ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:13
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިޙާބު 2018
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރްއައި އަންނަ ހަފްތާގައި ހެއްދޭނެ
މޯގްރާމް، ސީޓީ-ސްކޭން އަދި އެމްއާރްއައި ހެއްދޭނެ
އަންނަ ހަފްތާގައި ހިދުމަތް ދެވޭނެ

ހުޅުމާލޭ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް އަންނަ ހަފްތާގައި ހުޅުވާ، އެމްއާރްއާއި ހެއްދިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ބައްލަވާލައްވާފައެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ، މެޝިން އިންސްޓޯލު ކުރެވިފައިވާ އިރު އަންނަ ހަފްތާގައި ހިދުމަތް ދެވޭނެ ކަމަށެވެ.

"މީ އަޅުގަނޑު ދެކޭ ގޮތުގައި ހުޅުމާލޭގައި އާބާދުވަމުންދާ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. މާލެއަށްނުގޮސް އެމްއާރްއައިގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލަކުން ތަނަވަސްވެގެން ދިއުން." މިނިސްޓަރ ވިދާލުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗްގެ އެމްއާރްއައިގެ ދިގު ކިއުއަށްވެސް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަޒީމް ވިދާޅުވީ ހޮނިހިރު ދުވަހު 04:00 ގައި އެންމެ ފުރަތަމަ އެމްއާރްއާއި ހެއްދޭނެ ކަމަށެވެ. އަދި އޮކްޓޫބަރު މަހުގައި މެމޯގްރާމްއާއި އޭގެ އަނެއް މަހު ސީޓީ ސްކޭން ހެދިގެންދާނެ ކަމަށެވެ. މި ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ތަމްރީނުތަކެއް މުވައްޒަފުން ހަދާފައިވާކަމަށާއި ޓާޝަރީ ހޮސްޕިޓަލެއްގެ އަމަލީ ސިފަތައް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފެނިގެންދާނެކަމަށެވެ. ހުޅުމާލޭގައި ބެހެއްޓިފައި ހުރި އެމްއާރްއައި މެޝިނަކީ އަވައްޓެރި ގައުމުތަކާވެސް ވާދަކުރެވޭ ވަރުގެ ފެންވަރު ރަނގަޅު މެޝިނެއް ކަމަށެވެ.

"މިވަގުތު ރާއްޖޭގައި ހުރި އެންމެ އެޑްވާންސް އެއް މެޝިން ހުޅުމާލޭ ހޮސްޕިޓަލުގައި ބެހެއްޓިފައިވަނީ. ފުލްޓައިމް ޑޮކްޓަރުން ވެސް ވަނީ ތަމްރީނު ކުރެވިފައި." އަޒީމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކަށް އާސަންދަ ލިބިގެންދާނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރުވެސް ކެންސަރު ބަލީގެ ޑައިގްނޯސިސް އަދި ފަރުވާ ކުރެވޭ އިރު އޮންކޮލޮޖީ ސެންޓަރެއްވެސް މިހާރު ވަނީ ގާއިމް ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް