Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކުލަބުތަކުން ޚަރަދުކުރި ގޮތް ބަލަނީ!

ކުލަބުތަކަށް ބޮޑެތި ޚަރަދުތަކެއްވަނީކޮށްފައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 15 އޮކްޓޯބަރު 2018 | ހޯމަ 07:24
އެފްއޭއެމްގެ މައި އިދާރާ

އެފްއޭއެމްގެ މައި އިދާރާ

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުޓްބޯޅަ ކްލަބްތަކަށް އެހީވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިން ފައިސާ ޓީމުތަކުން ހަރަދުކުރި ގޮތް ބަލާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއޯއީގެ ނަމުގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 54 މިލިއަން ރުފިޔާ ފުޓްބޯޅަ އަށް ހަރަދުކުރަން ޖެހޭނެ އެވެ.

އެސްއޯއީ އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ފުރަތަމަ އަހަރުގައި 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މި އަހަރު 12 ކުންފުނި މެދުވެރިކޮށް 28 މިލިއަން ރުފިޔާ ހަރަދުކުރަން އޮތީ ހަމަޖެހިފަ އެވެ.

އެސްއޯއީގެ ދަށުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭ ގޮތަށް އޮތީ ނިންމާފައެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ އަތޮޅުތަކުގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށްވެސް ހަމަޖެއްސިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެކި ގޮތްގޮތުން ފުޓު ބޯޅައަށް ވަރަށް ގިނަ ފައިސާ ޚަރަދު ކުރެވިފައިވާ ކަމަށާއި އެ ވަރުން ވެސް ކްލަބްތަކުގެ ހާލަތު ބަދަލުނުވެ އޮތް ސަބަބުތައް ހޯދައިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން ކުންފުނިތަކުން އެސްއޯއީގެ ދަށުން ލިބުނު ފައިސާ ހަރަދުކުރިގޮތްތައް އެފްއޭއެމުން ބަލާނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުނުވެ އެވެ. އެއީ މާލީ ގޮތުން ކްލަބް ބޮޑު އަޑިގަނޑަކަށް ވެއްޓި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެވެ. އަދި ވިކްޓަރީ ނޫން އެހެން ކުލަބުތަކަށްވެސް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.

ކްލަބް ލައިސަންސިން ސިސްޓަމްގެ ތެރެއިން އެފްއޭއެމުން ކްލަބްތައް ހިންގުމުގެ ކަންތައްތައް މޮނިޓާކުރާނެ ކަމަށާއި ކްލަބްތައް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2020

ކޮރޯނާއާ ގުޅުވައިގެން އަލީ ހެދި ވީޑިއޯއެއްގެ މައްސަލަ ބަލަނީ

11 ފެބުރުއަރީ 2020
ކޮރޯނާއާ ގުޅުވައިގެން އަލީ ހެދި ވީޑިއޯއެއްގެ މައްސަލަ ބަލަނީ
04 ފެބުރުއަރީ 2020

ކުލަބުތަކަށް ވިޔަފާރި ކުރެވޭނެ ގޮތް އެފްއޭއެމް އިން ހަމަޖައްސައިދެނީ

04 ފެބުރުއަރީ 2020
ކުލަބުތަކަށް ވިޔަފާރި ކުރެވޭނެ ގޮތް އެފްއޭއެމް އިން ހަމަޖައްސައިދެނީ
01 ޖެނުއަރީ 2020

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޮބާމަޔަން އަށް ފާރަލަނީ

01 ޖެނުއަރީ 2020
ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޮބާމަޔަން އަށް ފާރަލަނީ
07 ފެބުރުއަރީ 2019

ސަލާހަށް ފުރައްސާރަކުރި މައްސަލައެއް ވެސްޓް ހޭމްއިން ބަލަނީ

07 ފެބުރުއަރީ 2019
ސަލާހަށް ފުރައްސާރަކުރި މައްސަލައެއް ވެސްޓް ހޭމްއިން ބަލަނީ
19 ޑިސެމްބަރު 2018

ބަލަމުން ދަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީ ގޮތް: މަހްލޫފް

19 ޑިސެމްބަރު 2018
ބަލަމުން ދަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީ ގޮތް: މަހްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު