Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ މުސްލިމުން

ޗައިނާގެ ކަންކަމާ ނުބެހުމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ވެރިޔާއަށް އިންޒާރު ދީފި

12 ސެޕްޓެމްބަރު 2018 | ބުދަ 02:11

ޗައިނާ އިން ގެންދަނީ މިލިއަނެއްހާ މުސްލިމުން ހައްޔަރުކޮށްގެން އެ މީހުންގެ ދީން ބަދަލުކުރުވުމަށް މަސައްކަތްކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ސެޕްޓެމްބަރު 2018 | ބުދަ 02:11
ޗައިނާ ސަރުކާރުން ގެންދަނީ ފުލުހުން ބޭނުންކޮށްގެން މުސްލިމުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާކުރަމުން

ޗައިނާ ސަރުކާރުން ގެންދަނީ ފުލުހުން ބޭނުންކޮށްގެން މުސްލިމުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާކުރަމުން

ޗައިނާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެޤައުމުން ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާ ވިދާޅުވެފައި ވަނިކޮށް، ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހުމަށް އޭނާއަށް ޗައިނާ އިން އިންޒާރު ދީފިއެވެ.

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި މިޝޭލް މިޝޭލް ބެޝެލޭ އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ ޗައިނާއިން އެޤައުމުގެ މުސްލިމް އާބާދީ ކޭމްޕްތަކުގައި ބަންދުކޮށްގެން ދެމުންދާ އަނިޔާއާ ދެކޮޅަށް ވާހަކަ ދެއްކެވުމެވެ. ޗައިނާގެ ކޭމްޕްތަކުގައި މިލިއަނެއްހާ މުސްލިމުން ބަންދުކޮށްގެން އެ މީހުންނަށް އަދަބު ދެމުންދާކަން އދ. ގެ ހައްޤުތަކާ ބެހޭ ޕެނަލަކުން ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ.

ޗިލޭގައި 2 ދައުރު ވެރިކަން ކުރެއްވި ބެޝެލޭ ވަނީ ބައިނަލްއަޤްވާމީ މޮނީޓަރުންނަށް ޗައިނާއަށް ގޮސް، ޙާލަތު ވަޒަންކުރުމަށް ފުރުސަތު ދިނުމަށް ވެސް ބެއިޖިންގ އަށް ގޮވާލައްވާފައެވެ.

އެހެން ނަމަވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ ބެޝެލޭ އެކަމަނާގެ މެންޑޭޓާއި، އދ. ގެ ޗާޓަރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އަދި ޗައިނާގެ ސިޔާދަތާއި މިނިވަންކަމާއި ބެހިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ގެންދަނީ މުސްލިމުންނާ މެދު އެޤައުމުން އަމަލުކުރަމުންދާ ގޮތާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ މުޖްމަތަމައުން ދައްކާ ވާހަކަތައް ދޮގުކުރަމުންނެވެ. އެހެން ނަމަވެސް މުސްލިމުން ބަންދުކޮށްގެން އުޅޭ ކަމަށް ދާދި ފަހުން އެޤައުމުން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ޗައިނާ އިން ބުނަނީ އެކަން ކުރަނީ އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާ ވާތީ ކަމަށެވެ. 8 މިލިއަން މުސްލިމުންގެ އާބާދީއެއް އޮންނަ ޝިންޖިއާންގައި މުސްލިމުންނަށް ޗައިނާ ސަރުކާރުން ގެންދަނީ އެކި ގޮތްގޮތުން ދަތިކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް