Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ގާސިމް ޖޭޕީގެ ލީޑަރު ކަމަށް އިންތިހާބު ކޮށްފި

29 އޮކްޓޯބަރު 2018 | ހޯމަ 12:10

ކޯލިޝަން ރޫޅުނަ ނުދޭން ގާސިމް އެދިވަޑައިގެންނެވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 29 އޮކްޓޯބަރު 2018 | ހޯމަ 12:10
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް:- މިރޭ ވަނީ އަލުން ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައި

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް:- މިރޭ ވަނީ އަލުން ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމް އަނެއްކާ ވެސް އިންތިހާބު ކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބު ކުރީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހުނީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހީމް އެކަނި ކުރިމަތި ލައްވާފައި ވާތީއެވެ. ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން 61 މެމްބަރުން ވޯޓު ދެއްވިއިރު އެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ގާސިމް އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ގާސިމެވެ. ނަމަވެސް ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާ އެކު ޕާޓީގެ ލީޑަރުގެ މަގާމު މިދިޔަ އަހަރު ގެއްލުނެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވި ކޮންގްރެސްގައި ވެސް ޕާޓީގެ ލީޑަރުގެ މަގާމަށް ވަނީ ބޭފުޅަކު އައްޔަން ނުކޮށެވެ. އަލުން ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް އިންތިހާބުކުރީ ގާސިމަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެންނެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީގެ ލީޑަރުގެ މަގާމު ނުފުރޭނެ ކަމަށް ބުނެފައި އޮންނައިރު ގާސިމަށް ކުރި ހުކުމް ބާތިލްކޮށްފައި ވާތީ މިހާރު ގާސިމަށް އެ މަގާމަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ގާސިމް އެ މަގާމަށް އިންތިހާބު ކުރުމުން ލީޑަރުގެ މަގާމުގެ އެންމެހައި ބާރުތައް ވަގުތުން ގާސިމަށް ވަނީ ހަވާލު ކޮށްފައެވެ. ވަގުތީ ގޮތުން އެ މަގާމުގެ މައްސޫލިއްޔަތު އުފުލަމުން އައިސްފައި ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދެވެ.

ގާސިމް ވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީ ހިމެނޭ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވާތީ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމެންދެެން ކޯލިޝަނުގެ ތެރޭގައި ތިބުމަށް ޕާޓީން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. ގާސިމް ވިދާޅުވެފައި ވަނީ ހިތް ނުތަނަވަސްވާ ކަންކަން ދިމާވި ނަމަވެސް ކޯލިޝަން ރޫޅޭ ފަދަ ކަންކަން ނު ކުުރުމަށާއި، އެފަދަ ކަންކަމާ އަޅާ ނުލުމަށް ޕާޓީގެ ހުރިހާ މެމްބަރުންގެ ކިބައިން އެެދިވަޑައިގެންފަ އެވެ. އަދި މީގެ ކުރިން ޖޭޕީ ހިމެނޭ ސަރުކާރުތަކުގައި ހެދުނު މިސްޓެކް މި ކޯލިޝަން ރޫޅުނަ ނުދިނުމަށް އެ މިސްޓޭކް ނުހެދުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް