Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ތާރީޚާއި އާދަކާދަ

ރާއްޖޭގައި ވަގުތާއި އިރުވަރު ބެލުން.

މާބަނޑު މީހާގެ ފައިކޮޅުގައި ހެޔޮ ސާޢަތެއް ބަލައި ބަހައްޓައެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2018 | ހޮނިހިރު 12:57
ރާއްޛޭގެ ކަނޑުގެ އަޑިގައި ބޭއްވުނު ކައިވެއްޏެއް. ކައިވެނި ރޫޅުމުން ދުރުވުމުގެ ވިސްނުމުގައި އިރުވަރު ބަލައި އުޅުނު.

ރާއްޛޭގެ ކަނޑުގެ އަޑިގައި ބޭއްވުނު ކައިވެއްޏެއް. ކައިވެނި ރޫޅުމުން ދުރުވުމުގެ ވިސްނުމުގައި އިރުވަރު ބަލައި އުޅުނު.

(15 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

  1. ބިންގާއެޅުން:

ރާއްޖޭގައި ކުރިން ގެ އަޅައި އުޅުނީ މުޑިޖަހައިގެން ދަނޑިއާއި ފަނުންނެވެ. އެދުވަސްވަރު ފުރަތަމަ ޖަހަނީ މުޑިއެވެ. މިހާރު ގެރާނަން ފެށުމާއި ގުޅިގެން އަޅަމުންގެންދަނީ ބިންގަލެވެ. އެންމެ އިސްކަމެއް ދެނީ ހެޔޮ ވަގުތެއްގައި ހެޔޮ ރާހީގައި ބިންގާއެޅުން ނުވަތަ މުޑިޖެހުމެވެ. އެއީ ރަނގަޅުނޫން ވަގުތަކާއި އިރުވަރެއްގައި ބިންގާ އެޅި ނުވަތަ ގެއަށް ދެވި ކަމެއް ކުރެވިއްޖެނަމަ އެގޭގައި ދިރިއުޅުން އާލާ ނުވާނެ ކަމަށާއި ރޯދި ބަރަކާތް ގެއަށް ނުވަންނާނެ ކަމަށް ޤަބޫލުކުރެވިފައި އޮންނާތީއެވެ.

ޢާންމު ގޮތެއްގައި މިކަމަށް ޞަފަރު މަހާއި، ރަބީޢުލްއައްވަލް މަހާއި ޝަޢުބާން މަސް އިޚްތިޔާރުކުރެއެވެ. ޞަފަރުމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަމެއް ނު ކުރާނެއެވެ. ހަފްތާގެ ދުވަސްތަކުގެ ތެރޭގައި، އާދީއްތަ ދުވަހާއި، ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހަކީ ބިންގާ އެޅުމަށް އެންމެ ރަނގަޅު ދުވަސްތަކެވެ. އަދި މާނަކަތާއި، ހެއިނަކަތާއި، މިއަހެލި ނަކަތާއި، ފުސް ނަކަތަކީ މިކަންކުރާ މަސްތައް ކަމުގައި އަޙްމަދު ޝަފީޤު (2007) ހާމަކުރައްވައެވެ.

  1. އާ ގެއަކަށް ދިއުން:

އާ ގެއަކަށް ދިރިއުޅެން ދިއުމަށްޓަކައި ވެސް ވަގުތާއި އިރުވަރު ބަލައެވެ. މިކަމުގެ މަޤުޞަދަކަށް ވެސް ވެފައި އޮންނަނީ ގޭގެ ރޯދި ބަރަކާތް އިތުރުވެ ދިރިއުޅުން އާލާ ނުވެދާނެ ކަމުގެ ބިރެވެ. ހިތާމަތައް ކުރިމަތިވާނެ ކަމުގެ އިޢުތިޤާދުގެ މައްޗަށެވެ. ވަގުތާއި އިރުވަރު ބެލުމަށްފަހު އެގެއަށް ބަދަލުވެ ޞަލަވާތް ކިޔެވުމާއި، މައުލޫދު ކިޔުމާއި އަވަށްޓެރިންނާއި ޢާއިލާގެ މީހުންނަށް ކާންދިނުން ފަދަ ކަންކަންކުރުމާއި، ތިން ދުވަސް ވަންދެން ބައްތި ދިއްލުން ފަދަ ކަންކަން ކުރާކަމުގައި ވެއެވެ.

ށ. ޢާއިލާ ބިނާކުރުން:

  1. ކައިވެނިކުރުން:

ކައިވެނި ރޫޅި ދިރިއުޅުން ބަރުބާދު ވެދާނެކަމުގެ ހީއަށް ރަނގަޅު އިރުވަރާއި ވަގުތުބަލައި ކައިވެނި ކުރުމަކީ ވެސް ދިވެހިން ކޮންއުޅުނު ކަމެކެވެ. މިކަމަށް ހެޔޮ ސާޢަތެއް ހޯދައެވެ. މިގޮތުން މުޙައްރަމް، ރަބީޢުލްއައްވަލް، ރަޖަބްމަހާއި، ޝަޢުބާން މަހު އިރުވަރުބަލއި އުޅެއެވެ. މި މަސްތަކުގައި މުޙައްރަމްމަހުގެ 15 އާއި ރަބީޢުލްއައްވަލްމަހުގެ 14 ވަނަދުވަހާއި، ރަޖަބް 27 އާއި، ޝަޢުބާން 15 ހިމެނެއެވެ. ކައިވެނިކުރަމުން ގެންގޮސްފައިވާކަމަށް ފާހަގަ ކުރެވެނީ ހޯމަ ހުކުރު މިދެދުވަހުއެވެ. ކައިވެނިކުރުމުގައި މިހާރު ވަގުތާ އިރުވަރު ނުބެލިނަމަ ވެސް ހުކުރު ހޯމަ އަކީ މިހާރު ވެސް ކައިވެނިކުރުމަށް މީހުން ޝައުޤުވެރިވާ ދެ ދުވަހެވެ.

  1. ބަލިވެ އިނދެ ވިހެއުން:

މާބަނޑު އަންހެނާ ދުވަސްފުރައި ވިހަން ގާތްވުމުން ކަންވެރި އެދުރުގެ ގާތަށް ގޮސް ވިހަން އޮންނާނެ އެނދު ބަހައްޓާނެ ތަނަކާއި ވަގުތު ބަލައި އެނދު ބެހެއްޓުމުގެ މަސައްކަތް ކުރެއެވެ. އަދި މާބަނޑު މީހާ ވިހާ ވަގުތު ޖެހުމުން ފޫޅުމާދައިތަ އިށީންނާނެ ކުޑަގޮނޑިއެއް މާބަނޑު މީހާގެ ފައިކޮޅުގައި ހެޔޮ ސާޢަތެއް ބަލައި ބަހައްޓައެވެ. އަދި ވިހާތަނުން ވިހެއީ ފިރިހެން ކުއްޖެއް ނަމަ ބަންގިގޮވައެވެ. ވިހެއީ އަންހެން ކުއްޖެއްނަމަ ޤަމަތްދެއެވެ.

  1. ހަތް ދުވަސް ވުމުން ބޭރުގެއަށް ލުން:

ވިހެއުމުގެ ހަތްދުވަސް ފަހުން މައިމީހާ އާއި ދަރިފުޅު ވިހެއި ކޮޓަރިން ބޭރުގެއަށް ނެރުމަކީ ދިވެހިން ކުރީޒަމާނުގައި އިރުވަރާއި، ހެޔޮ ވަގުތު ބެލުމަށްފަހު ނޫނީ ނުކުރާ ކަމެކެވެ. މިގޮތުން ވިހެއިތާ ހަތް ދުވަސް ވާދުވަހުގެ ފަތިސްނަމާދުގެ ބަންގީގެފަހުން އިރުއެރުމުގެ ކުރިން މައިމީހާއާއި ދަރިފުޅު ބޭރުގެއަށް ނެރެއެވެ. އޭގެ ކުރިން އެދުރުބެއަކު ނުވަތަ ދަންނަ ބަޔަކު ޞަލަވާތް ފާތިޙާ ފަދަ ތަކެތިކިޔަވާ ކަމުގައި ވެއެވެ. މިކަން ކުރާ 4 ނަކަތަކީ ފްނޯސް ނަކަތާއި، ވިހާ ނަކަތާއި، ނޮރަ ނަކަތުގައި އެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު، ހޮނިހިރު، ހޯމަ ދުވަސްދުވަހެވެ.

  1. ނަންކިޔުން:

ދަރިއަކު އުފަންވާތާ ހަތްވަނަ ދުވަހު އެކުއްޖަކަށް ނަން ކިއުމަށްޓަކައި ވެސް އިރުވަރާއި، ވަގުތު ބަލައެވެ. އެފަދަ ގޮތަކަށް ނަންކިޔަނީ އެކުއްޖެއްގެ ކާމިޔާބާއި، ނަޞީބު އެކަމާ ގުޅުވައިގެންނެވެ. މިގޮތުން ފުނޯސް ނަކަތާއި، ވިހާނަކަތާއި، ނޮރަނަކަތަށް ސަމާލުކަންދެއެވެ. އަދި ހުކުރު، ހޮނިހިރު، ހޯމަދުވަހަށް ސަމާލުކަން ދޭކަމުގައިވެއެވެ. ނަންކިއުމުގައި ވެސް އިރުވަރާއި ވަގުތުބަލާ ކަންވެރިއެއްގެ އިރުޝާދާއި، އެހީތެރިކަން ހޯދައެވެ.

  1. 40 ށް ހިނެވުމަށް ފަހު ބޭރުގެއަށް ނެރުން:

ވިހާތާ ސާޅިސް ދުވަސް ފަހުން ހިނެއުމެއް ހިނުވައެވެ. ވަގުތާއި އިރުވަރު ބެލުމަށްފަހު ކިޔެވެލިތަކެއް ކިޔެވައި މައިމީހާ ބޭރަށްނެރެއެވެ. ނެރެނީ ސާޅިސް ދުވަސްވާ ދުވަހުގެ ފަތިސްނަމާދަށް ފަހު އިރު އެރުމުގެ ކުރިންނެވެ. މިކަމަށް ހުކުރު، ހޮނިހިރު، ހޯމަ ދުވަސް ބަލައި ނަކަތުގެ ގޮތުން ފުނޯސް ނަކަތާއި، ވިހާނަކަތާއި، ނޮރަ ނަކަތް ބަލައެވެ.

ނ. ދަރިންނާ ގުޅުންހުރި ކަންތައް.

1. ޚިތާނުކުރުން:

މިއީ އިސްލާމްދީނާއި، ގުޅިފައިވާ ކަމެކެވެ. މިގޮތުން ދެޖިންސުގެ ކުދިންވެސް ޚިތާނުލައްވައެވެ. އެކަމަކު މިހާރު ރާއްޖޭގައި އަންހެން ކުދިންގެ ޚިތާނެއް ނު ލައްވައެވެ. މިހެން މިކަންކުރާކަން އަޙްމަދު ޝަފީޤު (2000) ހާމަ ކުރައްވައެވެ. މިގޮތުން ޚިތާނުކުރުމަށް ކަނޑައަޅާ ވަގުތަކީ ދިޔަވަރު ހިކޭ ވަގުތު ކަމަށްވެއެވެ. އެއީ ދިޔަވަރު ހިކުމާއި ލޭމަނާވުމާއި ގުޅުވައިގެންނެވެ. ފެންވެރުވުމާއި ޚިތާނުކުރުމާއި ދެމެދު ގާތްގަނޑަކަށް ހަތް ދުވަސް ހޭދަވެއެވެ. ރަނގަޅުވުމަށް ފަހު ފެންވަރުވަނީ ވެސް ވަގުތާ އިރުވަރު ބެލުމަށް ފަހުގައެވެ. ޚިތާނުގެ ދުވަސްވަރު ކުޅިވަރު ކުޅުމާއި އެގެއަށް ޒިޔާރަތް ކުރުމަކީ ވެސް ޢާންމުކޮށް ކޮށްއުޅޭ ކަމެކެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަގުތާއި އިރުވަރު ބެލުން.

ވަގުތާއި އިރުވަރު ބެލުން.

28 އޮކްޓޯބަރު 2018
ރާއްޖޭގައި ވަގުތާއި އިރުވަރު ބެލުން.

ރާއްޖޭގައި ވަގުތާއި އިރުވަރު ބެލުން.

15 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު