ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 16:51
ވޯޓުކަރުދާސް ފޮނުވަނީ
ވޯޓުކަރުދާސް ފޮނުވަނީ
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި
20 ވަނަ ދުވަހުން ފެށިގެން ވޯޓުލާ މަރުކަޒުތަކަށް ފޮނުވާނެ
ހޯމަދުވަހުގެ ރެއިން ފެށިގެން ތަކެތި ދަނީ ފޮނުވަމުން

ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު ކަރުދާސްތަކާއި އިންތިހާބުގައި ބޭނުން ކުރާ ސާމާނު ހިމެނޭ ގޮތަށް ބްލެކް ބޮސްތައް އަތޮޅުތަކަށް ފޮނުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ވޯޓު ކަރުދާސްތަކާއި އިންތިހާބުގައި ބޭނުން ކުރާ ސާމާނު ފޯރުކޮށްދެވޭނެއެވެ.

އިންތިހާބުގެ މަރުކަޒުގައި ވޯޓުލުމަށް ބޭނުން ކުރާ ހުރިހާ ސާމާނެއް މިހާރު ބެހެއްޓޭނީ އަތޮޅު ކައުންސިލްތަކުގައި ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަކި ވަކި ރަށްރަށާއި ވޯޓުލާ މަރުކަޒުތަކަށް އަތޮޅުތަކުގައި ބެހެއްޓިފައިވާ ބްލެކް ބޮކްސްތައް ޑިސްޓްރިބިއުޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓު ކަރުދާސްތައް ގެންދާއިރު ފުލުހެއްގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ އޮފިޝަލެއް ކޮންމެ އަތޮޅަކަށް ވެސް ދާނެއެވެ. އަދި މިހާތަނަށް ބޭރުގެ އެއްވެސް ގައުމަކަށް ވޯޓު ކަރުދާސް ގެންގޮސްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުކަރުދާސް ޕްރިންޓްކުރެވި ރާއްޖޭގެ އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ވޯޓުކަރުދާހުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންތިހާބުގައި 262135 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންދާއިރު 472 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް