Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ފުރަތަމަ ޤާނޫނު އަސާސީ

‏ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ރައްޔިތުން‏‎ ‎‏ނަފްރަތު ކުރުން

ރ‏ައްޔިތުންގެ ޙައްޤުތައް ވެސް އެބައިމީހުންގެ އަތުން ވީދާލައި އެއަށް ފައިން އެރި

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 15:52
2008ގައި އަނެއްކާވެސް ޒަމާނީ ޤާނޫނު ‏އަސާސީއެއް ލިބިގެން ދިޔައެވެ‏

2008ގައި އަނެއްކާވެސް ޒަމާނީ ޤާނޫނު ‏އަސާސީއެއް ލިބިގެން ދިޔައެވެ‏

(15 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ގައި ރައްޔިތުންގެ ޙައްޤުތަކަށް ބޮޑު އަހްމިއްޔަތެއް ދީފައިވީ ނަމަވެސް މި ޤާނޫނު އަސާސީ އުފަން ކުރެވުނީ މަޖުބޫރީ ޙާލަތެއްގައި ކަމަށް ޤަބޫލުކުރެވޭ ފަދަ ޢިބާރާތްތަކުން ބައެއް ބޭފުޅުން ލިޔުއްވާފައި ވެއެވެ. އޭގެތެރޭގައި މުޙައްމަދު އަމީން ދީދީ (1370ހ.) އާއި، ރައްޔިތުންގެ މަޖިލީހުން 1981ގައި ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް" ގެ ލިޔުމުންނާއި، ނަސީމާ މުޙައްމަދު (2013) އާއި، އެހެނިހެން ބައެއް ބޭފުޅުންގެ ލިޔުއްވުންތަކުން ދޭހަވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެ ދުވަސްވަރުގެ ޙާލަތަކީ ދެ ޢާއިލާއެއްގެ ދެމެދުގައި ވެރިކަމުގެ ބާރުތައް ލިބިގަތުމާއި، އެއްބަޔަކު އަނެއްބަޔަކަށް ބާރުތައް ލިބުނަ ނުދިނުމަށް ކުރެވުނު ޙީލަތްތެރި މަސައްކަތްތަކުގެ ނަތީޖާ ވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ރައްޔިތުންގެ ޙައްޤުތަކަށް ގިނަގުނަ، ބޮޑު އަހްމިއްޔަތެއް ދެވިފައިވީ ނަމަވެސް މި ޤާނޫނު އަސާސީ އަށް ރައްޔިތުން ނަފްރަތުކޮށް ވީދާލައި އުވާލަން ޖެހުނީ ރާއްޖޭގެ ވެރިކަމުގެ ދާއިރަގައި އިސްކޮށް ތިއްބެވި ބޭފުޅުންގެތެރެއިން އެއްބައަކު އަނެއްބައެއްގެ ބާރުގެ މައްޗަށް އަތްގަދަކުރުމަށް ކުރެވުނު މަސައްކަތުގައި ސިއްރު ރޭވުންތަކެއް އޮތުމާ އެކު، ޤަނޫނު އަސާސީ އުފަން ކުރެވުނީ ވެސް މަޖުބޫރީ ޙަލަތެއްގައެވެ. އަދި އިނގިރޭސީންގެ ނުފޫޒު ވެސް މިކަމުގައި ކުރިމަތި ކުރެވުނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އެހެނިހެން ބައެއް ގޮތްގޮތުން ދަތިތައް ކުރިމަތިވެ، "އަނދާ މަޅިއަށް ފަންއެޅުމޭ" ބުނާހެން ރައްޔިތުންގެ ރުޅިވެރިކަމަށް ރުޅިގަދަވާނޭ ހާ ކަންކަން ކުރެވެމުން ގޮސްފައިވެއެވެ. މިގޮތުން ތިރީހަކަށް އަހަރުވަންދެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒާއި، ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ އާއި، އަލަށް އުފެދުނު ވުޒާރާތަކުގެ މެމްބަރުންގެ ތަޖްރިބާ ނެތުމާއި، އެބައިމީހުންގެ މެދުގައި އެއްބާރުލެއްވުމުގެ ކުޑަކަމާއި، ފާސްކުރައްވަމުން ގެންދެވި ޤާނޫނުތަކަށް ރައްޔިތުންނަށް ޢަމަލުކުރަން އުނދަގޫވުން ހިމެނެއެވެ.

ރާއްޖޭގެ ވެރިކަމުގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް 1932 ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގައި ރައްޔިތުންނަށް ގިނަގުނަ ޙައްޤުތަކެއް ދެވިފައި އޮތެވެ. ނަމަވެސް މި ޤާނޫނު އަސާސީ ދެމި އޮތީ އަށެއް ނުވަތަ ނުވަ މަހެއް ހާ ދުވަހުއެވެ. މިހާ އަވަހަށް މި ޤާނޫނު އަސާސީއަށް ނިމުން އައީ އެޤާނޫނު އަސާސީ އެކުލަވައިލައި އޭގެ ދަށުން ރައޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ އިޚްލާޞްތެރިކަން ނެތުމުންނެވެ. "ނުޖަހައި އަތްދިއްޔޯ ކިއުއްވާ" ބީދައަށް އިސްކޮށް ބަސްވިދާޅުވާން ތިއްބެވި ބޭފުޅުންގެ ޢަމަލުތައް ހުރުމުންނެވެ. މި ޤަނޫނު އަސާސީ އުވައިލެވުނީ ރައްޔިތުން އެއާ މެދު ހިތްހަމަ ނުޖެހިގެން ކަމުގައި ބައެއް ލިޔުންތަކުގައި ލިޔެވިފައި ހުރެއެވެ. ނަމަވެސް އެ ހިތްހަމަ ނުޖެހުން ކުރިމަތިވި ސަބަބުތައް ޞަރީހަކޮށް، އެއީ ބަޔަކު އަޑިގައި ތިބެގެން ކުރިވި ކަމެއްކަމުގައި މަދު ލިޔުމަކުން ނޫނީ ނުފެނެއެވެ.

އެވަގުތު ވެރިކަމުގެ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް، ޙަސަން ޢިއްޒުއްދީނަށް ރަސްކަން ލިބިވަޑައިގަތުމީ، އެބޭފުޅުންގެ ހިތްޕުޅަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ. ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް ރައްޔިތުންނަށް ބުރަކަމަކަށް ވިއެވެ. ސަރުކާރުގެ ތެރޭގައި ތިއްބެވި ވަޒީރުންނާއި، އިސްބޭފުޅުންގެ ކޯޅުމާއި، ތަޖުރިބާ މަދުކަމުގެ ނުރަނގަޅު އަސަރުވެސް ރައްޔިތުންނަށް ކުރަމުން ދިޔައެވެ. މިހެންވުމުން "އަޙްކާމު ޢާއްމާ" (ރައްޔިތުންގެ ޙައްޤު) ގެ ނަމުން މަޝްހޫރުވި މާއްދާ އެކުލަވައިލައި ތައްޔާރު ކުރެވުނު ޤާނޫނު އަސާސީ ގެ ސަބަބުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި އެކަމަށް ރައްޔިތުން ރުޅިއައިސްފައި ވަނިކޮށް ގުޅެކުޅޭ ފަސްގަނޑަށް މި ރޭވުމުގެ އަޑީގައި ތިބި ބަޔަކު ރައްޔިތުން އެއްކުރަން ފެށިއެވެ. އަދި ޤާނޫނު އަސާސީ އެކުލަވާ ލައްވައި ވެރިކަމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ހޯދުމަށް އެބައިމީހުން އެދެމުން ދިޔައެވެ. އަދި އެކަމުގެ ތެރެއިން ޤާނޫނު އަސާސީ ހޯދައި އެ ވީދާލައި، ފައިން އަރައި، ރައްޔިތުންގެ ޙައްޤު އެކުލެވޭ ގޮތަށް އެކުލަވާލި ފުރަތަމަ ޤާނޫނީ އަސާސީ އާއި، ރައްޔިތުންގެ ޙައްޤުތައް ވެސް އެބައިމީހުންގެ އަތުން ވީދާލައި އެއަށް ފައިން އަރުމުން، އެޤާނޫނު އަސާސީ އާއި، ޙައްޤުތަކަށް ނިމުމެއް ގެނައެވެ.

މިއީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ ފުރަތަމަ މަރުޙަލާއެވެ. މި ގެނެވުނު އަނދިރި ކަމާއެކު، ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އަސާސީ މިނިވަންކަން ހިފެހެއްޓެމުން، ފިނިހަކަ ދުވެލީގައި އެއަށް ބަދަލު ގެންނަމުން ގޮސް 2008 ގައި އަނެއްކާވެސް ރައްޔިތުންނަށް އަސާސީ ޙައްޤުތަކުގެ މިނިވަންކަން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. ނަމަވެސް މި މިނިވަންކަން ވެސް 1932 ގައި ހިނގައިދިޔަ ބީދައިން އަނދިރި ފަރާތުގައި ހިނގަމުން ދިޔަ ކަންތަކެއްގެ ފަހަތުން ވެއްޔާ މޮޑެވުނެވެ. ރާއްޖޭގެ ދުސްތޫރީ ޙާޔާތުގައި މި ދެ ފަހަރުވެސް ދާދި އެއްގޮތް ކަންތައްތަކެއް އެބަ ހުއްޓެވެ. ނަމަވެސް ދިރާސީ ނަޒަރަކުން މިކަމާމެދު ބަޔަކު ވިސްނައި ހޯދުންތައް ހޯދަން ޖެހިފައިވެއެވެ.

މި ދެފަހަރުގެ ތަފާތަކަށް ވީ 1932 ގައި އަތުން ލިޔެގެން އެކުލަވާލެވުނު ޤާނޫނު އަސާސީ އޭގެ ފޮނިމީރުކަން ލިބެން ފެށިތާ ހަމަސްދުވަހުގެ ތެރޭގައި ގުޅަކުޅޭ ފަސްގަނޑުގައި ވީދާ ލުމެވެ. ބުނެވޭ ގޮތުގައި އަތުން ލިޔެފައި އޮތީ، އެ ޤާނޫނު އަސާސާގެ ތިން ފޮތެކެވެ. އެ ފޮތްތައް ވީދާލުމުން، އޭގެ ވުޖޫދު ގެއްލުވާލެވުނީ އެވެ. ނަމަވެސް އެއާ ޚިލާފަށް 2008 ގައި އެކުލަވާލި ޤާނޫނު އަސާސީ އައިސްފައި ވަނީ ޓެކްނަލޮޖީގެ ދުވަސްވަރުގައި ކަމުން އޭގެ ގިނަ ކޮޕީތަކެއް ހުރުމާއެކުމެ އެ ފޮތް ވިދާ ލުމުމުގެ ބަދަލުގައި، ހަމަ ގުޅަކުޅޭ ފަސްގަންޑަށް އެއްވެ އެ ފޮތް ޢަމަލީ ގޮތުން ވީދާ ނުލި ނަމަވެސް ވަނީ ވީދާލާފައެވެ. ފައިން އަރާފައެވެ. ބޮޑެތި ކަންތައްތަކެއް ހިންގާފައެވެ. (ނިމުނީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

28 ފެބުރުއަރީ 2019
ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ 'ދިވެހި ބަސް'

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ

28 ފެބުރުއަރީ 2019
‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ 'ދިވެހި ބަސް'

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ 'ދިވެހި ބަސް'

28 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު