Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބައްޔާޖީ ސުޕަހިޓް

ބައްޔާޖީ ސުޕަހިޓްގެ ޓްރެއިލާ ރިލީޒް ކޮށްފި

ފިލްމަކީ މަޖާ އެކްޝަން ފިލްމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 14:03
ބައްޔާޖީ ސުޕަހިޓް

ބައްޔާޖީ ސުޕަހިޓް

ބައްޔާޖީ ސުޕަހިޓް ފިލްމްގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ.

މި ފިލްމުގައި ހަރަކާތްތެރިވާނީ ކުރީގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ޕްރިތީ ޒިންތާ އާއި އަމީޝާ ޕަޓޭލްއެވެ. މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަރްޝަދު ވަރްސީ އާއި ޝްރެޔަސް ތަލްޕަޅޭއާ ސަނީ ޑިއޯލް ހިމެނެއެވެ. މި ފިލްމަކީ ނީރަޖް ޕަތަކް ޑައިރެކްޓް ކޮށްފައިވާ އެކްޝަން/ކޮމެޑީ ފިލްމެކެވެ.

މި ފިލްމްގެ ޓްރެއިލާ އިން ފެނިގެންދަނީ ޕްރިތީ އަކީ ވަރަށް ޝަކުވާ ކުރާ އަންބެއްގެ ރޯލުންނެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އޭނާގެ ފިރިމީހާ "ބައްޔާޖީ" އާ ދިމާލަށް ބަޑި ދިއްކުރާ މީހެއްގެ ގޮތުގައި ޕްރިތީ ފެނިގެންދެއެވެ.

މިއީ ޕްރިތީ އާއި ސަނީ ޑިއޯލް 15 އަހަރު ފަހުން އެއްކޮށް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ޕްރިތީ، 43، އެންމެ ފަހުން ފިލްމެއްގައި ބަތަލާއެއްގެ ރޯލް ކުޅުނީ 2013 ގައި އޭނާ ލިޔެ، ޕްރޮޑިއުސް ކުރި "އިޝްގް އިން ޕެރިސް" ގަ އެވެ. އެކަމަކު އޭގެ ފަހުން މި އަހަރު ރިލީޒް ކުރި "ވެލްކަމް ޓް ނިއު ޔޯކް" އާއި 2014 ގައި ރިލީޒް ކުރި ސައިފް އަލީ ހާންގެ "ހެޕީ އެންޑިން" ގެ ހާއްސަ ފެނިލުންތަކުން ޕްރިތީ ފެނިފައިވެއެވެ.

އެމެރިކާ މީހަކާ ކައިވެނިކޮށް، މިހާރު އާންމުކޮށް އެ ގައުމުގައި ދިރިއުޅޭ ބަތަލާ ވަނީ ކުރިން ވެސް ސަނީއާ އެކު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ހީރޯސް (2008)، ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި (2003) އަދި ފަރްޒް (2001) ހިމެނެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު