Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އާދިއްތަ ދުވަހު ދާއިމީ ނަތީޖާ އިއުލާން ކުރާނަން، އަދި ހުރިހާ ވޯޓު ފޮށިތަކެއް ކޮމިޝަނަށް ނުލިބޭ: އިލެކްޝަންސް

26 ސެޕްޓެމްބަރު 2018 | ބުދަ 11:43

ހުރިހާ ނަތީޖާ ޝީޓްތައް އަދި ކޮމިޝަނަކަށް ނުލިބޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ސެޕްޓެމްބަރު 2018 | ބުދަ 11:43
ކޮމިޝަނުގެ މެމްބަރުން

ކޮމިޝަނުގެ މެމްބަރުން

އަންނަ އާދިއްތަ ދުވަހު ނުވަތަ އޭގެ ކުރިން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ގާނޫނު ބުނާގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށްވާތީ، އާދިއްތަ ދުވަހު ނުވަތަ އޭގެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ތަންތާނގައި ބަހައްޓާފައިވާ ބައެއް ވޯޓު ފޮށިތައް އެކޮމިޝަނަށް އަދި ނުލިބޭ ކަމަށާއި ދާއިމީ ނަތީޖާ ލަސްވަނީ އެސަބަބާހުރެ ކަމަށެވެ.

"ދާއިމީ ނަތީޖާ އިއުލާނު ކުރަނީ ވޯޓު ފޮއްޓާއެއާއެކު އަންނަ، އެ މަރުކަޒެއްގެ ވޯޓުގެ ނަތީޖާ ޝީޓްގެ އޮރިޖިނަލް ޝީޓް ލިބުމުން. އަދި ހުރިހާ ވޯޓު ފޮށިތަކެއް ކޮމިޝަނަކަށް ނުލިބޭ،" އަކްރަމް ވިދާޅުވި އެވެ.

ވޯޓުލީ ދުވަހާ ހަމައަށް ހުށަހެޅުނު ޝަކުވާތަކުގެ އިތުރުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައިވޭތޯ އެހުމުން އަކްރަމް ވިދާޅުވީ ވޯޓުލީ ދުވަހާ ހަމައަށް ހުށަހެޅިފައިވާ 78 ޝަކުވާގެ އިތުރުން، އިތުރު ޝަކުވާއެއް ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވާކަން އެނގިނުވާ ކަމަށާއި، އިތުރު ޝާކުވާއެއް ހުށަހެޅިފައިވޭތޯ ޖެހޭނީ ބަލާލަން ކަމަށް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާތައް ވޯޓުލި މަރުކަޒުތަކުން އިއުލާން ކުރުމާއެކު އާދިއްތަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

އަދި އެކޮމިޝަނުން ވަނީ ވަގުތީ ނަތީޖާވެސް އިއުލާން ކޮށްފަ އެވެ. ނަތީޖާ ދައްކާ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނަށް 134616 ވޯޓު ލިބިލައްވާފައިވާއިރު އެއީ 58.5 ޕަސެންޓެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ލިބިލައްވާފައިވަނީ 96132 ވޯޓެވެ. އެއީ 41.5 ޕަސެންޓެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް