Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނަރަލް އޮފީސް

އައިޖީއެމްއެޗަށް ވުރެ އޭޑީކޭއިން ފަރުވާ ހޯދާ މީހުން ގިނަ: ދިރާސާ

13 އޮކްޓޯބަރު 2018 | ހޮނިހިރު 08:10

ޑޮކްޓަރުން އެންމެ ބޮޑަށް ބޭނުންވަނީ ނާރުގެ ބަލިތަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 އޮކްޓޯބަރު 2018 | ހޮނިހިރު 08:10
އޭޑީކޭ ޑޮކްޓަރުންތަކެއް: ގިނަ މީހުން ހިދުމަތް ހޯދަނީ އޭޑީކޭއިން ކަމަށް ބުނެފައިވޭ

އޭޑީކޭ ޑޮކްޓަރުންތަކެއް: ގިނަ މީހުން ހިދުމަތް ހޯދަނީ އޭޑީކޭއިން ކަމަށް ބުނެފައިވޭ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ވުރެ، އޭޑީއޭ އިން ފަރުވާ ހޯދާ މީހުން ގިނަ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން އެ ދިރާސާކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަގްސަދު ހާސިލުވެފައިވާ މިންވަރާ ގުޅޭ ގޮތުން އެ އޮފީހުން ކުރި ޕާފޯމަންސް އޮޑިޓަކަށެވެ. އެ އޮފީހުން ތައްޔާރު ކުރި ޕާފޯމަންސް އޮޑިޓް ރިޕޯޓް މިދިޔަ ހަފްތާގައި އެ އޮފީހުން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް 101 މީހަކު ބައިވެރިކޮށްގެން ސާވޭއެއް ކުރިއެވެ. އެ ސާވޭގައި ޑޮކްޓަރުންނާއި ނަރުހުން އެންމެ ބޮޑަށް ބޭނުން ވަނީ ކޮން ދާއިރާއަކުންކަމާއި ސިއްހީ ބޭނުމަށް އެންމެ ގިނައިން ހިދުމަތް ހޯދަނީ ކޮން އިދާރާއަކުން ކަމާއި އޭގެ ސަބަބާއި ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަމަށް އެކަށީގެންވާ ޓްރޭނިން ލިބިގެންތޯ ބަލާފައިވާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އޮޑިޓް އޮފީހުން ކުރި ސާވޭގައި ބައިވެރިވި 35 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުން އެންމެ ގިނައިން ހިދުމަތް ހޯދާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ. އޭގެ އިތުރުން އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނަށް ވުރެ، ކްލިނިކްތަކުން ހިދުމަތް ހޯދާ މީހުން ވެސް ގިނަ ކަމަށް އެ ސާވޭއިން ދައްކައެވެ. އެ ސާވޭގައި ބައިވެރިވި 31 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ ކްލިނިކްތަކުން ކަމަށާއި 17 ޕަސެންޓް މީހުން ހިދުމަތް ހޯދަނީ އައިޖީއެމްއެޗުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ ސާވޭ އިން ދައްކާ ގޮތުން ރާއްޖެއިން އެންމެ ބޮޑަށް ޑޮކްޓަރުން ބޭނުން ވަނީ ނިއުރޮލޮޖީ ނުވަތަ ނާރުގެ ކަންކަމަށެވެ. ދެ ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށެވެ. ތިން ވަނައަށް އެންމެ ބޮޑަށް ބޭނުންވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނެވެ.

އެ ސާވޭގައި ބުނެފައި ވަނީ ދިވެހިން ޑޮކްޓަރަށް ދެއްކުމުގައި އެންމެ ބޮޑަށް ބަލަނީ އަގު ހެޔޮ، ނުވަތަ އާސަންދަ ލިބޭ ތަނަކަށް ނޫނެވެ. ދިވެހިން އެންމެ ބޮޑަށް ބަލަނީ ފަސޭހައިން ދެއްކޭނެ ތާކަށް ޑޮކްޓަރަށް ދެއްކުމަށެވެ. އެގޮތުން ސާވޭގައި ބައިވެރިވި 41 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުން އެންމެ އިސްކަން ދެނީ ފަސޭހައިން ދެއްކޭނެ ތާކަށް ދެއްކުމަށް ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރަނގަޅު ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުކަން ދީފައި ވަނީ ސާވޭގައި ބައިވެރިވި 34 ޕަސެންޓް މީހުނެވެ. އަގުހެޔޮ އަދި އާސަންދަ ލިބޭ ތަނަކަށް ދެއްކުމަށް ސަމާލުކަން ދެނީ ސާވޭގައި ބައިވެރިވި 11 ޕަސެންޓް މީހުން ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވެއެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން ކުރި ދިރާސާގައި ބައިވެރިވި 69 ޕަސެންޓް މީހުން ބުނެފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުން ބަލަނީ އެކަށީގެންވާ ޓްރޭނިން ނުލިބި ކަމަށެވެ.

ސިއްހީ ދާއިރާގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވާ ގޮތުން 2016 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންގެ އަދަދު 139އަށް އަރައެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 21 ޕަސެންޓް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ރާއްޖޭގައި 2016 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރާ ބިދޭސީ ނަރުހުންނަށް ވުރެ ދިވެހި ނަރުހުން ގިނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ދިވެހި ނަރުހުންގެ އަދަދު 1214 އަރާއިރު، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 53 ޕަސެންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް