Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
12 މެންބަރުންގެ މައްސަލަ

މިއަދުވެސް ޖުޑީޝަރީން ކުރީ ބަޣާވާތެއްތޯ؟

ސަރުކާރުން ހިތްހަމަނުޖެހޭ ކޮންމެ ކަމެއް ބަޣާވާތެއްގެ ގޮތުގައި ދިޔައީ ސިފަކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2018 | ހޯމަ 13:46
މިއަދުގެ ސުޕްރީމް ކޯޓުގެ އަޑު އެހުންތަަކަށް ފަހު މެމްބަރުން ކޯޓުން ނިކުމެވަޑައިގަންނަވަނީ

މިއަދުގެ ސުޕްރީމް ކޯޓުގެ އަޑު އެހުންތަަކަށް ފަހު މެމްބަރުން ކޯޓުން ނިކުމެވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީނު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ގޮތަކަށް ކަމެއް ކުރާ ކޮންމެ މީހެއް ނުވަތަ ބައެއް އެކުރަނީ ބަޣާވާތެއް ކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެމްބަރުން ފާސްކުރަން އުޅުމުން އެ މަޖިލީހުގެ މެމްބަރުން އެކުރެއްވީ ބަޣާވާތަކަށް ވިއެވެ. 1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ސޮއިކުރައްވައި ރައީސް ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް އަމުރެއް ނެރުއްވުމުން އެ ހިސާބުން ކޯޓުން ބަޣާވާތް ކުރީ ކަމަށް ނިންމަވައި، ސުޕްރީމް ކޯޓުގެ ފުރާޅު ޓިނުނަގައިގެން ސިފައިން ވަދެ އުއްތަމަފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ދަމާކޫއްތާފައި ގެންގޮސް ލެއްވީ ޖަލު ގޮޅިއަކަށެވެ. ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނުމުން އެެންމެ ފަހުން ގޯސްވީ ރައްޔިތުންނާއި އިލެކްޝަންސް ކޮމިޝަނެވެ. އެވަރު ބަޔަކު ނެތިގެން ކުރިން އުޅުނު އިލެކްޝަންސް ކޮމިޝަން ވަރުގެ ނުބައި ބަޔަކު މިއަދު ނެތެވެ. އެމީހުން ވެސް ކުރީ ބަޣާވާތެއް ކަމަށް މިހާރު ދަނީ ސިފަކުރަމުންނެވެ.

ދައުލަތުގެ ބާރުތަކަށް އިހަކަށް ދުވަހާ ހަމަޔަށް ޖެހެންދެން ވިސްނައިދީފައި އޮތީ ސަރުކާރު ރުހޭ ގޮތަކަށް ހުރިހާ ކަމެއް ކުރުމަށެވެ. ފަނޑިޔާރުގެއަށް ވެސް ވިސްނައިދީފައި އޮތީ އެހެންކަން އެކި ފަނޑިޔާރުން ފުލުހުންނަށް ދީފައިވާ ބަޔާންތަކުން އެ އޮތީ ހާމައަށް ފެންނާށެވެ. މިނިވަން މުއައްސަސާތުކުގެ ވެރިންގެ ހިތަށް ވެސް ވައްދާފައިވާ ބިރުވެރިކަން އޭސީސީގެ ރައީސް ހަސަން ލުތުފީމެން ފަދަ ބޭބޭފުޅުން ދެއްވާފައިވާ ބަޔާންތަކުން އެއޮތީ ފެންނާށެވެ.

ނަމަވެސް 23 ސެޕްޓަމްބަރުގައި އޮތް ރިޔާސީ އިންތިހާބަށް ފަހު ހުރިހާ ކަމެއް ބަދަލުވަން ފަށައިފިއެވެ. މިއަދު ހުރިހާ ތަނެއް މިފެންނަނީ ބިރު ފަހަނައަޅައި ދާތަނެވެ. ލަސްވެއްޖެއެވެ. އެކަމަކު ލަހުން ވިޔަސް އެކަން އެބަ ކުރެއެވެ. އޭސީސީއަށް ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކުން ކުއްލިއަކަށް ކޮރަޕްޝަން ފެނި، މައްސަލަތައް ހުއްޓުވެއެވެ. ބްރޯޑްކޮމްއަށް މައްސަލަތައް ބެލުމުގައި ވަކި އަތަކަށް ޖެހެވިފައިވާކަން ކުއްލިއަކަށް އެނގިއްޖެއެވެ. ޖުޑީޝަރީއަށް ޤާނޫނުތަކުގައި ސަރީޙަކަމާ އެކު ލިޔެފައިވާ އެއްޗެއް ކުއްލިއަކަށް ސާފުވި ކަހަލައެވެ. ކޮންމެއަކަސް، ބަދަލެއްގެ ކޮޅުމަތި އެބަފެނެއެވެ.

މިހުރިހާ ކަމަކާ އެކު މިއަދު ފެނިގެން މިދިޔައީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ޤާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް ތަކުރާރުކޮށްފައެވެ. މިއީ ކަޅާއި ހުދުން ވަރަށް ސަރީހަ އިބާރާތުން ޤާނޫނުތަކުގައި ލިޔެފައިވާ ވާހަކަތަކެވެ.

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަމުން ދިޔަ މައްސަލަތަކަށް ވަރުގަދަ ވެކްސިނެއް ހުށަހަޅާ ވާހަކަ ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިދިޔަ އަހަރުގެ އެޕްރީލް މަހު ވިދާޅުވިއެވެ. އަދި އެވެކްސިނަށް ފަހު ދެން އެ 'ބަލިމަޑުކަން' ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ނިހާންއެވެ. މިއަދު އަނެއްކާ އެލައިގަތީ އެކަންތައް ނޫންތޯއެވެ؟ ގެރެންޓީ ހަމަވެފައި ހުރި ވެކްސިން ޖެހީމައި ބަލި ރަނގަޅުވުމުގެ ބަދަލުގައި ނެތް ބަލިވެސް ޖެހޭނެއެވެ. މަސީހުގެ ގޮނޑި ސަލާމަތްކުރަން ޖެހި ވެކްސިން ހުރީ ގެރެންޓީ ހަމަވެފައެވެ. އެހެންކަމުން މަސީހުގެ ގޮނޑި ގެއްލުމުގެ ބިރުވެރިކަން އަނެއްކާ އައުމުގެ އިތުރަށް އެ ޖެހި ވެކްސިނާއި ވެރިކަން ވެސް އެ ގެއްލުނީއެވެ. ދެން ވެސް ވެކްސިން ޖަހާއިރު ރަނގަޅަށް ބައްލަވާފައި ޖެއްސެވުން ބުއްދިވެރިއެވެ. ތިވެކްސިންގެ ސައިޑް އެފެކްޓްތަކުގެ ތެރެއިން ނިހާންގެ ގޮނޑި ވެސް މި ފަހަރު ވެސް ދިފާޢު ނުވާނެ ކަމަށް ކިޔާތީ އިވެއެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ދާއިރާ އިން ލިބުނު ލަދުގަންނަ ވަރުގެ ނަތީޖާއިން އެކަން ވަރަށް ބޮޑަށް ޔަގީނެވެ.

ޕީޕީއެމްގެ ތެރެއިން 12 މެންބަރަކު ނުކުމެވަޑައިގަތުމުން އެކަން ވެސް ނިހާނު ސިފަކުރެއްވީ ހަރާމް ބަގާވާތެއްގެ ގޮތުގައެވެ. އަދި އެ ގޮނޑިތައް ގެއްލުނީ ނިހާނުހާ ހެދި ނޫން ކަމަށް ވިދާޅުވިއެއް ކަމަކު ސުޕްރީމް ކޯޓުގެ ހުކުމުން އެނގުނު އެއްޗަކީ އެއީ ނިހާނާއި ރައީސް ޔާމީނުގެ އައުވާނުންގެ ރޭވުމެއް ކަމެވެ. ދެން ދުވަހަކު ވެސް އެ މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ގަދަބަސް ވިދާޅުވިއެއް ކަމަކު ގުދުރަތުގެ ނިޔާ ނިހާނަށް ވެސް ނޭނގޭނެއެވެ.

ރައްޔިތުން އެވަނީ ބަސް އިއްވާފައެވެ. ވޯޓުން ބަލިވެ، ކޯޓުންވެސް ބަލިވެ، މިއަދު ހަދާނެ އެއް ގޮތްވެސް ނެތުމުން އަނެއްކާ ވެސް ހައްލަކީ ސުޕްރީމް ކޯޓުން މިއަދުވެސް އެކުރީ ބަޣާވާތެއް ކަމަށް ބުނުންތޯއެވެ؟ ތިއަށް ވުރެ ސިޔާސީ ގޮތުން ހޭލުންތެރި ވާން ޖެހެއެވެ. ތަސައްރަފު ފުދެން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު