުމަށް،" އަކްރަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް