Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަހްރެއިން ސިޔާސީ ހަމަނުޖެހުން

ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދައުވާ ކުރީ ގަތަރާ ގުޅުން ކަނޑާލި ފަހުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2018 | ހޯމަ 05:42
ޝެއިޚް ސަލްމާން 2015 ން ފެށިގެން ހުންނެވީ ޖަލުގައި

ޝެއިޚް ސަލްމާން 2015 ން ފެށިގެން ހުންނެވީ ޖަލުގައި

ޤަތަރަށް ޖާސޫސް ކޮށްދިންކަމަށް ސާބިތުވެ ބަހްރެއިންގެ އިދިކޮޅު ލީޑަރު ޝެއިޚް އަލީ ސަލްމާން އުމުރަށް ޖަލަށް ލުމަށް އިސްތިއުނާފީ ކޯޓުން ހުކުމް ކޮށްފިއެވެ.

އިސްތިއުނާފު ކޯޓުން މި ހުކުމް އައިސްފައި މިވަނީ ބަހްރެއިންގެ ހައި ކޯޓުގެ ފުރަތަމަ މަރުހަލާގައި، ވާދަވެރި ދައުލަތަކާއި ގުޅުންތަކެއް ބޭއްވިކަމަށް ބުނެ ސަލްމާންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނިކޮށެވެ.

2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުންކަނޑާލުމާއެކު ބަހްރެއިނުންވެސް ވަނީ ގުޅުން ކަނޑާލާފައެވެ.

ބަހްރެއިންގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކުރަމުންދާ ދައުވާތަކުގެ ތެރެއިން ސަލްމާންގެ މައްޗަށް އައި ހުކުމާއެކު އެމްނެސްޓީ އިންޓަނޭޝަލްއިން މިކަން ސިފަކޮށްފައި ވަނީ މިއީ އިންސާފުގެ ނަމުގައި ހިންގާފައިވާ ޗަރުކޭހެއްގެ ގޮތުގައެވެ.

އެމްނެސްޓީގެ މެދުއިރުމަތީ އަދި އުތުރު އެފްރިކާގެ ޑިރެކްޓަރ ހިބާ މޮރައެފް ވިދާޅުވީ މި ހުކުމުން ދައްކުވައި ދެނީ ސަރުކާރާ ދެކޮޅު ކޮންމެ މީހެއްގެ އަނގަ ބަންދުކުރުމަށް ގާނޫނާ ޚިލާފަށް ކުރާ މަސައްކަތް ކަމަށެވެ.

ސުލްހަވެރިކަމާއެކު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކޮށްގެން އެކަހެރިކޮށް ބަންދުކުރެވިފައިވާ ޝެއިޚް އަލީ ސަލްމާން އަކީ ޟަމީރުގެ ގައިދީއެއް ކަމަށް އެމްނެސްޓީންވަނީ ކަނޑައަޅާފައެވެ.

އަލީ ސަލްމާންގެ މައްޗަށް ވަނީ، މިހާރު ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ އަލް ވިފާޤް ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވައި ޤަތަރާއި ގުޅިގެން 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގިކަމުގެ ތުހުމަތު ކޮށްފައެވެ. އޭނާއާއިއެކު އިދިކޮޅު އެހެން ލީޑަރުން ކަމަށްވާ ހަސަން ސުލްތާންއާއި އަލީ އަސްވާދްގެ މައްޗަށްވެސް ވަނީ އެ ތުހުމަތުތައް ކޮށްފައެވެ.

އެމީހުންގެ މައްޗަށްވެސްވަނީ އުމުރު ދުވަހުގެ ޖަލުހުކުމް އިއްވާފައެވެ.

ބަހްރެއިންގެ ޕަބްލިކް ޕްރޮސިކިއުޓަރ ވިދާޅުވީ އެ ތިން މީހުން ޖަލަށްލާފައި ވަނީ ޤަތަރުގެ އޮފިޝަލުންނާއި ވާހަކަދައްކައިގެން ބަހްރެއިނާ ދެކޮޅަށް ރުޅިވެރިކަމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ.

ހަތް އަހަރު ކުރީގެ މި މައްސަލަތައް ކުއްލިއަކަށް އަައިސްފައިވަނީ ސައުދީ އަރަބިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި،މިސްރާއި، ބަހްރެއިނުން ޤަތަރާ ގުޅުން ކަނޑާލުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު