Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ1 އެމްޑީބީގެ ކޮރަޕްޝަން

1އެމްޑީބީގެ ތެރެއިން ކަންތައްތަކެއް ގޯސްކޮށް ދިޔަ:ނަޖީބު

28 އޮކްޓޯބަރު 2018 | އާދީއްތަ 15:49

ނަޖީބުގެ މައްޗަށް 38 ދައުވާއެއް އުފުލިފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 އޮކްޓޯބަރު 2018 | އާދީއްތަ 15:49
އަލްޖަޒީރާގެ 101 އީސްޓަށް ނަޖީބު އިންޓަވިއުދެއްވަނީ

އަލްޖަޒީރާގެ 101 އީސްޓަށް ނަޖީބު އިންޓަވިއުދެއްވަނީ

މެލޭޝިއާގެ 1 އެމްޑީބީ ކުންފުނީގެ ތެރެއިން ކަންތައްތަކެއް ގޯސްކޮށް ދިޔަ ކަމަށް އެއްބަސްވެވަަޑައިގަންނަވާކަމަށާއި ނަމަވެސް ގޯހުން ހިނގައިދިޔަ އެއްވެސްކަމެއްގައި ބައިވެރިވެ ވަޑައިގެންފައިނުވާ ކަމަށް، 38 ދައުވާއެއް އުފުލިފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެއެވެ.

"އެ ބަހުރި 1އެމްބީޑީގައި ގޯސްކޮށް ހިނގާފައިހުރި ކަންތައްތަކެއް" ހޮނިހިރު ދުވަހު ގެނެސްދިން އަލް ޖަޒީރާގެ 101 އީސްޓްގައި ނަޖީބު އެއްބަސްވެ ވަޑައިގަތެވެ.

ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ފަންޑުގެ ކަންކަން ބައްލެވި ނަމަވެސް ފަންޑުގެ ފައިސާގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮފްޝޯ ބޭންކްތަކަށް ޓްރާންސްފަރ ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މަނިކުފާނު އެއްވެސް ކަމެއް ގޯހުން ކުރައްވާފައިނުވާނެކަމަށް ވިދާޅުވެފައެވެ.

ނަޖީބުވަނީ 1 އެމްޑީބީއާ ގުޅޭ ގުޅުންހުރި އެއްވެސް ދިމާއަކުން ލޯ ލާރިއެއް ވެސް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ރައްޔިތުންގެ ނަފްރަތު އުތުރިއަރައި މެއި މަހު ބޭއްވި އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވެ ނަޖީބުގެ ވެރިކަން ބަދަލުވެގެން ދިއުމަށްފަހު ހަތަރު ފަހަރެއްގެ މަތިން ނަޖީބުވަނީ ކޯޓަަށް ހާޒިރުކުރެވިފައެވެ.

މި އިންޓަވިއު ނަގަމުންދިއައިރު އިންޓަވިއު ދޫކުރައްވާ ވަޑައިގެންފާނެކަމަށް ދެފަހަރަކަށް ނަޖީބު ބިރު ދައްކާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓުން ފެނުނު 681 މިލިއަން އެމެރިކާ ޑޮލަރަކީ ސައުދީ އަރަބިއާގެ ވަލީއަހުދު ދެއްވި ހަދިޔާކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. މީގެ އިތުރުން ނަޖީބު ވަނީ އެކައުންޓަށް ފައިސާ ވަންނަ ދޮރުތައް އެމަނިކުފާނަށް ނުބެއްލެވޭނެ ކަމަށާއި އެ މަނިކުފާނަކީ ބޭންކުގެ ސިއްރުތަކުގެ ތެރެއަށް ވެންނެވޭ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

2013 ވަަނަ އަހަރުގެ އިންތިޚާބުގެ ދުވަސްކޮޅެއް ކުރިން ޖަމާކުރި އެ ފައިސާ ދީފައިވަނީ ސިޔާސީ ފަރާތްތަކަށާއި އެ ފައިސާއިން ބާޒާރުކޮށް އަދި ކްރެޑިޓްކާޑުގެ ބިލްތަކަށް ކަނޑާފައިވާ ކަމަށް ތަހުގީގުން ދައްކަ އެވެ.

1އެމްޑީބީގެ ޚިޔާނާތް ތަހުގީގު މަދުވެގެން ހަ ގައުމެއްގައި ކުރިޔަށްދާއިރު އޭގެ ތެރޭގައިި ސިންގަޕޫރާއި، ސްވިޒަލޭންޑާއި، އެމެރިކާ ހިމެނެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި މެލޭޝިއާގެ މަތީ ފަންތީގެ އޮފިޝަލުންނާއި އެ މީހުންނާއި ގުޅިފައިވާ ފަރާތްތަކުން 4.5 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުވަނީ ވަގަށް ނަގާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2018

ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ

07 ޑިސެމްބަރު 2018
ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ
07 ސެޕްޓެމްބަރު 2018

ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގަޔަށް ރެލީއެއްގެ ތެރެއިން ވަޅިހަރައިފި

07 ސެޕްޓެމްބަރު 2018
ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގަޔަށް ރެލީއެއްގެ ތެރެއިން ވަޅިހަރައިފި
22 ޖޫން 2018

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން

22 ޖޫން 2018
އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން
15 އެޕްރީލު 2018

ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި

15 އެޕްރީލު 2018
ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި
26 މާރިޗު 2018

ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި

26 މާރިޗު 2018
ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
30 ޖޫން 2017

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް