Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އިސްލާމް. އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

އުޅަނދެއް އިންޝުއަރ ކުރާ ނަމަ އެއުޅަނދުގެ ވެރިފަރާތުން ހުށަހަޅާ އަދި ތައުމީނު ކުންފުނިން އެއްބަސްވާ އަގެއް އޮންނަން ވާނެއެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2018 | ހުކުރު 14:41
ތައުމީނުގެ ނިޡާމުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށުނީ ކަނޑު މަގުން، އެއް ޤައުމުން އަނެއް ޤައުމަށް މުދާ އުފުލާ ބޯޓުފަހަރުތަކަށެވެ.

ތައުމީނުގެ ނިޡާމުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށުނީ ކަނޑު މަގުން، އެއް ޤައުމުން އަނެއް ޤައުމަށް މުދާ އުފުލާ ބޯޓުފަހަރުތަކަށެވެ.

(18 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީނަކީ، ކުރިން ވެސް ބުނެވުނު ފަދައިން ނުރައްކަލެއް، ނުވަތަ ގެއްލުމެއް، ނުވަތަ މުޞީބަތެއް ކުރިމަތިވާ ހިނދު، އޭގެ ބަދަލު ތައުމީނު (އިންޝުއަރ) ކޮށްދޭ ފަރާތުން ލިބިދެވޭ ނުވަތަ ދޭގޮތަށް، ތައުމީނު ކޮށްދިނުމަށް އެދޭފަރާތުން އެއް ފަހަރާ، ނުވަތަ އިސްލާމް ދީން ހުއްދަކުރާ، ހަމަތަކުގެ މަތިން، އިންޝުއަރެންސް ކުންފުނިން ހުށަހަޅާ ގޮތަށް، ފައިސާ ދައްކަމުން ގެންދާގޮތަށް ކުރެވޭ ޢަޤްދެކެވެ. ތައުމީން ކުރުން، ނުވަތަ އިންޝުއަރެންސް ނުވަތަ އިންޝުއަރ ކުރުމަކީ އިންޝުއަރ ކުރާ އެއްޗަކަށް މުސްތަޤްބަލްގައި ކުރިމަތިވެދާނެ ގެއްލުމަކަށް ބަދަލުހޯދުމުގެ ގޮތުން އިންޝުއަރެންސް ކުންފުނިން ދޭ އެ ކޮންޓްރިބިއުޝަނެއް، ވެރިފަރާތުން ދިނުމަށްފަހު އެއްބަސްވުމަކަށް އައުމަވެ. މި އެއްބަސްވުމަކީ ތައުމީނުގެ ދާއިރާގެ މީހުން ކިޔާ ގޮތުން ނަމަ އިންޝުއަރެންސް ޕޮލިސީ އެވެ. އިންޝުއަރކުރާ މީހާއަށް ލިބިދޭ ފައިދާއަށް ބަލާއިރު ކުރިން ދެންނެވި އެއްބަސްވުމުގައި އެއްބަސްވެފައިވާ ގެއްލުމެއް ތައުމީނު ކުރެވޭ މީހާއަށް ނުވަތަ އެއްޗަކަށް ލިބޭ ހިނދު އޭގެ ބަދަލު ފޯރުކޮށް ދެވުމެވެ. މިސާލަކަށް ކަނޑު ދަތުރުފަތުރު ކުރާ އުޅަނދެއް އިންޝުއަރ ކުރާ ނަމަ އެއުޅަނދުގެ ވެރިފަރާތުން ހުށަހަޅާ އަދި ތައުމީނު ކުންފުނިން އެއްބަސްވާ އަގެއް އޮންނަން ވާނެއެވެ. އަދި އުޅަނދަށް ލިބުނު ގެއްލުމަކީ އެއްބަސްވުމުގައި ހިމެނިފައިވާ ގެއްލުމެއް ނަމަ އެގެއްލުމުގެ އަގުމަގު ކުރެވި އެ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތަށް ލިބިދެވެއެވެ. މީގެ ތެރޭގައި ކުއްލި ޙާލަތް ތަކުގައި ލިބޭ ގެއްލުންތަކާއި، މުޅި އުޅަނދު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވި ކަމުގައި ވީ ނަމަވެސް ދެފަރާތް އެއްބަސްވާ އަގުތަކެއް ލިބިދެވެއެވެ.

ތައުމީނުގެ ނިޡާމުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށުނީ ކަނޑު މަގުން، އެއް ޤައުމުން އަނެއް ޤައުމަށް މުދާ އުފުލާ ބޯޓުފަހަރުތަކަށެވެ. އެގޮތުން އެ ބޯޓުފަހަރުތަކަށް ދިމާވާ ގެއްލުންތަކާއި، ނުރައްކާތަކަށް ބަދަލު ލިބޭނެ ފަދަ ގޮތަކަށެވެ. އޭގެ އިތުރުން އެ ބޯޓުތަކުން ދަތުރުކުރާ ފަޅުވެރިންނަށާއި، މީހުންނަށާއި، އުފުލާ މުދާތައް ރައްކާތެރި ކުރުމުގެ މަޤްޞަދުގައެވެ. މިދުވަސްވަރު އިންޝުއަރެންސްގެ ޚިދުމަތް ދެމުން ގެންދެވުނީ އިސްލާމީ އުޞޫލުތަކަށް ރިޢާޔަތް ކޮށްގެނެއެއް ނޫނެވެ.

ތައުމީނުގެ ނިޡާމު ތަޢާރަފް ވެފައި ވަނީ ފަހުގެ ޒަމާނުގައި ނުވަތަ މިޒަމާނު ގައެވެ. މިހެންކަމުން ކުރީގެ ފިޤުހު ފޮތްތަކުގައި ޢިލްމުވެރިން މި މައްސަލައިގައި ބަޙްޘު ކުރައްވާފައި ނުވެއެވެ. ނަމަވެސް ކުރީގެ ޢިމްވެރިންގެ ތެރެއިން 1252 ވަނަ އަހަރު އަވަހާރަ ވެފައިވާ، ޙަނަފީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ، އިބްނު ޢާބިދީން ކިޔާ ބޭފުޅަކު ފިޔަވައި، އެހެން އެއްވެސް ޢިލްމުވެރިޔަކު، ތައުމީނުގެ ނިޡާމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެއް ނުވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން ތައުމީނުގެ ޢަޤްދަކީ، ހުއްދަ ވާނޭ ޢަޤްދެއް ނޫނެވެ. މިހެން މިކަން އޮތް ނަމަވެސް 1979 ވަނަ އަހަރު ތައުމީން ކުރުމުގެ މަސައްކަތް އިސްލާމީ އުޞޫލާ އެއްގޮތަށް ފަށާފައި ވެއެވެ. އެ ނިޡާމަށް އިސްލާމީ ދުނިޔޭގައި ކިޔައި އުޅޭ ނަމަކީ "އައްތަކާފުލު" އެވެ.

މިކަން މިއަދާ ހަމަޔަށް އައި އިރު، ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި، ތައުމީނު، އަދި ތަކާފުލުގެ ނިޡާމު ވަނީ، ވަރަށްގިނަ ދާއިރާ ތަކަކަށް ފެތުރި ޢާންމު ވެފައެވެ. އޭގެތެރޭގައި، ގޯތިގެދޮރާއި، އިންސާނުންގެ ޙަޔާތުގެ މައްޗަށް ކުރާ ތައުމީނާއި، ވައިގެމަގުން ދަތުރުކުރާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ކަނޑުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، އެއްގަމުގައި ބޭނުންކުރެވޭ ވަރަށް ގިނަ ބާވަތެއްގެ ސަވާރީތައް ތައުމީނު ކުރާކަން ފާހަގަ ވެއެވެ.

ނުނިމޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

27 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

15 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

10 އޮކްޓޯބަރު 2018
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

06 އޮކްޓޯބަރު 2018
‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

‏ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން ‏

05 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު