Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުޙައްމަދު ނަޝީދު

ރާއްޖެ އިސްލާމްދީން މަތީ އޮންނަ އޮތުން ބަދަލުކުރާކަށް ނޫޅެން: ރައީސް ނަޝީދު

20 އޮކްޓޯބަރު 2018 | ހޮނިހިރު 11:47

ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 20 އޮކްޓޯބަރު 2018 | ހޮނިހިރު 11:47
ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓުގައި ތަގްރީރު ކުރައްވަނީ

ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓުގައި ތަގްރީރު ކުރައްވަނީ

ރާއްޖެ އިސްލާމް ދީން މަތީ އޮންނަ އޮތުން ބަދަލު ކުރައްވަން ނޫޅުއްވާ ކަމަށާއި ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓެއްގައި ސިޔާސީ ހިމާޔަތާ ބެހޭ ގޮތުން ދެއްވި ތަޤްރީރެއްގައި، ރާއްޖޭގައި ހަމައެކަނި އިސްލާމް ދީން އޮންނަ މައްސަލަ ހައްލު ކުރައްވާނެތޯ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން ކަމަށާއި އެކަން ބަދަލު ކުރަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ގެންނަވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެކަން ރާއްޖޭގައި އޮންނަންޖެހޭނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އާ ސަރުކާރާ އެކު އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެ ދާއިރާގައި ކުރިއެރުންތަކެއް ރާއްޖެއިން ހޯއްދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މުސްލިމް ގައުމު ތަކުން ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކަށް ވޯޓުދޭ ކަމަށް ބުނެ އާންމުކޮށް މީހުން ވާހަކަދައްކަމުންދާ ކަމަށާއި އެކަމަކު އެއީ ތެދެއް ނޫން ކަމަށެވެ.

ކޮންމެ ނަސްލެއްގެ ކޮންމެ ދީނެއްގެ ކޮންމެ މީހަކަސް ބޭނުންވަނީ އެއް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ނަޝީދު ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ރައްކާތެރިކަމާއި، ބޯހިޔާވަހިކަމާއި، ބަނޑުހައި ހޫނުކަން ފިލުވުމަށް ކާބޯތަކެތި ހޯދުމާއި، ކުރިއަރައިގެން ދިއުމަށް ތައުލީމު ލިބުމާއި ބިރުވެރިކަމުން މިނިވަންވުމާއި، ރަނގަޅު އިގްތިޞާދަކާއި، ރަނގަޅު ދިރިއުޅުމެއް ހިމެނެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގަޔާއި އޭގެ ކުރިން ވެސް މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދާއި އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެނައުމަށް ކަމަށެވެ.

އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގަ ނެތް ކަމަށް ވިދާޅުވެ އިނގިރޭސި ބަހުން ރައީސް ނަޝީދަށް ޓްވީޓެއް ވެސް ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް