Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

ހުކުމަށް ކުރާ އިންތިޒާރު: ރައްޔިތުންނަށް ދޭ އަނިޔާއެއް!

މުޅި ގައުމު އޮތީ ހުކުމުގެ އިންތިޒާރުގައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 20 އޮކްޓޯބަރު 2018 | ހޮނިހިރު 13:34
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އެތައް އިރެއް ކުރިން ބަޔަކު ކިޔުގައި ޖެހިފައި: އަޑު އެހުންތަކަށް ވަނީ ނުނިދައި ކިޔުގައި ތިބެގެން

ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އެތައް އިރެއް ކުރިން ބަޔަކު ކިޔުގައި ޖެހިފައި: އަޑު އެހުންތަކަށް ވަނީ ނުނިދައި ކިޔުގައި ތިބެގެން

"ރާއްޖޭގައި ވޯޓު ދިން ހުރިހާ ރައްޔިތުން އެ ތިބެނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި އިނގޭތޯ، ކޯޓުން ވެސް އެބަ ޖެހޭ، އަޅުގަނޑު ހަމަ އިލްތިމާސްކުރަން ވީހާ ވެސް އަވަހަކަށް މި ހުކުމް ނެރެދެއްވުމަށް، އެއީ ހުކުމް ނުނެރެ މިދާ ކޮންމެ ގަޑިއިރަކީ ދިވެހި ރައްޔިތުން ދެން ކިހިނެއްބާއޭ ތިމަންނަމެންގެ ވޯޓަށް ވާނީ ހިތަށް އަރާފައި ބޮޑު ބިރުވެރިކަމުގައި މި ތިބެނީ. ހެޔޮ ނުވާނެ މި ރާއްޖޭގެ ހުރިހާ ރައްޔިތުން މިފަދަ ނަފްސާނީ ހާލަތެއްގައި ބައިތިއްބަ،" ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ ވިދާޅުވި ފަދައިން މުޅި ރާއްޖެ މި ވަގުތު އިންތިޒާރުކުރަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ހުކުމަކަށެވެ. އެ ހުކުމް އަންނާނެ ގޮތެއްގެ ކޮންމެ ވެސް ވަރެއްގެ ލަފައެއް ކުރެވުނެއް ކަމަކު ރާއްޖޭގެ ކޯޓުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ، ޝަރީއަތުގެ ކަންކަން ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހުކުމެއް އަތުވެދާނެ ގޮތަކާ މެދު އަންދާޒާކުރަން ވެސް ދައްޗެވެ.

އެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު މައްސަލަ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ކޯޓުން ބަލައި ގަނެފައެއް ނުވެއެވެ. ރައީސް ޔާމީނުގެ ފަރާތުން ކޯޓަށް ސިއްރު ހެކިތަކެއް ހުށަހެޅި ނަމަވެސް އެއީ ބަލައިގަނަންޖެހޭ ހެކިތަކެއްގެ ގޮތުގައި ފަނޑިޔާރު ގަބޫލުކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބާތިލުކުރުމުގެ ފުރުސަތު ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ނަމަވެސް ކުރިން ވެސް ފާހަގަކުރިހެން ރާއްޖޭގެ ކޯޓުތަކާ މެދު އަދި ހާއްސަކޮށް ސުޕްރީމް ކޯޓާ މެދު އާންމުން ދެކޭ ގޮތް ވަރަށް ތަފާތެވެ. ހުކުމް ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެއެވެ.

މި ހުކުމުގެ އިންތިޒާރުގައި ތިބީ ހަމައެކަނި ރައީސް ޔާމީނަށް ވޯޓު ތިން 96،000 ރައްޔިތުން އެކަންޏެއް ނޫނެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ރައީސަކު އިންތިހާބުކުރުމަށް ސެޕްޓެމްބަރު 23 ވަނަ ދުވަހު ނުކުމެ ވޯޓު ލީ ކޮންމެ މީހަކު ވެސް އަދި ތަފާތު އެކި ސަބަބުތަކާ ހުރެ ވޯޓު ނުލެވުނު މީހުން ވެސް ތިބީ އެ ހުކުމުގެ އިންތިޒާރުގައެވެ. އަބަދާ އަބަދު ކުރެވެނީ އެ ފިކުރެވެ. ދެ މީހަކު ދިމާވިޔަސް އެ ވާހަކައެކެވެ. ސައި މޭޒު ދޮށުގައި ވެސް އެ ވާހަކައެވެ. ކޮފީތަކުގައި ވެސް އެ ވާހަކަތަކެވެ.

މިފަދަ ހާލަތެއްގައި ރައްޔިތުން ތިބެންޖެހުމަކީ އަނިޔާއެކެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ތެރެއިން 234000 ރައްޔިތުން ނުކުމެ ވޯޓު ދިނީ ކޯޓުން ނަތީޖާ ނެރުމަކަށް ނޫނެވެ. މިއިން ޒަމާނެއްގައި ވޯޓު ލުމަށް ނުކުރާހާ ދިގު އިންތިޒާރަކަށް ފަހު އެތައް އިރެއް ވަންދެން ކިޔުގައި ތިބެ ވޯޓު ލީ ފަސް ފަނޑިޔާރުން ކަނޑައަޅާ ގޮތަކަށް ރުހޭކަށް ނޫނެވެ. ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބާވާންޖެހެއެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާން ނުކުތީ ކޯޓަކުން ނަތީޖާ ނެރޭނެ ކަމަށް ބަލައިގެން ނޫނެވެ. އެ މީހުންގެ ނިންމުމަށް އިހްތިރާމުކުރާނެ ކަމަށް ބަލައިގެންނެވެ.

މައްސަލަތަކެއް ހުރި ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހެޅުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މިފަދަ ހައްސާސް މައްސަލައެއްގައި މިހާ ދުވަސް ވެގެނެދާއިރު ކޯޓުން ގޮތެއް ނިންމައި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެކެވެ. ބޮޑެތި މައްސަލަތަކުގައި ރެއާއި ދުވާލު ކޯޓު ހުޅުވައިގެން ވެސް މައްސަލަތައް އަވަހަށް ނިންމާފައި ވެއެވެ. އެހެން ކަމުން ރިޔާސީ އިންތިހާބާ ގުޅޭ މިފަދަ މައްސަލައެއް ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު ހުކުމް ލަސްވެގެންދާތީ ރައްޔިތުން ހަގީގަތުގައި ވެސް ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާއްސަކޮށް އަޑުއެހުންތައް ނިމި ހުކުމެއް ލިޔަން ހަތަރު ފަސް ދުވަސް ފަނޑިޔާރުން ނެންގެވުމަކީ ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަން އިތުރަށް ބޮޑުވެގެންދާ ސަބަބެކެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމްތަކުގެ ސަބަބުން ވެސް އެ ބިރުވެރިކަން ބޮޑުވެގެން ދެއެވެ. ހުކުމްތަކަކީ ގަނެ ވިއްކާ އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މި ދަނޑިވަޅުގައި ހުކުމް ކުރުން ލަސްވެގެން ދިޔުމަކީ ވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
12 ނޮވެމްބަރު 2017

އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

12 ނޮވެމްބަރު 2017
 އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު