Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ފާރިސްގެ އިސްތިއުނާފު މައްސަލަ މި ހަފްތާގައި ނިންމަނީ، ދިފާއުގައި 27 ކަމެއް ފާހަގަކޮށްފައިވޭ!

30 ސެޕްޓެމްބަރު 2018 | އާދީއްތަ 08:03

މައްސަލަ ހުށަހެޅި އަބްދުއްރަހީމް، އޭނާއަކީ ހައިސިއްޔަތު އޮތް ބޭފުޅެއް ނޫން: ފާރިސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 08:03
ފާރިސް ޕީޕީއެމް ދިދައާއި ލޯގޯ ބޭނުންކުރިކަމަށް ބުނާ އިވެންޓް

ފާރިސް ޕީޕީއެމް ދިދައާއި ލޯގޯ ބޭނުންކުރިކަމަށް ބުނާ އިވެންޓް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޝަހުސު އޮޅުވާލުމުގެ ކުށުގެ ހުކުމާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ މިހަފްތާގައި ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސްގެ މައްޗަށް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން ހައިކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިތާ ދުވަސްތަކެއް ވެފައިވާތީ މިމައްސަލަ މިހަފްތާއި ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ފައިސަލްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު ހަސަން އަލީ އެވެ.

މިއަހަރުގެ ޖުލައިމަހު އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވިއިރު، ފާރިސްގެ ގާނޫނީ ވަކީލުން ދިފާއުގައި 27 ނުކުތާއެއް ފާހަގަ ކުރައްވާފަ އެވެ.

ނަމަވެސް އާދިއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ ހުރިހާ ނުކުތާއެއް އިއްވުމުގެ ކުރިން އެ ޝަރީއަތުގެ އަޑުއެހުމަށް ކަނޑައެޅާފައިވާ އެއް ގަޑިއިރުގެ ވަގުތު ހަމަވުމާއެކު، ފަނޑިޔާރު ފައިސަލް ވިދާޅުވީ އެ އަޑުއެހުން ނިންމާލައްވާ ކަމަށާއި އަދި އިތުރު އަޑުއެހުމެއް ބެއްވޭނެ ކަމަށެވެ. ދެން އަޑުއެހުމެއް ބޭއްވޭނެ ދުވަހެއް އަންގަވާނެ ކަމަށްވެސް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި 27 ނުކުތާގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ނެތް ކަމަށާއި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުން ކުރައްވައިގެން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް މެމްބަރުން ނޫން މެމްބަރުން ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ދިދައާއި ލޯގޯ ފާރިސް ބޭނުންކުރިކަމަށް ބުނާ މައްސަލަ ހުށަހަޅާފައިވަނީ ވެސް ހައިސިއްޔަތު ލިބިގެންވާ ބޭފުޅެއް ނޫން ކަމަށްވެސް ފާރިސްގެ ދިފާއުގައި ހުށަހަޅުއްވާފައިވާ ނުކުތާތަކުގައި ވެއެވެ. އެމައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް އަބްދުﷲ އެވެ. ފާރިސް ވިދާޅުވަނީ ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް ވަކިކުރައްވާފައިވަނިކޮށް، އެފަދަ މައްސަލައެއް އޭނާއަށް ހުށަހެޅުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުން އެ ޝަރީއަތް ހިންގިއިރު، ދިފާއީ ބައެއް ހެކީން ހާޒިރުކޮށްފައި ނުވާކަމަށާއި، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި އޮޅުވާލުންތަކާއި ދޮގު މައުލޫމާތު ހުރި ކަމަށް ދިފާއީ ނުކުތާތަކުގައި ފާހަގަކޮށްފައި ވެއެވެ. އަދި ހެކިބަސް ނަގާފައިވަނީ ސިއްރުން ކަމަށާއި ބައެއް ކިތާބީ ހެކިތައްވެސް ސިއްރުކޮށްފައިވާތީ އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ލިބިފައި ނުވާކަމަށްވެސް ފާރިސްގެ ދިފާއީ ނުކުތާތަކުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ޝަހުސު އޮޅުވާލި ކަމަށްބުނާ މައްސަލައިގައި ދިފާއުގައި ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށްފައި ނުވާކަމަށާއި، އެހުކުމަކީ ކުރިން ލިޔެވިފައިވާ ހުކުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ފާރިސްގެ ދިފާއުގައި ހައިކޯޓަށް ހުށަހެޅުއްވި 27 ނުކުތާގައި ފާހަގަ ކުރައްވާފައި ވެއެވެ.

ފާރިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ.

ފާރިސްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ސިއްރު ތިން ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ ހަ މީހެއްގެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް