Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިިބޫއަށް ތާއިދުކުރުން

އިބޫއަށް ތާއީދުކުރި ޣާޒީ ސުކޫލްގެ ޓީޗަރުންނަށް ބިރު ދައްކަނީ

އިބޫ އަށް ތާއީދު ކުރަން ނިންމާފައި ވަނީ އެ ސުކޫލްގެ 50 ޓީޗަރެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 06:17
އިބޫއަށް ތާއިދުކުރަން ނިންމި ޣާޒީ ސްކޫލްގެ ޓީޗަރުން އެ މަނިކުފާނާއެކު ފޮޓާއަކަށް ހުއްޓިގެން

އިބޫއަށް ތާއިދުކުރަން ނިންމި ޣާޒީ ސްކޫލްގެ ޓީޗަރުން އެ މަނިކުފާނާއެކު ފޮޓާއަކަށް ހުއްޓިގެން

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރަން ނިންމި ޣާޒީ ސުކޫލްގެ 50 ޓީޗަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައިފިއެވެ.

ޣާޒީ ސުކޫލްގައި މަސައްކަތް ކުރާ ޓީޗަރަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ އިބޫ އަށް ތާއިދުކޮށް އެ ސުކޫލުގައި މަސައްކަތް ކުރާ ޓީޗަރުންތަކެއް ވައިބަރ ގްރޫޕެއް ހުޅުވާފައިވާ ކަމަށާއި އެ ވައިބަރ ގްރޫޕް ހުޅުވައިގެން އުޅޭކަން އެނގުމުން އިބޫ އަށް ތާއިދު ކުރުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކި ގޮތް ގޮތުން އެ މުވައްޒަފުންނަށް ފިއްތަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޣާޒީ ސުކޫލްގައި މަސައްކަތް ކުރާ ޓީޗަރު އިތުރަށް ވިދާޅުވީ އެ ޓީޗަރުން ވަޒީފާ އިން ކަނޑާލި ކަމުގައިވީ ނަމަވެސް އިބޫއަށް ތާއީދު ކުރުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ. އިބޫއަށް ތާއިދު ކުރުމަށް ނިންމީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ސަބަބުން ސުކޫލުތަކަށް ލިބޭ ގެއްލުމުގެ ބޮޑު ކަމުން ކަމަށާއި މި ސަރުކާރުގެ އަނިޔާވެރިކަމަށް ހިތްވަރު ނުދޭނެ ކަމަށް ވެސް އޭނާ ބުނުއްވިއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ޣާޒީ ސުކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.

މީގެ ތިން ދުވަސް ކުރިން ރެހެންދި ސުކޫލްގެ ޓީޗަރުންތަކެއް ވެސް ވަނީ އިބޫ އަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން އިބޫއަށް ތާއީދު ކުރާކަން ހާމަކުރަމުން މިދަނީ ވަޒީފާގެ ބިރަށް ނުތިބެ، އިސްލާހީ ހަރަކާތާއި ގުޅި، ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިބޫ އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ގޮވާލައްވާފައި ވަނިކޮށެވެ. މީގެ އިތުރުން ކެމްޕެއިން ދަތުރުތަކުގައި އެހެން ބައެއް ރަށްރަށުން ވެސް ޓީޗަރުންނާއި އެހެނިހެން ސިވިލް ސަރވަންޓުން ގެންދަނީ އިބޫ އާއި ފައިސަލްއާ ބައްދަލުކޮށް، އެ ދެ ބޭފުޅުންނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ކޯލިޝަނުން ބުނެފައި ވަނީ އެކޮލިޝަނަށް ތާއީދުކޮށްގެން ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނެ ކަމަށާއި، ވަޒީފާ އެހެން ތަނަކަށް ބަދަލުކޮށްފި ނަމަ، އަލުން ކުރިން ހުރި ތަނަށް ވަޒީފާ ބަދަލުކޮށްދޭނެ ކަމަށެވެ. އިބޫ އަށް ތާއީދުކުރާކަން ހާމަކުރާ މުވައްޒަފުންނާ މެދު ކުންފުނިތަކާއި އެކި މުއައްސަސާތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2018

އިބޫއަށް ޓިކެޓް ދިނުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅުނު ފިޔަވަޅެއް: ޝައިނީ

01 ޖުލައި 2018
އިބޫއަށް ޓިކެޓް ދިނުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅުނު ފިޔަވަޅެއް: ޝައިނީ
30 ޖޫން 2018

އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޮޑު ތަނުން ބަލުކުރާނެކަމަށް

30 ޖޫން 2018
އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޮޑު ތަނުން ބަލުކުރާނެކަމަށް
06 ޖޫން 2018

ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފި

06 ޖޫން 2018
ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފި
22 މެއި 2018

ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށައިފި

22 މެއި 2018
ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށައިފި
28 މާރިޗު 2018

އިބޫއަށް ދައުވާ ކުރުމަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޖީ އޮފީސް

28 މާރިޗު 2018
އިބޫއަށް ދައުވާ ކުރުމަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޖީ އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު