Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލުނު ސަބްސްޓޭންޑަރޑް ރައީސް!

އިންތިޚާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2018 | ބުދަ 14:58
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރައީސް ޔާމީނެވެ. މަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރު ނިމުމަކާއި ގާތްވީއެވެ. މަނިކުފާނުގެ ވެރިކަމުގެ ފީތާ ހުސްވަނީއެވެ. ބައްތީގެ އަލި މަޑުވެ، އެހެރަގެން ނިވެނީއެވެ. ދެން އެއަށް ފުމެގެން މޫނަށް ތެޔޮބުރުން ނޫން ކަމެއް ނުވާނެއެވެ. ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން އެވަނީ ރައްޔިތުންގެ ކޯޓުން ހުކުމް ނެރެފައެވެ. އެ ހުކުމަށް އިހުތިރާމް ކުރައްވާށެވެ.

ރައީސް ޔާމީނެވެ. ވިސްނަވާށެވެ. މަނިކުފާނުގެ ބާރާއި ނުފޫޒުން ކުރެއްވި ހުރިހާ ކަމެއް ވަށާޖެހި، އަނބުރާ މަނިކުފާނާއި އެހެރަގެން ބައްދަލުކުރަނީއެވެ. މަނިކުފާނުގެ ވެރިކަމުގައި އެތަށް ބައެއްގެ ބޮލުގައި ނާއިންސާފުން ރިޝްވަތުގެ އެތައް ތުހުމަތެއް އަޅުވައި، އެތަށް ބަޔަކަށް ނުޙައްޤުން އެތައް އަނިޔާއެއް ދެއްވީމުއެވެ. މިއަދު ކަންވީގޮތް ބައްލަވާށެވެ. މަނިކުފާނުގެ ވެރިކަން ދެމި އޮއްވައި މާލީ ޖާސޫސީ އިދާރާއިން މަނިކުފާނު އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ނިންމީއެވެ.

ރައީސް ޔާމީނެވެ. ގަދަބަސް ވިދާޅުވުމާއި، ގޮންޖެއްސެވުން ވެފައިވީ މަނިކުފާނުގެ މުލު ސިފައަކަށެވެ. މަނިކުފާނުގެ ބާރަކަށްވީ މަނިކުފާނުގެ މުށުތެރޭގައި، މޮޑެފައި އޮތް ގޮދަން ފުށްގަނޑެއްހެން ބޭނުން ގޮތަކަށް ބައްޓަންކުރަން އޮތް މިނިވަނޭ ކިޔުނު މުއައްސަސާތަކެވެ. މިއަދު ހާލަތު އެނބުރިފައިވާ ގޮތް ބައްލަވާށެވެ. އެ މުއައްސަސާތައް މަނިކުފާނުގެ މުށުތެރޭގައި އޮވެމެ ހަރު ހިލަގަނޑަކަށް ބަދަލުވެއްޖެއެވެ. އެ މުއައްސަސާތައް މިނިވަންކަމާއިއެކު ފުން ނޭވާއެއް ލީ ފަދައެވެ. މުއައްސަސާއަކަށް ފަހު މުއައްސަސާއެއް އެ ދަނީ މަނިކުފާނުގެ އީގޯއަށް ބޭވަފާތެރިވަމުންނެވެ.

ރައީސް ޔާމީނެވެ. ވިސްނަވާށެވެ. މަނިކުފާނުގެ ހަޤީޤީ އާރާއި ބާރު އޮތް އިރު މަނިކުފާނުގެ ވަށައިގެން ކުނަމެހިތަކެއްހެން އެތައް ބަޔަކު އެނބުރުނެވެ. ސަތޭކައިން، ހާހުން އެމީހުންގެ އަދަދު ޖެހެއެވެ. ރައްޔިތުންގެ ހުކުމާއި އެކު މިއަދު މަނިކުފާނަށް ތައީދުކުރުމަކީ ފޫނެއް ފަޔަކަށް ފެންފުރުމަށް ވުމާއިއެކު، އެ އެންމެން މަނިކުފާނު ދޫކޮށް ހިނގައްޖެއެވެ. އެ އެންމެން އެބައިމީހުންގެ ސަލާމަތް ހޯދައިފިއެވެ. ސެޕްޓެމްބަރު މަހުގެ ވޯޓާއި ހަމައަށް މަނިކުފާނުގެ ކައިރީގައި ތިބި މީހުންވެސް ސެޕްޓެމްބަރު 23 ވަނަ ދުވަހުގެރޭ އިރުއޮއްސުނު އިރު ލައިފްޖެކެޓު އަޅައިގެން މަނިކުފާނުގެ ނަވުން ފުންމާލަން ތައްޔާރަށެވެ.

ރައީސް ޔާމީނެވެ. މަނިކުފާނަކީ ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. މަނިކުފާނުގެ ވަށައިގެން މިހާރު ތިބި މީހުންނަށް ބައްލަވައި ތިޔަ ތޫނު ވިސްނުންފުޅުން ވިސްނަވާށެވެ. މަނިކުފާނުގެ ބާރު ކެނޑިގެންދާ ދުވަހަކުން އަނގަވަތަށް ވެއްޓޭވަރުގެ ކަމެއް ނުކޮށް ހުރި ހަމަ އެކަކުވެސް މަނިކުފާނުގެ އަރިހުގައި އެބަ ތިބި ހެއްޔެވެ. ކެބިނެޓުގައި ތިބި ވަޒީރުންގެ ތެރެއިން މަނިކުފާނަށް ޔަގީންކަން އޮތީ ކިތަށް ވަޒީރުންނާއި މެދު ހެއްޔެވެ. މަޖިލީހުގައި ތިބި މަނިކުފާނުގެ ޕާޓީގެ މެންބަރުންގެ ތެރެއިން މަނިކުފާނަށް ޔަޤީންކަން އޮތީ ކިތަށް މެންބަރުންނާއި މެދު ހެއްޔެވެ. މަނިކުފާނުގެ ވަށައިގެން އެނބުރޭ އެމްޑީންނާ ސީއީއޯއިންގެ ތެރެއިން މަނިކުފާނަށް ޔަގީންކަން އޮތީ ކިތަށް މީހުންނާއި މެދު ހެއްޔެވެ.

ރައީސް ޔާމީނެވެ. މަނިކުފާނުގެ ވެރިކަމަކީ ޒުވާނުންގެ ވެރިކަމެއް ކަމަށް މަނިކުފާނު ވަރަށް ދައުވާ ކުރެއްވިއެވެ. ފަހު ވަގުތާއި ހަމައަށް މަސައްކަތް ކުރެއްވީ މަނިކުފާނު ކޮށްދެއްވާ ހުރިހާ ކަމެއް ކޮށްދެއްވަނީ ޒުވާނުންނަށް ކަމަށް ދެއްކެވުމަށެވެ. ނަމަވެސް އެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ފަހުވަގުތު މަނިކުފާނަށް ނޫނެކޭ ބުނީ ކީއްވެކަން އެނގިލައްވާ ހެއްޔެވެ. އެ ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ މަނިކުފާނަށް ދެއްކެވިފައި ހުރި ވާހަކައެވެ. މި ރާއްޖޭގެ ޒުވާނުން އެންމެ ބޭނުންވާ ދެކަމަކީ ތަޢުލީމާއި ވަޒީފާއެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގަތީ 95000 ވަޒީފާ އުފައްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، ވަޒީފާ އުފެއްދުނު މިންވަރާއި މެދު ޚުދު މަނިކުފާނުގެ ވާހަކަފުޅު ހުރީ މަނިކުފާނުގެ އަމިއްލަ ޟަމީރާއި ހިޔާލު ޚިލާފުވާފަދައިންނެވެ. ޒުވާނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަޢުދުވެވަޑައިގަތުމަށްފަހު އެންމެފަހުން އެ ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުންނަކީ މަތީ ތަޢުލީމުގެ ހައްޤު ނެތް ސަބްސްޓޭންޑަރޑް ބައެއް ކަމަށް ވިދާޅުވީވެސް ހަމަ ޚުދު މަނިކުފާނެވެ. އެ ޒުވާނުން އެއަށް ރައްދުދީ، ސެޕްޓެމްބަރު 23 ގައި އިއްވި އަޑަކީ މަނިކުފާނަކީ ސަބްސްޓޭންޑަރޑް ވެރިއެއް ކަމަށް ބުނެ ހަރުއަޑުން އިއްވި އަޑެވެ.

ރައީސް ޔާމީނެވެ. މަނިކުފާނުގެ ނުފޫޒުން 60،000 ރައްޔިތުންގެ ހައްޤުތައް ފޭރިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެ މަޖިލީހުން ބޭރު ކުރެއްވީމުއެވެ. މިއަދު އިލެކްޝަން ކޮމިޝަނުން އެ މެންބަރުންގެ ގޮނޑި އިޔާދަކޮށްދިންއިރު، ސިއްރު ވޯޓެއްގައި މަޖިލީހުގައި މަނިކުފާނަށް ހައެއްކަ ވޯޓުވެސް ލިބޭނެކަމުގެ ޔަޤީންކަން މަނިކުފާނުގެ އަމިއްލަ ނަފްސަށް އެބަ އޮތްތޯއެވެ.

ރައީސް ޔާމީނެވެ. މަނިކުފާނު ދެން ހުންނަވާނީ އިދިކޮޅު ލީޑަރުގެ ގޮތުގައި ކަމަށް ނިންމަވައިފިއެވެ. މަނިކުފާނުގެ ތުއްތޮންބެގެ ޕާޓީ މިއަދު މަނިކުފާނުގެ މުށުތެރޭގައި އޮތް ނަމަވެސް މި ފެންނަ މަންޒަރަކީ އެ ޕާޓީގަނޑުވެސް މަނިކުފާނުގެ އަތްޕުޅުން ބީވެގެންދާ މަންޒަރެވެ. ތަރުޖަމާނު ނެރެގެން ކިތަންމެ ބޭޤަރާރެއް ފާސްކުރިޔަސް އެ ހަޤީޤަތް ބަދަލުވުމެއް ނެތެވެ.

ރައީސް ޔާމީނެވެ. މަނިކުފާނު ވިސްނަވާށެވެ. މަނިކުފާނު މިއަދު ތިވަނީ ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލުނު ސަބްސްޓޭންޑަރޑް ރައީސަށް ވެފައެވެ. ބާރުތައް އެއްކުރައްވައި، ތާއަބަދަށް ވެރިކަން ކުރަން ދިމާކުރާ ކޮންމެ މީހަކު ކުރިމަތިލާންޖެހޭ ފިލާވަޅު ނިކަން އަވަހަށް މިވަނީ މަނިކުފަނާއި ބައްދަލުކޮށްފައެވެ. އަބަދު ވެރިކަން ކުރުމީ މަނިކުފާނަކަށްވެސް، އެހެން އިންސާނަކަށްވެސް އޮތް ކަމެއް ނޫނެވެ.

ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި

ޚާލިގުލް ކައުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ!

ކަންތަކާ މެދުގައި މިހެން ހިނގަމުން އެދާ ވިސްނާލުމުން

އަންގަނީ ވެރިކަން އެއީ އެއްކައު ފަރާތުގެ މިލްކެކޭ

ޔާއިލާހީ އުޑުތަކާ ބިންތަކުގެ ތިޔައީ މާލިކޭ

ތާއަބަދު ދެމިހުރުމަކީ އެކަކަށް އެހެން ނެތް ސިފައެކޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018
އަސްރު ދިޔައީ ގެއްލިގެން.................

އަސްރު ދިޔައީ ގެއްލިގެން.................

26 އެޕްރީލު 2018
ބަޔަކަށް ޒައީމު ގެއްލިއްޖެ

ބަޔަކަށް ޒައީމު ގެއްލިއްޖެ

08 ފެބުރުއަރީ 2018
ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

03 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު