Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ނަތީޖާ ގަބޫލު ކުރުމަށް ފަހު، ހަތް ދުވަސް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން މުޒާހަރާކޮށްފި

2 އޮކްޓޯބަރު 2018 | އަންގާރަ 02:19

މުޒާހަރާ ކުރީ މަދު ބަޔަކާ އެކު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 އޮކްޓޯބަރު 2018 | އަންގާރަ 02:19
ޕީޕީއެމުން ކުރި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމުން ކުރި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރިތާ، ހަތް ދުވަސް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ނުކުމެ، މުޒާހަރާކޮށްފިއެވެ.

ޕީޕީއެމުން ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާއަށް މީހުން ގެނެސްފައި ވަނީ އެޗްޑީސީގެ ވެހިކަލެއްގައެވެ. ހުޅުމާލެއިން ގެނައި މީހުންނާ އެކު އެ މުޒާހަރާ ފެށީ ހޯމަ ދުވަހުގެ ރޭ 9:15 ހާއިރުއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު އިސްވެ ހުންނަވައިގެން ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް އޭނާ އިސްތިއުފާއަށް ގޮވައި އެއްވި މީހުން އަޑު އުފުލާފައިވެއެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ އިސްވެ ހުންނަވައިގެން ފެށި އެ މުޒާހަރާގައި އަޑުއުފުލުންތައް ކުރިއަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޔާމީން އެތަނަށް ވަޑައިގެންނެވިއެވެ. އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދެއްކެވިއެވެ. އަދި އާންމުވެފައިވާ ޝަރީފުގެ އޯޑިއޯގެ ސައްހަކަން ބަޔާންކޮށް އެ ކޮމިޝަނުން ވާހަކަ ދައްކަންޖެހޭނެ ކަމަށް ބުނެ، ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވޯޓު އޮޅުވާލި ކަމަށް ބުނެ، އަތޮޅު ތެރެ އާއި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ އެއްވެފައި ތިބި މީހުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން އެގޮތަށް އިލްތިމާސް ކުރެއްވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު އެމަނިކުފާނު ވަނީ އިންތިހާބުގެ ނާކާމިޔާބީ އިއުލާން ކުރައްވާފައެވެ. އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސަރުކާރުގެ ބާރުތައް ދޫކުރުމަށް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ސަރުކާރު ބަދަލުކުރުމުގެ ފުރުސަތު ދިނުމަށާއި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުހިންގުމަށް އެ ދުވަހު އެމަނިކުފާނު ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރެއްވިތާ ހަތް ދުވަސް ފަހުން، ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމުން ދޭހަވަނީ ވެރިކަމުގެ ބާރުތައް އެމަނިކުފާނު ދޫނުކުރައްވާނެ ކަމަށެވެ.

މުޒާހަރާއަށް ރައީސް ޔާމީން ނުކުމެވަޑައިގެންފައި ވަނީ މުޒާހަރާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ސިޔާސީ ޕޯޑިއަމްތަކުގައި އެކި ފަހަރު މަތިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ވެރިރަށް މާލޭގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ތަސްދީގު ކުރެއްވީ ވެސް ރައީސް ޔާމީންނެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮށަށް އެއްވި މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައި ވަނީ އެސްއޯ ފުލުހުންނެވެ. އެސްއޯ ފުލުހުން އެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ މުޒާހަރާ ނިންމާލީ ހޯމަ ދުވަހުގެ ރޭ 11 ޖެހި ފަހުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް