Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސާޖިދު ޚާންގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ހައުސްފުލް 4 ދޫކޮށްލައިފި

15 އޮކްޓޯބަރު 2018 | ހޯމަ 00:56

އޭނާގެ ބަދަލުގައި އެ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ފަރްހާދް ސަމްޖީ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 އޮކްޓޯބަރު 2018 | ހޯމަ 00:56
ސާޖިދު ޚާން

ސާޖިދު ޚާން

"ހައުސްފުލް 4" ގެ ޑައިރެކްޓަރު ސާޖިދު ހާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ،އޭނާގެ ބަދަލުގައި އެ ފިލްމުގެ ޑައިރެކްޓަރަކަށް ފަރްހާދް ސަމްޖީ ހަމަޖައްސައިފިއެވެ.

ސާޖިދު ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ ވާހަކަތައް މީޑިއާތަކަށް ތިލަކޮށްފައި ވަނީ ސަލޯނީ ޗޯޕްޅާ އާއި ރެޗެލް ވައިޓްގެ އިތުރުން ނޫސްވެރިޔާ ކަރިޝްމާ އުޕަދެޔޭ އެވެ.

ނަދިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން އުފައްދާ ހައުސިލް 4 ގެ ޕްރޮޑިއސަރ ސާޖިދް ނަދިއާދްވާލާގެ ތަރުޖަމާނު ނެރެފައިވާ ބަޔާނެއްގައި ވަނީ "ހައުސްފުލް 4" ވެސް މިހާރު ޑައިރެކްޓް ކުރާނީ "ހައުސްފުލް 3" ގެ ވެސް ޑައިރެކްޓަރ ފަރްހާދް ސަމްޖީ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސާޖިދު ކުރި ޓްވީޓް ވަނީ "ހައުސްފުލް 4" ގެ ޑައިރެކްޓަރުގެ މަގާމު މި ވަގުތު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާއާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ބެހޭ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މި ތުހުމަތު ތަކާއި ގުޅިގެން "ހައުސްފުލް4" ގެ އެއް ބަތަލާ އަކްޝޭ ކުމާރު 51، ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ފިލްމްގެ ޕްރޮޑިއުސަރުގެ ކިބައިން އެމައްސަލައިގެ ތަހުގީގު ނިމެންދެން ފިލްމްގެ ޝޫޓީންތައް ކެންސަލް ކުރުމަށް އެދިފައެވެ. އެއްވެސް ކަހަލަ ތުހުމަތެއް އެޅިފައިވާ ބަޔަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅު ހަރަކާތެއް ފެށިފައި ވަނީ "ހައުސްފުލް 4" ގެ ކާސްޓްގައި ހިމެނޭ ނާނާ ޕަޓޭކަރް ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަށް ކުރި ފުރައްސާރައިގެ ވާހަކަ ފާޅުގައި އޭނާ ދައްކަން ފެށުމުންނެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
15 އެޕްރީލު 2017

އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް

15 އެޕްރީލު 2017
އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް
17 މާރިޗު 2017

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ
13 މާރިޗު 2017

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

13 މާރިޗު 2017
ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
12 ޖެނުއަރީ 2017

އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް

12 ޖެނުއަރީ 2017
އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް
12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް