Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އަދިވެސް މަނިކުފާނަށް ތި ދައްކަވަނީ އަވާމެންދުރު

41 ޕަސެންޓަށް ވުރެ ގިނަ ވޯޓު ގިނަ ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 10:56
ރައީސް ޔާމީން

ރައީސް ޔާމީން

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލު ކުރެއްވީ ވޯޓު ނަގާ ވަގުތީ ނަތީޖާ އިއުލާން ކުރެއްވިތާ 24 ގަޑިއިރު ނުވަނީހެވެ.

އެމަނިކުފާނާއި އެކީ ވާދަ ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާ ބަލި ގަބޫލުކުރެއްވި ކަމަށާއި ދިވެހިރައްޔިތުން އެ މީހުންގެ ނިންމުން ނިންމައިފި ކަމަށެވެ. އަދި އެނިންމުން އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާވެސް ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް އަޅުގަނޑާއި ހެދި އަޅުގަނޑު ކަން ކުރާ ގޮތުން އެހެން ދިވެހިރައްޔިތުންނަށް ތަކުލީފަކަށް ވާކަށް އަޅުގަނޑު ނެތިން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ ހަފްތާއެއްގެ ފަހުން އެމަނިކުފާނުގެ ރާގު ބަދަލުވާން ފެށިއެވެ. އެމަނިކުފާނަށް ކުރިއަށް ވަޑައިގެންނެވޭނީ މެމްބަރުންގެ ޚިޔާލާއި އެއްގޮތަށް ކަމަށް ވިދާޅުވެ ނަތީޖާ ގަބޫލު ނުކުރުއްވާކަމަށް ވިދާޅުވީ މިމަހުގެ 1 ގައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގައެވެ. ރައީސް ޔާމީން ވިދާޅުވީ އިންތިޚާބުގައި 41.6 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު އެއަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގަންނަވާނެކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ." ރައީސް ޔާމީން އެރޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްގެ މައްޗަކަށް ނޫނެވެ. އެކަން އެއޮތީ ސުޕްރީމް ކޯޓުން އެނގި ހާމަވާށެވެ.

މަނިކުފާނެވެ! އިންތިޚާބުގެ ކުރިން ވެސް ކައިރީގައި ތިއްބެވި ބޭފުޅުން ވިދާޅުވީ މަނިކުފާނަށް ތާއީދު އޮތްކަމަށެވެ. ސައިޒު ދައްކާލުމަށް ނެތް ތާއީދެއް ދެއްކުމަށް އަތްޕުޅުގައި ހުރިހާ އާރަކާއި ބާރަކާއި ވަސީލަތެއް ބޭނުންކުރައްވައިގެން މީހުން މާލެ ގެނެސް އެބޭފުޅުން މަނިކުފާނަށް ދެއްކެވީ އަވާމެންދުރެވެ. އެކަން ރިޔާސީ އިންތިޚާބުގެ ވޯޓުން އެ އޮތީ އެނގި ހާމަވާށެވެ.

ތަފާތު ބޮޑުކޮށް މަނިކުފާނު އޮތީ ބަލިވެފައެވެ. ދެން ވެސް ބަލި ގަބޫލު ކުރައްވާށެވެ. ބޮޑުތަނުން ނޫނެކޭ ބުނީމާ އެވީ އެކަން ގަބޫލު ކުރައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

12 އެޕްރީލު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

22 މާރިޗު 2018

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު