Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯލިހު ހުވާ ކުރެއްވުން

ހުވާ ކުރާ ރަސްމިއްޔާތު އާންމުކޮށް ހުޅުވާ ނުލައި، 11،500 މީހުންނަށް ދައުވަތު ދޭން ނިންމައިފި

5 ނޮވެމްބަރު 2018 | ހޯމަ 13:46

އާންމުކޮށް ހުޅުވާ ނުލަން ނިންމީ ސެކިއުރިޓީ ސަބަބުތަކަށްޓަކާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 ނޮވެމްބަރު 2018 | ހޯމަ 13:46
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލިޔުމެއްގައި ސޮއި ކުރައްވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލިޔުމެއްގައި ސޮއި ކުރައްވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމައި، އެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު ދޭން ނިންމައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ގައުމީ ފުޓްބޯޅަދަނޑުގައި ބޭއްވުމަށް ނިންމާފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހާ ގުޅިގެން ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް އުފައްދާފައިވާ އިނޮގްރޭޝަން ކޮމެޓީން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ އާންމުކޮށް ހުޅުވާލައިގެން އެ ރަސްމިއްޔާތު ނުބޭއްވުމަށް ނިންމީ ސެކިއުރިޓީ ސަބަބުތަކަށްޓަކާ ކަަމަށެވެ.

Advertisement - newsAdvertisement

އެ ކޮމެޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ހުވާކުރާ ރަސްމިއްޔާތުގައި އެކި ދައުލަތްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެތީ، އެބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކުން އެދެނީ ދައުވަތު އަރުވާ ބޭފުޅުން އެކަނި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ހެދުމަށް ކަމަށެވެ.

"އެކިއެކި ދައުލަތްތަކުގެ ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގަންނަވާނެ. އެގޮތުން ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގަންނަވާއިރު، އެބޭފުޅުންގެ ސެކިއުރިޓީ އާއި ސަލާމަތީ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭނެ ގޮތަކަށް، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް އެބޭފުޅުން ތަމްސީލު ކުރައްވާ ސަރުކާރުތަކުންނާއި އަޅުގަނޑުމެން ވެސް ސެކިއުރިޓީގެ އެކިއެކި ބޭފުޅުންގެ މަޝްވަރާ އާއި ލަފައަކީ ދައުވަތު އެރުވޭ ބޭފުޅުންނަށް ހަމައެކަނި ހުޅުވާލައިގެން ބައިވެރިވެވޭ ގޮތަށް ގަލޮޅު ދަނޑުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ގެންދިއުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:00 ގައި ކަމަށް ހަސަން ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕާޓީތަކަށް ވެސް ވަކިވަރަކަށް ދައުވަތު ދޭނެ ކަމަށާއި އޭގެ އިތުރުން ބޭރުގެ އިއްޒަތްތެރިންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ވެސް ދައުވަދު ދޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވާ ރަސްމިއްޔާތަކަށްވުމުން، އެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް މުއައްސަސާތަށް ގުޅިގެން ޗޮއިންޓް ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި އިންތިހާބީ ރައީސް އުފެއްދެވި އިނޮގްރޭޝަން ކޮމެޓީ އާއި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް ކޮމެޓީއެއް އުފައްދާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

(ތަފްސީލު އަންނަނީ...)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް