Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރިޔާސީ އިންތިޚާބު

ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގަޔަށް ރެލީއެއްގެ ތެރެއިން ވަޅިހަރައިފި

7 ސެޕްޓެމްބަރު 2018 | ހުކުރު 05:41

ބޮލްސާނަރޯގެ ހާލު ސީރިއަސް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ސެޕްޓެމްބަރު 2018 | ހުކުރު 05:41
ބްރެޒިލްގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު

ބްރެޒިލްގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވާ ކެނޑިޑޭޓު، ޖެއަރ ބޮލްސާނަރޯ ކެމްޕެއިން ރެލީއެއްގެ ތެރޭ ހުންނަވަނިިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުގެ ގައިކޮޅަށް ހަމަލާދިނީ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ މިނަ ޖެރައިސްގައި ކެމްޕޭން ރެލީއެއްގެ ތެރޭގައި އެއްވެފައިވާ މީހުންގެ މެދުގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށް ގޮހޮރުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ބްރެޒިލްގެ ކުރީގެ ރައީސް އަދި އެންމެ މަގުބޫލު ސިޔާސީ ލީޑަރަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަނިވެ މުޅިންހެން ގެއްލިފައިވާއިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޮލްސާނަރޯ ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ.

ހާދިސާގެ ވީޑިއޯ ފްުޓޭޖުން ފެންނަ ގޮތުގައި ބޮލްސާނަރޯއަށް ހަމަލާދީފައި ވަނީ ސަޕޯޓަރުން އޭނާ އުފުއްލާލައިގެން އުޅެނިކޮށެވެ. ބެލެވޭ ގޮތުގައި އޭނާގެ ގަޔަށް ހަރާފައިވަނީ ވަޅިއެކެވެ.

މި ހަމަލާއަށް ފަހު ބޮލްސާނަރޯގެ ފިރެހެން ދަރިކަލުން ފުރަތަމަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އޭނާގެ ބައްޕާފުޅަށް މާބޮޑު ޒަޚަމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ދެ ގަޑިއެއްހާއިރަށް ފަހު ޑޮކްޓަރުން ބައްލަވާ ނިމުމުން އޭނާ ވަނީ ބައްޕާފުޅަށް ލިބިވަޑައިގެންނެވި ޒަޚަމް ހީކުރި ވަރަށް ވުރެ މާ ބޮޑު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު އޮންނެވީ އަވަހާރަވެފައި އޮންނެވި ފަދަ ގޮޮތަކަށް ކަމަށެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ފަހުން ވިދާޅުވެފައި ވަނީ ބޮންސާނަރޯގެ ގޮހޮރަށް ލިިބިފައިވާ ޒަޚަމަކީ ފުރާނައަށް ނުރައްކާވާ ފަދަ ޒަޚަމެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް މިވަގުތު އޮންނެވީ ސްޓޭބަލްކޮށް ކަމަށް ބުންޏެވެ.

ބޮލްސާނަރޯއާ ވާދަވެރި ކެނޑިޑޭޓުން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. ލޫލާގެ ބަދަލުގައި ވަރކަސް ޕާޓީ އިން ނުކުންނަވާނެ ކަމަށް ބެލެވޭ ފެރްނާންޑޯ ހައްދާޖް ވިދާޅުވީ އެ ހަަމަލާއަކީ ގަބޫލުކުރެއްވޭނެ ކަމެެއް ނޫން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ވެރިރަށް ބްރެސީލިއާގައި ވާހަކަދައްކަވަމުން ރައީސް މިޝޭލް ޓީމަރ ވިދާޅުވީ އެފަދަ ހަމަލާތަކީ ޑިމޮކްރެޓިކް ދައުލަތެއްގައި ތަހައްމަލް ކުރެވޭނެ ކަންކަން ނޫން ކަމަށާއި ބޮލްސާނަރޯއަށް އަވަސް ޝިފާއެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ދިލްމާ ރުސެފް ވަނީ އެ ހަމަލާއަކީ އަދަބު ނުދެވި ދޫކޮށްލެވިގެންވާނެ ހަމަލާއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ.

ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިލިޓަރީ ޕޮލިހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
11 މެއި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް