Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

މުޅި ގައުމު ސުޕްރީމް ކޯޓުގެ ހުކުމުގެ އިންތިޒާރުގައި

17 އޮކްޓޯބަރު 2018 | ބުދަ 04:13

މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައި

| 17 އޮކްޓޯބަރު 2018 | ބުދަ 04:13
ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ވަނުމަށް އަންގާރަ ދުވަހު ހަދާފައިވާ ކިޔޫއަށް މެމްބަރު މަހްލޫފު އެރުމުން އެ ސަރަހައްދުގައި ހަލަބޮލިވެފައި

ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ވަނުމަށް އަންގާރަ ދުވަހު ހަދާފައިވާ ކިޔޫއަށް މެމްބަރު މަހްލޫފު އެރުމުން އެ ސަރަހައްދުގައި ހަލަބޮލިވެފައި

ރައްޔިތުންގެ ހުކުމް ބާތިލުކުރުމަށް ރިޔާސީ އިންތިޚާބުން ބޮޑު ބައްޔަކުން ބަލިވި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވާއިރު، ހުރިހާ ދިވެހި ރައްޔިތުންގެ ސަމާލުކަން ހުއްޓިފައިވަނީ ސުޕްރީމް ކޯޓަށެވެ.

އިންތިޚާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރެއްވުމަށް ފަހު، ނަތީޖާ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މި އޮކްޓޯބަރު 10 ވަނަ ދުވަހު އެވެ. އިންތިޚާބުގައި އޮޅުވާލުންތައް ހުރިކަމަށާއި އެކަމުގެ ހެކި ހުރި ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދެވިއިރު، ތިން ދުވަހު ބޭއްވި އަޑުއެހުންތަކުގައި މައިގަނޑު ގޮތެއްގައި ހެކީގެ ގޮތުގައި ހުށަހަޅާފައި ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައި ހުރުމުން ފާހަގަ ފޮހެވިގެން ދާ މައްސަލަ އާއި ފާހަގަ ޖަހާ އަނގޮޓި އާއި ދެލި ފޮހެވިގެންދާ ގަލަމުގެ މައްސަލައެވެ.

މިިއީ ހިޔާލީ ވާހަކަތަކެއް ކަމަށް ފާހަގަކުރައްވައި، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ މި އިންތިޚާބުގައި މަދީ އުދުހޭ މުސައްލައެއް ކަމަށެވެ.

އިންތިޚާބު އޮޅުވާލާފައިވާކަން ސާބިތުކޮށް ދިނުމަށް ސިއްރު ހެކިންގެ ގޮތުގައި ތިން މީހެއްގެ ހެކި ބަސް ނެގުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުންް ހުށަހެޅުއްވި ނަމަވެސް، އެ ފުރުސަތެއް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ނުދެއްވި އެވެ.

އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮތީ ހުކުމް ކުރުމުވެ.

ރައްޔިތުންގެ ހުކުމް ބާތިލުކުރަން ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކޮށްފާނެ ކަމަށް ބައެއް މީހުން ދެކެ އެވެ. އަނެއް ބަޔަކު ދެކެނީ ހުކުމް ކުރާނީ ބުރާސްފަތި ދުވަހުގެ ރޭއަށް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.6 ޕަސެންޓެވެ. އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.4 ޕަސެންޓެވެ. މި ތާރީޚީ އިންތިޚާބުގައި ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެ އެވެ. ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ އަޅާބަލާއިރު ދާއިމީ ނަތީޖާގައި އިތުރުވެފައި ވަނީ 80 ވޯޓެ ވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ނަތީޖާއަށް ބަލާއިރު، 38000 ވޯޓުގެ ފަރަގަކުން އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބުކުރައްވާފައި ވާއިރު، ބާތިލު ވޯޓާއި ވޯޓް ނުލައި ތިބި އެންމެންގެ ވޯޓް އެއްކޮށް ލިޔަސް، އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ރައީސް އަބްދުﷲ ޔާމީނަށް ކުރިއެއް ނުހޯއްދެވޭނެ އެވެ. އެހެންވެ، އިންތިޚާބު ބާތިލުކުރެވޭނެ ސަބަބެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އަދި ނަތީޖާ ގަބޫލުކުރުމަކީ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ހައްގު ދޫކޮށްލުން ކަމަށާއި އެހެންވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ދެވިގެން ނުވާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

މި ފަހަރުގެ އިންތިޚާބު މޮނިޓަރކުރުމާއި އޮބްޒާވްކުރުމަށް ހަ ހާހަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވިއިރު، އިންތިޚާބަކީ ސައްހަ އިންތިޚާބެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އިންތިޚާބާ ގުޅިގެން ޖުމުލަ 423 ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިހާ ސާފުކޮށް އެނގެން އޮތް ކަމެއްގައި ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަންނާނީ ކިހިނެއްތޯ ބެލުމަށް އެންމެ ތިބީ ކެތްމަދުވެފަ އެވެ. ގައުމީ ބޮޑު މަސްލަހަތެއް އޮތް މި މައްސަލައިގެ ހުކުމްކުރުން ދިގު ދެމިގެން ދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
15 މެއި 2017

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް