Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި

ސަލާމަތީ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް އެދިވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2018 | ހުކުރު 14:44
ކުރީގެ ސީޕީ އަހުމަދު އަރީފު:

ކުރީގެ ސީޕީ އަހުމަދު އަރީފު:

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުން، ތަންފީޒު ކުރުމުގައި ފުލުހުން ފަސް ނުޖެހުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އިލްތިމާސް ކުރައްވައިފިއެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި އެއްވެސް ހަމަނުޖެހުމަކަށް ފުލުހުން ޖާގަ ނުދިނުމަށާއި ވޯޓުލުން ހުއްޓުމެއް ނެތި ކުރިއަށް ގޮސް، އޮމާންކަމާއެކު ނިންމާލެވި، ނަތީޖާ އިޢުލާނު ކުރެވުމާ ހަމައަށް ސަލާމަތީކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ކަން ހިނގަމުންދިޔަ ގޮތް އެނގި، ފެންނާނީ ވެސް ފުލުހުންނަށްކަން ފާހަގަ ކުރައްވައި އަރީފު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއަކީ ފުލުހުންގެ ވާޖިބު އަދާ ކުރެވޭނޭ މާޙައުލެއް އުފެއްދުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޭއްވޭ ދުވަހު ފުލުހުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށާއި، އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށާއި، ވޯޓުލުން ހުއްޓުމެއްނެތި ކުރިއަށް ގޮސް، އޮމާންކަމާއެކު ނިންމާލެވި، ނަތީޖާ އިޢުލާނު ކުރެވުމާ ހަމައަށް ސަލާމަތީކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހެދުމަށް އިލްތިމާސްކުރަމެވެ. އަދި ހަމަ އެއާއެކު، އެ ދުވަހު ރައްޔިތުން ނިންމާ ނިންމުން، ތަންފީޛުކުރުމުގައި ފަސްނުޖެހުމަށް ވެސް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރަމެވެ," އަރީފު ނެރުއްވި ބަޔާނުގައިވެއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މައްޗަށް ކުރާ ޣައިރު ޤާނޫނީ އަމުރުތަކާއި ފުލުހުންނަށް ދައްކާ ވަޒީފާގެ ބިރަށް ނިމުން ގެނެސް ފުލުހުންގެ މުއައްސަސާއަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތް ކުރާ މުއައްސަސާއަކަށް ވާންޖެހެއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އުޅުމުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާތީ، އަރީފު ވިދާޅުވީ އެ އަމުރު ތަންފީޒު ކުރަން ނިންމީ ފުލުހުންގެ އިސްވެރިންނާ މަޝްވަރާ ކުރުމަށްފަހު، އެ ބޭފުޅުންގެ ތާއީދާއެކުގައިކަމަށެވެ.

"އަޅުގަނޑުގެ ޤާނޫނީ ވާޖިބު އަދާކުރުމަކީ ކުށަކަށް ހައްދަވައި، މަޤާމުން ވަކިކޮށް އަޅުގަނޑުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައި މިވަނީ އެއްވެސް ޤާނޫނީ ޙުއްޖަތެއްނެތި، ކަނޑައެޅިގެން ނުޙައްޤުންނެވެ. އަޅުގަނޑުގެ އިތުރުން، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، އެސްއޯ. ފުލުހުންގެ މައްޗަށް އުފުލި ދަޢުވާއަކީ ވެސް އެއްވެސް އަސާސެއްނެތި އުފުލާފައިވާ ދަޢުވާއެކެވެ،" ކުރީގެ ސީޕީ ނެރުއްވި ބަޔާނުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު