Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑާ މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ: ޑެޕިއުޓީ މިނިސްޓަރު ލީޝާ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 18:12

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާއިލާއާއި މުޖުތަމައުގެ ތެރެއިން ތަފާތުކޮށް، އިހުމާލުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 18:12
ޖެންޑާ މިނިސްޓްރީގެ ބައެއް އިސްވެރިން، ވޯކްޝޮޕުގެ ބައިވެރިންނާއެކު

ޖެންޑާ މިނިސްޓްރީގެ ބައެއް އިސްވެރިން، ވޯކްޝޮޕުގެ ބައިވެރިންނާއެކު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތު މައްސަލަތައް ކޮންމެ މަހަކު ވެސް ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލީޝާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން 9 ދުވަހަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ލީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އާއިލާއާއި މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ތަފާތުކުރުންތަކާއި އިހުމާލުގެ މައްސަލަތައް ކޮންމެ މަހަކު ވެސް މިނިސްޓްރީއަށް ހުށަހެޅޭ ކަމަށެވެ. އަދި އެ ފަރާތްތައް ހިމާޔަތްކޮށް، މި ފަދަ އަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕަށް އަލިއަޅުއްވާ ލައްވާ ޑެޕިއުޓީ މިނިސްޓަރު ލީޝާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ މީހުންގެ އަމިއްލަ ދިފާއުގައްޔާއި ރައްކައުތެރިކަމަށް ތެދުވުމަށް ހިތްވަރު ލިބި، ބާރުވެރި ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.

މިއީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކުރެވިގެން ރާއްޖޭގައި ހިންގުނު މިފަދަ ފުރަތަމަ ވޯކްޝޮޕެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ މިފަދަ ވޯކްޝޮޕް ބޭއްވުމުގެ މަގުސަދަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބާރުވެރިކުރުވުން ކަމަށެވެ. އަދި އެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ބާޔާންކޮށްދީ، ހޭލުންތެރިކަން އިތުރުކުރުވުން ކަމަށެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ މިވޯކްޝޮޕްގައި 22 މީހުން ބައިވެރިވި ކަމަށާއި، ޖިންސީ ފުރައްސާރައާއި، ގެވެށި އަނިޔާއާއި، ޖެންޑަރ އަދި ސޯޝަލައިޒޭޝަންގެ އިތުރުން ބައެއް ޤާނޫނުތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނު ހިމެނޭ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މި ވޯކްޝޮޕް އިންތިޒާމު ކުރެވުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ގުޅިގެންނެވެ. އަދި ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، ފެމިލީ ލީގަލް ކްލިނިކް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް