Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

އިބޫއަށް އަންނައުނާއި ބޭސް ނުދީ، ބާއްވަނީ އަވިދޭ ގޮޅިއެއްގައި: އެމްޑީޕީ

19 މާރިޗު 2018 | ހޯމަ 03:44

އިބޫއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާހުރި އެއް ސިޔާސީ ލީޑަރު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 މާރިޗު 2018 | ހޯމަ 03:44
މާރިޗު 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި

މާރިޗު 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި

ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއިމެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު އާއިމެދު ފުލުހުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް އެމްޑީޕީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އިބޫއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްނަގައިގެން ހިންގާ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރައްވާ، ދިވެހި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންގެންދަވާ، ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާހުރި އެއް ސިޔާސީ ލީޑަރުކަމަށެވެ. އަދި އިބޫ ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، މި މަހުގެ 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމާއެކު، ހިތުގެ ބައްޔަކަށް ދާއިމީކޮށް އިބޫ ބޭނުންކުރައްވާ ބޭހާއި، ބޭނުންކުރާނެ އަންނައުނު ހޮނިހިރު ދުވަހު ހެނދުނު އިބޫގެ އާއިލާއިން ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށެވެ. އެެހެންނަމަވެސް މި ތަކެތި ޙަވާލުކުރުމަށް އެތައް އުނދަގޫތަކާ ކުރިމަތިވެ، އާދީއްތަ ދުވަސްވީިއިރުވެސް ބޭހާއި އަންނައުނު އަމަނިކުފާނަށް ލިބިވަޑައިގެންފައިނުވާކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިބޫއަށް ގޮދަނޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައި ވީނަމަވެސް ފުލުހުން އިބޫއަށް ގޮދަނޑިއެއް ފޯރުކޮށްދީފައި ނުވާކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙް އާ ޙަވާލުކުރުމަށް ޢާއިލާއިން ފޮނުވި އަންނައުނު އާދީއްތަ ދުވަސްވީއިރުވެސް ލިބިވަޑައިގެންފައިނުވާތީވެ، ބޭނުންކުރައްވަމުން ގެންދަވަނީ 16 ވަނަ ދުވަހުގެރޭ ޕެޕާސްޕްރޭވެސް ޖަހާފައިވާ ހެދުމެވެ."

އެމްޑީޕީން ބުނީ އިބޫ ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައި ކަމަށާއި، އެއީ ކޮންމެ ދުވަހަކު ހެނދުނު 9ން މެންދުރު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނުގަދަ ކަމަށެވެ. އަދި ޣައިރު ޤާނޫނީ އުސޫލުން ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ ރަހުމު ކުޑަ ގޮތަށް ފުލުހުން އާންމުކޮށް ޢަމަކުރަމުން އަންނަކަމީ އެމްޑީޕީން ވަރަށް ކަންބޮޑުވާކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ކޮންމެ ފުލުހެއްގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްޤެއް ކަމަށާއި، "މަތިން" އަންގާ ގޮތް ކަމަށް ބުނެ ވަކިވަކި ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސްނުޖެހުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޢައިލާއިން ޙާވާލުކޮށްފައިވާ ތަކެތި އެމަނިކުފާނަށް ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަައިދިނުމަށާއި, ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާމެދު އޯގާތެރިކަމާ، އިޙްތިރާމާއެކު ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސްކުރަމެވެ. އިސްވެދެންނެވުނު ކަންކަން ބެލުމަށާއި، ފުލުހުންގެ ޣައިރު ޤާނޫނީ ޢަމަލުތައް ތަޙްޤީޤްކޮށް، މިފަދަ ކަންކަން އިސްލާޙްކުރުމަށް ދައުލަތުގެ މުވައްސަސާތަކަށް ހަރު އަޑުން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް