Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮން ޑިއޯ

ބެލޮން ޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ބޭލް އަދި ކޭން

މިހާތަނަށް 15 ނަމެއް ވަނީ ނޮމިނޭޝަން ލިސްޓުން އިއުލާންކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2018 | ހޯމަ 16:57
ބޭލް ވަނީ ޗެމްޕިއަންސް ލީގް ފައިނަލްގައި 2 ލަނޑު ޖަހާފައި

ބޭލް ވަނީ ޗެމްޕިއަންސް ލީގް ފައިނަލްގައި 2 ލަނޑު ޖަހާފައި

ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ ބެލޮން ޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ވޭލްސް އަދި ރެއާލްގެ ފޯވާޑް ގެރެތު ބޭލް އަދި އިންގްލެންޑްގެ ސްޓްރައިކަރ ހެރީ ކޭން ހިމެނިއްޖެއެވެ.

އުމުރުން 25 އަހަރުގެ ކޭން ވަނީ ރަޝިޔާގައި މިއަހަރު ބޭއްވި ވަރލްޑް ކަޕްގައި ސެމީ ފައިނަލާއި ހަމަޔަށް އިންގްލެންޑް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ގެރެތު ބޭލް ވަނީ ޗެމްޕިއަންސް ލީގު މިފަހަރު ރެއާލްއަށް ކާމިޔާބު ކޮށްދިނުމަށް ލިވަރޕޫލް ކޮޅަށް 2 ގޯލު ޖަހައިދީފައެވެ.

ފްރާންސް ފުޓްބޯލް މަޖައްލާއިން 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއަހަރެއްގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ މިއެވޯޑަކީ ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މި އެވޯޑަށް 30 ކުޅުންތެރިޔަކު ނޮމިނޭޓްވާއިރު، މިހާތަނަށް 15 ކުޅުންތެރިއެއްގެ ނަން ވަނީ އާއްމުކޮށްފައެވެ. މި ލިސްޓަށް ނޮމިނޭޓްވާ ކުޅުންތެރިންގެ ނަންތައް އާއްމުކުރަނީ ފަހަރަކު 5 ނަމެއްގެ މަގުންނެވެ.

ބޭލްއާއި ކޭންގެ އިތުރުން މިހާތަނަށް ނަން އާއްމުކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރ ސަރޖިއޯ އަގުއޭރޯ އަދި އެޓީމުގެ ކެވިން ޑި ބްރޫނީ އަދި ލިވަރޕޫލްގެ ކީޕަރު އެލިސަން އާއި އެޓީމުގެ ފޯވާޑު ރޮބަރޓް ފިރްމީނޯ ހިމެނެއެވެ. އަދި ޗެލްސީގެ އީޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭވެސް ހިމެނެއެވެ.

މިދިޔަ އަހަރު ބެލޮން ޑިއޯ ހޯދި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރުވެސް އެވޯޑަށް ވާދަކުރެއެވެ. ދާދި ފަހުން ރެއާލްއިން ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯއަށް ވަނީ ފަހަކަށް އައިސް ދަނޑުން ބޭރުގައި ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވެފައެވެ.

ބެލޮން ޑިއޯ އެވޯޑަށް ނޮމިނޭޓްވެފައިވާކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ 15 ކުޅުންތެރިންނަކީ؛

  1. ސަރޖިއޯ އަގުއޭރޯ - މެންޗެސްޓަރ ސިޓީ (އާޖެންޓީނާ)
  2. އެލިސަން - ލިވަރޕޫލް (ބްރެޒިލް)
  3. ގެރެތު ބޭލް - ރެއާލް މެޑްރިޑް (ވޭލްސް)
  4. ކަރީމް ބެންޒެމާ - ރެއާލް މެޑްރިޑް (ފްރާންސް)
  5. ކެވިން ޑި ބްރޫނީ - މެންޗެސްޓަރ ސިޓީ (ބެލްޖިއަމް)
  6. އެޑިންސަން ކަވާނީ - ޕީއެސްޖީ (އުރުގުއާއީ)
  7. ކޯޓޮއިސް - ރެއާލް މެޑްރިޑް (ބެލްޖިއަމް)
  8. ރޮބަރޓޯ ފިރްމީނޯ - ލިވަރޕޫލް (ބްރެޒިލް)
  9. ޑިއޭގޯ ގޮޑިން - އެތުލެޓިކޯ މެޑްރިޑް (އުރުގުުއާއީ)
  10. އެންޓޮއިން ގްރީޒްމަން - އެތުލެޓިކޯ މެޑްރިޑް (ފްރާންސް)
  11. އީޑެން ހަޒާޑް - ޗެލްސީ (ބެލްޖިއަމް)
  12. އިސްކޯ - ރެއާލް މެޑްރިޑް (ސްޕެއިން)
  13. ހެރީ ކޭން - ޓޮޓެންހަމް (އިންގްލެންޑް)
  14. އެންގޯލޯ ކަންޓޭ - ޗެލްސީ (ފްރާންސް)
  15. ކްރިސްޓިއާނޯ ރޮނާލްޑޯ - ޔުވެންޓަސް (ޕޯޗުގަލް)

މިހާތަނަށް އިއުލާންކޮށްފައިވާ ލިސްޓަށް ބަލާއިރު އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.

ބެލޮން ޑިއޯ އަށް ނޮމިނޭޓްވާ ކުޅުންތެރިން ކަނޑައަޅަނީ ފްރާންސް ފުޓްބޯލް މަޖައްލާއިންނެވެ. އަދި އެވޯޑް ލިބޭ ކުޅުންތެރިޔާ އަށް ވޯޓުލަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންނެވެ.

2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބެލޮން ޑިއޯ ހޯދަމުން ދިޔައީ އާޖެންޓީނާގެ ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

6 އަހަރު ވަންދެން ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ބެލޮން ޑިއޯ އެއްކޮށްލައިގެން ދިނެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ފީފާއިން ވަނީ އެއްބަސްވުން އުވާލައި، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފީފާއިން ވަކިން ދޭ ގޮތަށް ހަމަޖައްސާފައެވެ. މިއަހަރު އެވޯޑު ލިބުނީ ރެއާލްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރ މޮޑްރިޗްއެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިއަހަރު ހޯދީ އޯލާންޑޯ ޕްރައިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ބްރެޒިލްގެ ފޯވަޑް މާތާއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ބެލޮން ޑިއޯއަށް ނޮމިނޭޓްވާ އަނެއް 15 ކުޅުންތެރިންނަކީ ކޮން ބައެއްތޯ ބެލުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު