Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިމްރާން މުހައްމަދު

ހިދުމަތް ނުލިބޭ ކަމަށް ބުނެ އިންމަގެ އެއްބަސްވުން ނިއު އިން ބާތިލުކޮށްފި

17 އޮކްޓޯބަރު 2018 | ބުދަ 06:42

މުސާރައިގެ މައްސަލައިގައި އިންމަ ވަނީ އެފްއޭއެމް އަށް ސިޓީ ލާފައި

ލީވާން އަލީ
ލީވާން އަލީ | 17 އޮކްޓޯބަރު 2018 | ބުދަ 06:42
ނިއުގެ ކީޕަރު އިމްރާން މުހައްމަދު

ނިއުގެ ކީޕަރު އިމްރާން މުހައްމަދު

ހިދުމަތް ނުލިބޭ ކަމަށް ބުނެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ އެއްބަސްވުން އެ ކްލަބުން ބާތިލުކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވީ، އިންމަގެ ހިދުމަތް ކްލަބަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ، ކްލަބުން އޭނާގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ، އިންމަ ޓީމަށް ސޮއިކުރިއިރު އޭނާގެ މުސާރައިގެ 70 އިންސައްތަ ކަމަށްވާ ހަތަރު ލައްކަ ރުފިޔާ ދީފައިވާނެ ކަމަށާއި، ބާކީ ފައިސާ ދިނުމަށް ނިންމީ ތިން ބަޔަކަށް ބެހުމަށް ފަހު ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބަޔަކަށް ބެހުމަށް ފަހު އިންމަ އަށް ނިއު އިން ދޭން އެއްބަސްވި ފައިސާގެ ތެރެއިން ދެބައިގެ ޑިއު ޑޭޓް ހަމަވިއިރު ވެސް އޭނާ އަށް އެ ފައިސާ ނުލިބެއެވެ. އެގޮތުން ފުރަތަމަ ބައި އޭޕްރީލް މަހު ހަމަވިއިރު، ދެވަނަ ބައި ހަމަވީ އޯގަސްޓް މަހުއެވެ. އިންމަ އޭނާ ވަނީ ދާދި ފަހުން މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިޓީއެއްވެސް ލާފައެވެ.

ރާއްޖޭ ގައުމީ ޓީމަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އިންމަ ބުނީ މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް ނިއުގެ އެއްބާރުލުން އޭނާ އަށް ނުލިބޭ ކަމަށެވެ.

ނިއު އިން ބުނީ އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެން އިންމަގެ ހިދުމަތް ޓީމަށް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އިންމަ ބުނީ ޗުއްޓީއަކަށްފަހު ޓީމުގެ ފަރިތަކުރުންތައް ފެށީ ސެޕްޓެމްބަރު 16 ގައި ކަމަށާއި، އޯގަސްޓް މަހު ފަރިތަކުރުންތައް ނުބާއްވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް