Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއާރުއެމް

ނިމުނު ރިޔާސީ އިންތިހާބު: މައުމޫނުގެ ހަގީގީ ސަޕޯޓަރުން ފެނިގެންދިޔަ އިންތިހާބެއް

މައުމޫނުގެ ސަޕޯޓަރުން އެކި ރަށްތަކުގައި ހަރަކާތްތެރިވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 14:05
ކުރީގެ ރައީސް މައުމޫނުގެ ސަޕޯޓަރުން މީޑިއާތަކަށް އިންޓަވިއުއެއް ދެނީ: މައުމޫނުގެ ސަޕޯޓަރުން ފެނިގެންދިޔަ

ކުރީގެ ރައީސް މައުމޫނުގެ ސަޕޯޓަރުން މީޑިއާތަކަށް އިންޓަވިއުއެއް ދެނީ: މައުމޫނުގެ ސަޕޯޓަރުން ފެނިގެންދިޔަ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެނައުމަށް ތާއީދު ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ކެމްޕެއިނުގައި ސީދާގޮތުން ހަރަކާތްތެރިވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައިނުގަތެވެ. އެމަނިކުފާނަށް އޮންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ.

މި ހާލަތުގައި ރައީސް މައުމޫނު މިނިވަންވުމުގެ ފުރުސަތެއް ވެސް އޮތީ އިބޫ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންކަން އެންމެނަށްވެސް އެނގެއެވެ. މި ހާލަތުގައި ހަގީގީ މައުމޫނުގެ ސަޕޯޓަރުން ފެނިގެންދިޔަ އެވެ. އިޚްލާސްތެރިކަމާއެކު އެމަނިކުފާނަށް ކުރިން ވެސް ތާއީދުކުރި މީހުން އެމަނިކުފާނު މިނިވަން ކުރުމަށް ކުރި މަސައްކަތް ވެސް ފެނިގެންދިޔަ އެވެ. އާރާއި ބާރު އޮތް ދުވަހު ރައީސް މައުމޫނަށް ތާއީދުކުރި ފަރާތްތަކާއި އެ ބާރު ނެތި، ނުހައްގުން ޖަލަށް ލެވުނު ވަގުތު އެމަނިކުފާނުގެ އަރިހުގައި ތިބި މީހުންވެސް ސާފުކޮށް ފެނިގެންދިޔަ އެވެ.

މައުމޫނަށް ތާއިދުކުރި ކެމްޕެއިން ޓީމް ރިޔާސީ އިންތިހާބުގައި ފެނިގެން ދިޔައީ މައުމޫން ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ނަމުގައި ހަރަކާތްތެރިވި ތަނެވެ. އެ ޓީމުގެ މެމްބަރުން މަދު ނަމަވެސް މައުމޫނުގެ ފޮޓޯ ހިފައިގެން ނިކުމެ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރި މަސައްކަތަކީ ތާރީހުގައި ލިޔެވޭނެ މަސައްކަތްތަކެވެ. މައުމޫނުގެ ފަރާތުން ކެމްޕެއިނުގައި އިސްކޮށް އުޅުނު މީހުނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ރަށްތަކަށް ގޮސް ކެމްޕެއިން ކޮށްފައިވެ އެވެ. މައުމޫނާއި އަދި އެ ނޫންވެސް ޖަލު ހުކުމުގައި ތިބި ބޭފުޅުންގެ ފޮޓޯ ބޭނުން ކޮށްގެން ކެމްޕެއިން ކުރުން ފުލުހުން މަނާ ކުރިއެވެ. ނަމަވެސް ދެން ވެސް އެމީހުންގެ މަސައްކަތް ހުއްޓައެއްނުލަ އެވެ.

އިންތިހާބީ ރައީސް އިބޫއަށް ތާއިދުކުރާ ރައީސް މައުމޫނުގެ ފެކްޝަނުން ބޭއްވި ކެމްޕެއިން އިވެންޓްގެ ތެރެއިން:-ފޮޓޯ ރާއްޖެއެމްވީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މައުމޫނަށް ތާއީދުކުރި މީހުނަށް މައުމޫނު ބޭނުންފުޅުވާ ގޮތް ބުނެދިނެވެ. އަދި މައުމޫނަށް ލިބެމުންދަނީ ބޭ އިންސާފުން އަނިޔާއެއް ކަމަށާއި އެކަމުން ސަލާމަތް ވެވޭނީ ރައީސް ޔާމިންގެ ވެރިކަން ބަދަލު ކުރެވިގެންކަން ވިސްނައިދޭން އެތައް ބައެއްގެ ގާތަށް އެމީހުން ދިޔަ އެވެ. ރަށް ރަށުގައި ތިބި މީހުނަށް މައުމޫނުގެ ހާލު ވިސްނައިދީ ރައީސް ޔާމިނަށް ކުރި ތާއީދު އަނބުރާވެސް ލެވުނެވެ. ރައީސް މައުމޫނަށް ޖެއްސި ހާލު އެނގުމުން ބައެއް މީހުން ރޮޔެވެ.

މައުމޫނުގެ ސަޕޯޓަރުން ކުރި މަސައްކަތުން މައުމޫނު މިނިވަން ކުރުމަށް ކުރި މަސައްކަތުގައި އަދި މައުމޫނަށް އަނިޔާ ލިބެމުންދިޔަ ވަގުތު އެކަމާ ދެކޮޅަށް ނިކުންނާނެ ކަމަށް ބައެއް މީހުނަށް ހީވި މީހުން ނުފެނުނެވެ.

ރައީސް މައުމޫނުގެ ފެކްޝަނުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ނާދިރާ ވާހަކަ ދައްްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ރައީސް މައުމޫނުގެ ދަރިކަލުން ގައްސާން މައުމޫނާއި އަދި އެމަނިކުފާނުގެ އާއިލީ އެހެން ބޭފުޅުން ވެސް ތިބީ ކަމެއް ވާހެން ހީވެސްނުވާ ކަމަށް ހަދައިގެންނެވެ. ނަމަވެސް ރައީސް މައުމޫނު ޒަމާނުގެ ވަޒީރުންގެ ތެރެއިން އުޅުއްވި ބައެއް ބޭފުޅުން އެމަނިކުފާނާއެކު ތިބިތަން ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި އުމަރު ޒާހިރާއި އަނީސާ އަހްމަދާއި އާތިފާ ޝުކޫރާއި އަބްދުﷲ ކަމާލުއްދީން ފަދަ ބޭފުޅުން ފެނިގެންދިޔަ އެވެ.

މި ހުރިހާ ކަމަކާއެކު މި އިންތިހާބުވީ ރައީސް މައުމޫނުގެ ހަގީގީ ތާއިދުކުރި މީހުންނާއި އަރާބާރުގެ ބޭނުމުގައި ތާއިދު ކުރި މީހުން ފާޅުވި އިންތިހާބަކަށް ކަމަށް ބުނެވިދާނެ އެވެ. މަދު ބައެއްްގެ މަސައްކަތުން ރައީސް މައުމޫނުގެ ސަޕޯޓަރުންނަށް ހިތްވަރުލިބުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

19 ޖޫން 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު