Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާލުފާޅު ކުރުން

މާލޭގައި މުޒާހަރާ ކުރުން މަނާކޮށް، ހިޔާލުފާޅު ކުރުން ހުއްޓުވި ޕީޕީއެމުން މިރޭ މުޒާހަރާއަށް!

1 އޮކްޓޯބަރު 2018 | ހޯމަ 15:26

ޕީޕީއެމުން ނުކުންނަނީ އޮޅުވާލި ވޯޓުގެ ނަމުގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 އޮކްޓޯބަރު 2018 | ހޯމަ 15:26
ޕީޕީއެމް ރެލީއެއްގެ ތެރެއިން:

ޕީޕީއެމް ރެލީއެއްގެ ތެރެއިން:

މާލޭގައި މުޒާހަރާ ކުރުން މަނާކޮށް، ހިޔާލުފާޅު ކުރުމަށް ހުރަސް އެޅުމަށް ގާނޫނަށް އިސްލާހު ގެނައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން "އޮޅުވާލި ވޯޓަށް އިންސާފު ހޯދަން" ނަމުގައި މުޒާހަރާއަށް ނުކުތުމަށް ނިންމައިފިއެވެ.

މިރޭ 9.00 ގައި އެ ޕާޓީގެ އޮފީސް ހ. ހުރަފަ ކުރިމައްޗަށް މުޒާހަރާއަށް ނުކުތުމަށް އެ ޕާޓީގެ އިސްވެރިން ވަނީ ޕާޓީގެ އާއްމު މެންބަރުންނަށް ގޮވާލާފައެވެ. ސޯޝަލް މީޑިއާއާއި، މެންބަރުންނަށް ފޮނުވަމުންދާ މެސެޖުތަކުގައި ވަނީ އޮޅުވާލި ވޯޓަށް އިންސާފު ހޯދުމަށް އަޑުއުފުލުމަށް ނުކުތުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން އާއްމު މެންބަރުންނަށް ފޮނުވަމުންދާ މެސެޖުގައި ބުނެފައި ވަނީ އީސީން ވޯޓް އޮޅުވާލުމަށް ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުގެ ހަގީގަތް ހޯދުމަށް އެ ޕާޓީން ކުރާ މަސަައްކަތުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ވޯޓްގެ ނަތީޖާ ގަބޫލު ނުކުރަން އެކި އުޒުރުތައް ދެއްކުމަށް ޕީޕީއެމްގެ ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުތުމަށް މި ނިންމީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް އޭނާގެ ރަހުމަތްތެރިޔަކާ އެކު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ޕީޕީއެމްގެ އިސްވެރިން ސޯޝަލް މީޑިއާއަށް ލީކުކޮށްލައި، ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަދި މިއަދު ދެ ފަހަރެއްގެ މަތިން ޕީޕީއެމްގެ އެކި މަޖިލިސް މެންބަރުން ޕްރެސްއެއް ދެއްވައި އީސީގެ ވެރިންގެ މައްޗަށް އެކި ތުހުމަތުތައް ކުރެއްވި އެވެ. އެ އޯޑިއޯ އާންމުވީ ވެސް އެއަށް ފަހު އެވެ

ލީކުވެފައިވާ އޯޑިއޯގައި ޝަރީފް ވިދާޅު ވަނީ، މި ވަގުތުގައި ރައީސް ބޭނުންފުޅު ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ކޮންމެ މީހަކު ގުރުބާން ކޮށްގެން، ވިޔަސް މީތި "ދުއްވާލަން" ކަމަށެވެ. އަދި ފޯނުން ވާހަކަ ދައްކާ މީހާއަށް ޝަރީފް ނަސޭހަތްތެރިވަނީ އެއްވެސް ކަމަކަށް އެއްބަސް ކުރުވަން އުޅުނަސް އެކަން ނުކުރުމަށެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވެފައި ވަނީ، އެ އޯޑިއޯއަކީ އޭނާ މީހަކާ އެކު ވާހަކަ ދެއްކި ފޯން ކޯލްގެ ތަންތަންކޮޅު ނަގައިގެން ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ.

އެ އޯޑިއޯ އާންމު ވުމާ އެކު އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ކަމަށެވެ. އަދި ސްޓޭޓް އޮފް އެމެޖެންސީއެއް އިއުލާންކޮށް އީސީގެ މެންބަރުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް އެ މީހުން ހައްޔަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ދަނީ އަޑުފެތުރެމުން ނެވެ.

ސުލުހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް މާލޭގައި އެއްވުން މަނާކުރީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ހުށައެޅި އިސްލާހެއްގެ ދަށުންނެވެ. އެ އިސްލާހު ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އެވެ.

އޭނާ ހުށައެޅުއްވީ މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަހައްދުގައި އެކަނި ކަމަށެވެ. އަދި އެއްވާ ނަމަވެސް ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް