Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސުޕްރީމް ކޯޓު

ކެވަނައުގެ މައްޗަށް ތުހުމަތުކުރި މީހާއަށް މަރުގެ އިންޒާރު

19 ސެޕްޓެމްބަރު 2018 | ބުދަ 06:19

ބްލޭސީ ތުހުމަތުކުރަނީ 1982ގައި ހިނގިކަމެއްކަމަށްބުނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 ސެޕްޓެމްބަރު 2018 | ބުދަ 06:19
ބްލޭސީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންދާކަމަށް އޭނާ ބުނޭ

ބްލޭސީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންދާކަމަށް އޭނާ ބުނޭ

އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރި އަންހެން މީހާއަށް މަރުގެ އިންޒާރު ދީފިކަމަށް އަންހެން މީހާގެ ވަކީލު ވިދާޅުވެއްޖެއެވެ.

ކްރިސްޓީން ބްލޭސީ ފޯޑްސް ވަނީ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ބްރެޓް ކެވަނޯ އޭނާ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުކޮށްފައެވެ.

ބްލޭސީގެ ވަކީލް ވަނީ އެ މައްސަލައިގައި ސެނޭޓަށް ހެކިބަސް ދިނުމަށް އަންނަ ހަފްތާގައި އެތަނަށް ހާޒިރުވާން އޭނާގެ މުވައްކިލު އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ބްލޭސީގެ ވަކީލް ލީސާ ބޭންކްސް ސީއެންއެންގައި ވިދާޅުވީ ބްލޭސީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންދާކަމަށެވެ.

ވަކީލް ވިދާޅުވީ ސެނޭޓަށް ހެކިބަސްދިނުމުގެ ކުރިން ބްލޭސީ ބޭނުންވަނީ ކެވަނައުގެ މައްސަލަ އެފްބީއައިއިން ތަހުގީގުކުރުމަށްކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތު އެޅިފައިވާ ކެވަނައު އެ ތުހުމަތު ދޮގުކުރައްވާއިރު އެ މަނިކުފާނު ވައިޓް ހައުސްއަށް ދެވަނަ ފަހަރަށް ވަޑައިގެންފައި ވެއެވެ.

ކެލިފޯނިއާގައި ސައިކޮލޮޖީ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ކްރިސްޓީން ބްލޭސީ ތުހުމަތުކުރަނީ 1982 ވަނަ އަހަރު ވޮޝިންގޓަންގައި ކެވަނައު އާއި އޭނާއާއި ދެމީހުންގެ ފުރާވަރުގެ އުމުރުގައި އުޅުނުއިރު ކެވަނައު މަސްތުގެ ހާލުގައި ހުރެ އޭނާގެ ހެދުން ބާލުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބްލޭސީ ބުނެފައި ވަނީ އެނދުމައްޗަށް އޭނާ ވައްޓާލުމަށްފަހު ހަޅޭއްލަވަން އުޅުމުން ކެވަނައު އޭނާގެ އަނގަމަތީގައި އަތްއަޅާފައިވާކަމަށެވެ.

އުމުރުފުޅުން 53 އަހަރުފުޅުގެ ކެވަނައު ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއްކަމަށް ވިދާޅުވެފައެވެ.

ބްރެޓް ކެވަނޯ އަކީ ގިނަ މައްސަލަ ތަކެއްގައި ކޮންޒަވޭޓިވް ވިސްނުމަށް ބުރަވެ ވަޑައިގެންފައިވާތީ ދެބަސްވެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް