Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސަލްމާން ގެ ފިލްމް ލަވް ރާތުރީގެ ނަން ލަވް ޔާތުރީ އަށް ބަދަލުކޮށްފި

ފިލްމުގެ ނަން ބަދަލު ކޮށްފައިވާކަން ފިލްމްގެ އާ ޕޯސްޓަރަކާއި އެކު ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ސެޕްޓެމްބަރު 2018 | ބުދަ 11:55
އާޔޫޝް ށަރްމާ، ސަލްމާން ޚާން އަދި ވަރީނާ ހުސައިން

އާޔޫޝް ށަރްމާ، ސަލްމާން ޚާން އަދި ވަރީނާ ހުސައިން

ސުޕަރ ސްޓާރ ސަލްމާން ޚާން އޭނާގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ތަޢާރަފް ކުރާ ފިލްމް "ލަވް ރާތުރީ" ގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސަލްމާން ވަނީ އޭނާ ފިލްމުގެ ނަން ބަދަލު ކޮށްފައިވާކަން ފިލްމްގެ އާ ޕޯސްޓަރަކާއި އެކު ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ.

ނަމަވެސް އެ ފިލްމްގެ ނަން ބަދަލު ކުރި ސަބަބެއް ސަލްމާން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 52 އަހަރުގެ ސަލްމާން ޝެއަރ ކޮށްފައިވާ ޕޯސްޓަރުގެ ކެޕްޝަންގައި ވަނީ " މިއީ ސްޕެލިން މިސްޓޭކެއް ނޫން... ލަވް ޔާތުރީ" މިހެންނެވެ.

ވިޝްވާ ހިންދޫ ޕަރިޝާދުންވަނީ ފިލްމަށް ދީފައިވާ ނަމާމެދު ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. އެމީހުން ފިލްމާމެދު ނުރުހުންފާޅުކުރީ އެ ފިލްމުގެ ނަން ހިންދޫންގެ އެ ފެސްޓިވަލްގެ މާނަ އޮޅުވާލާފައިވާކަމަށެވެ. އޭގެ ފަހުން ވިޝްވާ ހިންދޫ ޕަރިޝާދުންވަނީ ފިލްމާ ދެކޮޅަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ޕީޓީއައި ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިހާރުގެ ކޯޓަކުންވަނީ އެ ފިލްމުގެ ނަމާއި ހިމަނާފައިވާ މައުލޫމާތުގެ ސަބަބުން ހިންދޫންނަށް ކުރި އަސަރުގެ ސަބަބުން ސަލްމާން ޚާންއާއި ފިލްމުގެ ކާސްޓުންގެ މައްޗަށް ފަސްޓް އިންފޮމޭޝަން ރިޕޯޓްގެ ގޮތުގައި މައްސަލަ ހުށަހެޅުމަށް އަންގާފައެވެ.

"ބައެއް މީހުން، އަހަރެންނަކަށް ނޭންގެ އެއީ ކޮންބައެއް ކަމެއް،މި ފިލްމުގެ ޓައިޓްލާ އާއި މެދު ކޮންމެވެސް މަސައްލަތަކެއް އެބަ އުޅޭ. މިއީ ވަރަށް ރީތި ޓައިޓްލް އެއް. ލޯތްބައްވުރެ ރީތި އެއްޗެއް ނޯންނާނެ. އެހެންވީމާ އެއަށް ކިޔަނީ ލަވްރާތްރީ. އެއީ އެއްވެސް ސަގާފަތަށް އިހުތިރާމް ކުޑަކުރުމެއް ނޫން" ސަލްމާން ކުރިން ދިން އިންޓަވިއު އެއްގައި ވަނީ ބުނެފައެވެ.
"އަހަރުމެން ފިލްމް ހަދަނީ ބެކްޑްރޮޕަށް ނަވްރާތްރީ ލާފައި. އަހަރުމެން މި ފިލްމް ހަދަނީ އެ ފެ ފެސްޓިވަލް ގައި މިއުޒިކާއި ކުލައާއި މަޖާކުރުމާއި ލޯބި ހިމެނޭ ގޮތަށް. އަހަރުމެން އެކަހަލަ ޕަބްލިސިޓީއެއް ބޭނުމެއް ނޫން. ފިލްމް ރިލީޒް ކުރުމުން އެމީހުންނަށް އެނގިގެންދާނެ އެކަހަލަ ކަމެއް ނެތްކަން" ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާންގެ މި ޕޯސްޓް ވަނީ އޭނާގެ ފިރިހެން ކޮއްކޮ ސުހައިލް ޚާން އާއި ސަލްމާންގެ އަންހެން ކޮއްކޮ އަދި އާޔުޝްގެ އަންހެނުން އަރްޕިތާވެސް ޝެއަރ ކޮށްފައެވެ. މިފިލްމުގައި ރާމް ކަޕޫރާއި ރޮނިތު ރޯއީވެސް މުހިއްމު ރޯލަކުން ފެނިގެން ދާނެއެވެ.

މި ފިލްމަކީ އާޔުޝް ޝަރްމާގެ އިތުރުން ވަރީނާ ހުސައިންގެ ވެސް ފުރަތަމަ ބޮލީވުޑް ފިލްމެވެ. މި ފިލްމުގެ ޝޫޓް ކޮށްފައިވަނީ ގުޖަރާތު އަދި ލަންޑަން ގައެވެ.

ސަލްމާން ގެ މަންމަ ސަލްމާ ޚާން ޕްރޮޑިއުސްކޮށް ބީރާޖް މިނަވާލާ ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މހުގެ 5 ގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު