Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

ދުއްތުރާ ބޮޑު އިންތިގާލީ މަރުހަލާ

ގާނޫނީ ގޮތުން އިންތިގާލީ މަރުހަލާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ

ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2018 | އަންގާރަ 09:19
ރައީސް ޔާމީން: ގައުމުގެ ހަމަޖެހުމާ މަސްލަހަތައް އިސްކަން ދެއްވާ ތަނެއް ނުފެނޭ

ރައީސް ޔާމީން: ގައުމުގެ ހަމަޖެހުމާ މަސްލަހަތައް އިސްކަން ދެއްވާ ތަނެއް ނުފެނޭ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތުން، އެއް ވެރިކަމުން އަނެއް ވެރިކަމަށް ގައުމު ފުރޮޅެގެންދާ އިރު އިންތިގާލީ މަރުހަލާއެއް އެބައޮތެވެ. ގާތްގަނޑަކަށް ދެ މަސްދުވަހުގެ މުއްދަތައް ދެމިގެންދާ މި ދެންނެވި އިންތިގާލީ މަރުހަލާ ވެގެން ގޮސްފައި މިވަނީ ދުއްތުރާ ބޮޑު ދުވަހަކު ނިމުމެއް ނެތް އިހްސާސް ކުރެވޭފަދަ ދިގު މުއްދަތަކަށެވެ.

ހަގީގަތުގައި އެއް ސަރުކާރުން އަނެއް ސަރުކާރަކަށް ބަދަލުވެގެންދާ އިރު އިންތިގާލީ މަރުހަލާއެއް އޮތުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ކުއްޔަށް ތަނެއްގައި އުޅެފައި ނުކުމެގެން ދާއިރުވެސް ގޭގެ ވެރިފަރާތާ އެތަނެއް ހަވާލު ކުރާއިރު އިންވެންޓަރީ ހަމަތޯ އާއި، ދައްކަންޖެހޭ ބިލެއް އޮތްތޯ އާއި އިމާރާތުގައި ކުރަންޖެހޭ މަރާމާތު ފަދަ ކަންކަން ބަލައި ދެނެގަނެ ހަދަން ޖެހެއެވެ. ގައުމެއްގެ އިދާރީ ކަންކަން އެހެން ބަޔަކާ ހަވާލު ކުރުމަކީ އަދި މާ ބޮޑު ކަމެކެވެ. އޭގައި ބަލަންޖެހޭ ކަންކަން މާ އިތުރުވެފައި ބޮޑެއްޗެވެ. އެކަންއެކަން އެހެން ހުރިއިރު، އެކަމަށް އެކަށީގެންވާ މުއްދަތެއްވެސް އޮންނާން ޖެހޭނެއެވެ.

އެކަމަކު މިފަހަރުގެ އިންތިގާލީ މަރުހަލާ ވެގެން ގޮސްފައި މިވަނީ ހަގީގަތުގައިވެސް އެންމެންނަށްވެސް ބޮޑު ތުރާލަކަށެވެ. ވެރިކަން ރީތި ގޮތުގައި ހަވާލު ކޮށް ބާރުތައް އޮމާން ކަމާއެކު ފުރޮޅާލުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ކުރަން ދިމާކުރީ މުޅިން އެހެން ކަމެކެވެ. އުފައްދަން ފެށީ ހައިޖާނެވެ.

އައު ސަރުކާރެއް އިންތިޚާބުވާ އިރު އޮންނަ ހިނގަމުންދާ ސަރުކާރަކީވެސް ގާނޫނީ ސަރުކާރެއް ކަމަށްވުމާއެކު، އިންތިގާލީ މަރުހަލާ އޭ މިކިޔާ މަރުހަލާގައިވެސް ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރާ ބާރުތައް އޮންނަނީ ހިނގަމުންދާ ސަރުކާރަށްވެސް ލިބިފައެވެ. ނުކުމެގެންދާ ސަރުކާރުގެ މަސްއޫލު ވެރިންނަކީ އިޚްލާސްތެރި ނިޔަތް ރަނގަޅު ބަޔަކަށް ނުވާނަމަ، އިންތިގާލީ މަރުހަލާ އަކީ ގައުމާ ހަވާލުވާން އަންނަ ސަރުކާރަށް ނުހަނު އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތި ކުރިމަތި ކުރެވޭނެ ބަޔަކަށް އޮންނަނީ ވެފައެވެ. މިއަދު ރާއްޖޭން ފެންނަމުންދަނީ އެ މަންޒަރެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުގެ ސިއްކަ ރައްޔިތުން ޖަހާ، އިބްރާހިމް މުހައްމަދު ސޯލިހް އަށް ވެރިކަން ހަވާލު ކުރުމަށް އެ ރައްޔިތުން ނިންމާ ހުކުމް ކުރި ހިސާބުން ހީވީ، މީގެ ކުރީ ފަހަރުތަކެކޭ އެއްގޮތައް ވެރިކަން ހަވާލު ކުރުމުގެ ކަންކަންދާނީ ވަރަށް އޮމާންކޮށް އަމާންކޮށް ކަމުގައެވެ. އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރަމުންދާނީވެސް ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލްތަކާ އެއް ގޮތަކަށް ކަމަށް ބެލެވުނެވެ. ހަގީގަތުގައި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުން ދެން ހިނގި ސައުވީސް ގަޑީއިރުގެ ތެރޭގައި ކަން ހިނގީވެސް ޖުމްލަ ގޮތެއްގައި ރީތި ކޮށްނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއާއެކު، އިންތިޚާބުވެ ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގައުމާ މުޚާތަބް ކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ހިނގައި ދިޔައީ ރަނގަޅަށް ކަމަށްބުނެ ރައްޔިތުންނާ މީޑިއާ މެދުވެރިކޮށް ބައްދަލު ކުރިއެވެ. އިންތިޚާބު އޮބްޒާވް ކުރި އެންޖީއޯ ތަކުން ވޯޓު ލުމާއި، ވޯޓު ގުނުމުގެ ކަންކަން ދިޔައީ ވަރަށް ބޮޑުތަނުން ރަނގަޅަށް ކަމަށް ބުންޏެވެ. އެމެރިކާއާއި، ޖަޕާންއާއި، ސްރީލަންކާއާއި އިންޑިއާ އާއި އެމެރިކާ ފަދަ ރާއްޖެއަށް ހެޔޮ އެދޭ އެތައް ގައުމަކުން ނަތީޖާ ގަބޫލު ކޮށް މަރުހަބާ ކިޔެވެ. ރަސްމީ އިދާރާތަކުންނާއި، އަމިއްލަ ކުންފުނިތަކުން އައު ރައީސަށް މަރުހަބާ ކިޔާ އުފާ ފާޅު ކުރިއެވެ. ކުޑަތަންކޮޅެއް ފަސްވި ނަމަވެސް ރައްޔިތުން ނޫނެކޭ ބުނި ރައީސް ވެސް އެކަން ގަބޫލު ކުރައްވާ، އެބޭފުޅާއަކީ ރައްޔިތުންގެ ނިންމުން ތަންފީޒް ކުރުމަށް ހުރި ހުރަހަކަށް ވެވަޑައިނުގަންނަވާނަމޭ ވިދާޅުވިއެވެ. އިންތިޚާބުން ބަލިވި ޕީޕީޕީއެމް އިން ނަތީޖާ ގަބޫލު ކުރާކަމަށާއި އިންތިޚާބުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާ އެކުގައި ކަމަށް ބުނެ ނޫސްކޮންފަރެންސް ބޭއްވިއެވެ.

މިކަންކަން މިހެން ހިނގާ ސައުވީސް ގަޑީއިރުވެސް ނުވަނީސް މަންޒަރު ބަދަލުވާން ފަށައިފިއެވެ. ޕީޕީއެމް އިން އިންތިޚާބުގެ ނަތީޖާ އާ މެދު ސުވާލު އުފައްދާ ޒާތުގެ ވާހަކަތައް ފަތުރަން ފެށިއެވެ. މިކަން އަދި ނުނިމޭ ކަމަށް ދޭހަވާ ގޮތައް ބަސްބަސް އުކަން ފެށިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ބޮޑު ނުތަނަވަސް ކަމެއް ގައުމަށް ފެތުރިގެން ދިޔަ ތަނެވެ.

ޑިމޮކްރަސީއަކީ އޭގައި ރީތި އުސޫލުތަކާއި ގޮތް ނިންމުމަށް ކަނޑައަޅާފައި އޮންނަ ހަމަތަކަށް ތަބާވުމެވެ. ނިމިގެން މިދިޔަ ރިޔާސީ އިންތިޚާބުން ސާފު އަޣުލަބިއްޔަތުން އިބްރާހީމް މުހައްމަދު ސޯލިހް އިންތިޚާބުވެއްޖެ ކަމަށް ރައީސް ޔާމީން ހޮއްވެވި މެމްބަރުން ހިމެނޭ ގޮތުން އެކުލަވާލެވުނު އިލެކްޝަންސް ކޮމިޝަން އިން އިއުލާން ކުރުމުންވެސް އެކަމަށް ގޮންޖަހާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ނުތަނަވަސްކަން އުފައްދަން ޚުދު ރައީސުލް ޔާމީން ފަހަތުގައި ހުންނަވައިގެން ކުރަމުން މިދާ ކަންކަމަކީ އިންތިގާލީ މަރުހަލާ މުޅިން ޚަރާބުވެ، ސަރުކާރު ބަދަލު ކުރުމަށް ކުރަން ހުރި މުހިންމު އިދާރީ އެތައް ކަމެއް ކުރުމަށް އެތައް ދަތިތަކާ ކުރިމަތި ކުރުވި ކަންކަމެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ސަރުކާރުގެ ތެރޭންވެސް އަންނަން އޮތް ވެރިކަމަށް ދުއްތުރާތައް ކުރިމަތި ކުރުމަށް އެތައް ކަމެއް ކުރަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އައު ވަޒީފާތައް އުފެއްދުމާއި، އަލައް މީހުންނަށް ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމާއި، އައު ކޮންޓްރެކްޓް ތަކުގައި ސޮއި ކުރުމާއި، އައު މަޝްރޫއުތައް ފެށުމާއި، ލިޔެކިޔުންތައް ނައްތާލުމާއި، ބޮޑެތި އަދަދުތަކުގެ ޕޭމަންޓުތައް ހެދުން ފަދަ އެތައް އެތައް ކަމެއް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަމުގެ ވާހަކަތައް ވަނީ އާއްމުވެފައެވެ.

މިކަންކަމަކީ އައު ސަރުކާރަށް ނުހަނު ބޮޑު އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާނެ ކަންކަން ކަމުގައި ގަބޫލު ކުރެވޭއިރު، ބަލިވި ސަރުކާރަށް މިކަންކަން ކުރެވޭނެ މަގު ތަނަވަސްވެފައި އޮތުމަކީ ގާނޫނީ ދޯހަޅި ކަމެއްގެ ތެރެއިން ތަނަވަސް ވެފައި އޮންނަ ފުރުސަތަކަށް ވުމީ އެކަށީގެންވާ ކަމެކެވެ. މިއީ ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ ކަމެކެވެ. ވެރިކަމަށް އިންތިޚާބުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު، އިތުރަށް އެންމެ ދުވަހެއްވެސް އިންތިގާލީ މަރުހަލާގެ ގޮތުގައި އޮތުމަކީ ރަނގަޅު ކަމެއް ނޫންކަން ރައީސް ޔާމީން ސާބިތުކޮށް ދެއްވައިފިއެވެ. ތެދެކެވެ. ޑިމޮކްރަސީގެ ހަމަތަކަށް އަމިއްލަ ނަފްސުން ލޯބިކުރާ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާ ވެރިޔަކު ވެރިކަމުގައި ހުންނެވި ނަމަ، މިކަންކަން ގާނޫނުގެ ތެރެއިން ކުރެވޭނެ ހަނި ޖާގަ އެއް އޮތް ނަމަވެސް އެކަންކަން އެގޮތައް ނުކުރެއްވީސްކަން ކަށަވަރެވެ. އެކަމަކު މިއީވެސް އަނެއްކާވެސް އައު ތަޖުރިބާ އެއް ކުރެވުނު ފަހަރަކެވެ. މިފަހަރުގެ މި ތަޖުރިބާއިން މިދިމާވި މައްސަލަ ތަކުރާރު ނުވާނޭ ގޮތަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކަންކަން އިސްލާހު ކުރުމަކީ މުހިންމު ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު