Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

ކުނާ އަޅައިގެން އެއް ބަޔަކު ނިދީވެސް އެތަނުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 01:18
ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަންނަން ކިއު ހެދި މީހުން އެ ސަރަހައްދުގައި ނިދާފައި

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަންނަން ކިއު ހެދި މީހުން އެ ސަރަހައްދުގައި ނިދާފައި

ރޭގަނޑުގެ ނިދިން މަހުރޫމުވެގެން އެތައް ބަޔަކު ޖަމާވެފައި އެ ތިބީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަތުމަށް ފޯމު ހުށަހެޅުމަށެވެ. ކިއު ނަމްބަރު ހޯދުމަށް ކިއުގައި ޖެހިގެން އެ ތިބީ މާލޭ ރައްޔިތުންނާއި މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ މީހުންނަކީ އެއް ދުވަސް ކުރިން، އެތަނުގައި ގޮނޑި އަޅައިގެން ތިބި މީހުންނެވެ.

"އަޅުގަނޑު ބޭނުންވަނީ މިއަށް ވުރެ ރަނގަޅަށް މިކަން އިންތިޒާމު ކުރެވިގެން މިކަން ކުރިއަށް ގެންދަން. އަޅުގަނޑުމެން ކާން ވެސް ޖެހެނީ މިތާނގައި. ފާހާނަކުރަން ވެސް މި ޖެހެނީ މިތާނގައި. އަހަރުމެންނަކީ ދިވެހިން ރައްޔިތުން. މިހާ ދެރަ ގޮތަކަށް ނޫން މިކަން ކުރިއަށް ގެންދަން ޖެހޭނީ،" ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކިއުގައި ޖެހިގެން ހުރި މީހަކު ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

މާލޭ ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ހުންނަ ހައުސިން މިނިސްޓްރީ ކައިރީގައި ހަދާފައިވާ ކިއު ވަނީ ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ހަދައިފަ އެވެ. ކިއުގައި އެއް ބަޔަކު ތިބީ ކުނާ އަޅައިގެންނެވެ. ކޮންމެ ދުވަހު ދޫކުރާ 500 ނަމްބަރު ހޯދަން، އެތައް ސަތޭކަ ބަޔަކު ކިއުގައި ޖެހިގެން ތިބީ މަގުމަތީގައި ތަންމަތި އަޅައިގެންނެވެ. ދުވަހުގެ މަސައްކަތް ހުއްޓާލުމަށްފަހު، މުޅި ދުވަސް އެކީގައި އެކަމަށް ހުސްވެގެން ތިބި ބައެއް މީހުން ރާއްޖެއެމްވީއަށް ބުނީ އެތަނުގައި ރޭދުވާ ހޭދަ ކުރިޔަސް އުންމީދެއް ނެތް ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

"ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. އަދި މިވީތަނަކަށް އުންމީދެއް އާލާވެފައެއް ނެތް. އެކަމަކު މަސައްކަތް ކުރާނީ ލިބޭނެ ކަމަށް. ހަ މީހުން ލައިގެން [ފްލެޓަށް ކުރިމަތިލައިގެން] ވެސް މިދިޔަ ބުރު ނުލިބުނު. މިފަހަރު ފަސް މީހުން ލައިގެން ނުލިބުނު. ދެން ކޯއްޗެއް ލިބޭނީ،" ކިއުގައި ޖެހިގެން ހުރި ހަސީނާ ހަސަން ބުންޏެވެ.

ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކިއުގައި ޖެހިގެން ހުރި ސަފްރަތު އިސްމާއިލް ބުނީ ހުޅުމާލެއިން ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. ގޯއްޗަށް ކުރިމަތިލާ މީހުން ގުރުއަތަށް ދާ ގޮތާއި، އެކަމުގައި އަވަސް އަރުވާލުން އުޅޭތީ، އިންސާފުވެރިކޮށް އެކަން ކުރިއަށްދާނެ ކަމަށް ވެސް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.

"ޕާޓީއަކަށް ސޮއިކޮށްގެން ނަފްސު ވިއްކާލައިގެނެއް ދުވަހަކު ވެސް އަޅުގަނޑުމެންނަށް ބޯހިޔާވަހިކަމެއް ނުލިބުނަސް. އަޅުގަނޑުމެންގެ ނަފްސު ވިއްކައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ގޮތުގައި ތިބެގެން، އިރާދަ ކުރެއްވިއްޔާ ދެން ވެރިކަމެއްގައި ވެސް ހަމަ މިގޮތަަށް ހޭލާ ތިބެންޖެހިއްޖެއްޔާ ތިބޭނަން. ތިބެގެން އަނެއްކާވެސް ފްލެޓަށް މަސައްކަތް ކުރާނަން މީގެ ކޮޅެއް ފެންނަންދެން،" ސަފްފަތު ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ގޯތި ކިޔޫގައި ޖެހިފައި ތިބި މީހުން

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކާ 400 ގޯއްޗަށް ހުޅުވާލި ފަހުން ކޮންމެ ދުވަހު އެތަނަށް އެތައް ސަތޭކަ ބަޔަކު ޖަމާވެއެވެ. ފޯމު ހުށަހެޅުމަށް ނަމްބަރު ދޫ ކުރުމުގައި އިންތިޒާމެއް ނެތްކަން އެ މަންޒަރުތަކުން އެނގެއެވެ. އޮންލައިންކޮށް ނަމްބަރު ދޫ ކުރުމުގައި ވެސް ދެފުށް ފެންނަ ނިޒާމެއް ނެތެވެ. އަންހެނުންނާއި ދޮށީ އުމުރުގެ މީހުންނަށް ބެލުމެއް ނެތި، ކިއު ފަޅާލުމަށްފަހު ނަމްބަރު ހޯދައިގެން ދިޔަ މީހުން މަދެއް ނޫނެވެ.

ހައުސިން މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންދަނީ އޭސީސީން އެންގި އެންގުމާ ހިލާފަށެވެ. ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާ އަމުލުތައް ހުއްޓުވުމުގެ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާގެ އެންގުމަށް ފަރުވާލެއް ނެތި ހައުސިން މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންދިއަޔަސް، އާންމުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު އެ މަންޒަރުތަކުން ސާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

30 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު