Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑީގެ މައްސަ

މެމްބަރު ލަތީފްގެ ގޮނޑީގެ މައްސަލަ: ދާއިރާގެ އަޑު ނު އިއްވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ، މައްސަލަ އަވަހަށް ނިންމައި ދީ!

3 އޮކްޓޯބަރު 2018 | ބުދަ 18:46

ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އޮކްޓޯބަރު 2018 | ބުދަ 18:46
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގައި ދިއްދޫ ދާއިރާގެ އަޑު ކެނޑިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުތަކެއް ވެފައިވާތީ ވީހާ ވެސް އަވަހަކަށް މައްސަލައާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ސުޕްރީމް ކޯޓުގައި އާދޭސް ދަންނަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރުން ސުޕްރީމް ކޯޓަށް ވަކިވަކި ހުށަހަޅާފައިވާ މަސައްލަތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލް ކުރުމަށް ލަތީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމާ ގުޅިގެން މަޖިލީހުގައި އޭނާ އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން ވެސް ދީފައި ނުވާތީ، ދާއިރާގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި ކެނޑިފައިވާތީ، ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެެހެނަކަމުން މި މައްސަލައާ މެދު ވިހާ ވެސް އަވަހަކަށް ގޮތެއް ނިންމަވައި ދެއްވުމަށް ލަތީފް އެދިވަޑައި ގެންނެވިއެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން އެނިންމުން ނިންމާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެޕާޓީގެ ސްލޫކީ ކޮމެޓީން އެ 12 މެމްބަރުން ވަކި ކުރުމަށް ނިންމައި، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެ 12 މެމްބަރުންނަށް މަޖިލީހުގައި އެ ބޭފުޅުންގެ ގާނޫނީ ޒިއްމާ އަދާކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓީ ރައްޔިތުންގެ އިދާރާއިންނެވެ.

ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައި ވާކަން ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުންތައް ބާތިލު ކުރުމަށް އެ 12 މެމްބަރުން ވަނީ ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެމައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަންގާރަ ދުވަހު މެމްބަރު ލަތީފްގެ އަޑުއެހުން ފެށުމުގެ ގޮތުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރު އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިއީ އެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައި ވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބޭއްވި އަޑުއެހުމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކަތައް ބަލައިގަނެ، މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އިތުރު ކަމެއް ހުށަހަޅަން ބޭނުންވާ ނަމަ އެފުރުސަތު ދެއްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މައްސަލަ އަވަސްކޮށްދެއްވުމަށް ލަތީފް އެދިލެއްވީ ވާހަކަ ދައްކަން ދެއްވި ފުރުސަތުގަ އެވެ. އިތުރު ވާހަކައެއް ހުށަހެޅުއްވުމެއް ލަތީފްގެ ފަރާތުން ހުށަހަޅުއްވާފައެއް ނުވެއެވެ.

އެ އަޑުއެހުމަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލާ އަދި އެޓަރނީ ޖެނަރަލްގެ އޮފީހުގެ ވަކީލުން ވެސް އިތުރު ވާހަކައެއް އަދި ހުށަހެޅުމެއް ހުށަހަޅުއްވާފައެއް ނުވެއެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ލަތީފްގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލި ކަން އިއުލާން ކުރައްވާފައެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެއެވެ.

އާދިއްތަ ދުވަހު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

އަންގާރަ ދުވަހުގެ ހެންދުނު މެމްބަރު ލަތީފްގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު، މެންދުރު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވެއެވެ.

އެ މައްސަލަތައް މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް