Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އުތުރު ކޮރެއާ

ދެވަނަ ބައްދަލުވުމަކަށް ކިމްގެ ދައުވަތު ޓްރަމްޕް އަށް!

11 ސެޕްޓެމްބަރު 2018 | އަންގާރަ 13:56

ދެބޭފުޅުން ފުރަތަމަ ބައްދަލުކުރައްވާފައިވަނީ މިދިޔަ ޖޫން މަހު ސިންގަޕޫރުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 11 ސެޕްޓެމްބަރު 2018 | އަންގާރަ 13:56
ޓްރަމްޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

ޓްރަމްޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއިއެކު ދެވަނަ ބައްދަލުވުމެއް ބާއްވަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދައުވަތު ދެއްވައިފިއެވެ.

ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ހަކަރބީ ސޭންޑަރސް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕްއަށް ލިބިވަޑައިގެންފައިވާކަމަށާއި، މިއީ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ ހެއްކެއްކަމަށެވެ. މި ސިޓީފުޅު ކިމް ފޮނުއްވާފައި މިވަނީ އެމެރިކާއަށް އަދިވެސް އިތުބާރު އެބައޮތްކަމަށް ދެކުނު ކޮރެއާއިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގަށް ވަޑައިގެންނެވި ވަފުުދަކާއި ބައްދަލުކުރައްވައި ކިމް ވިދާޅުވެފައި ވަނިކޮށެވެ.

މިދިޔަ ޖޫން މަހު ކިމްއާއި ޓްރަމްޕް ސިންގަޕޫރުގައި ބައްދަލުކުރެއްވިފަހުން އުތުރު ކޮރެއާއިން އެޤައުމުން ކުރަން ވައުދުވި ކަންކަން، ޚާއްސަކޮށް ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ ކަންކަން، ކުރިއަށް ގެންގޮސްފައި ނުވާކަމަށް ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ.

ކިމްގެ ސިޓީފުޅުގައި ދެވަނަ ބައްދަލުވުމެއް ޝެޑިއުލްކޮށްދިނުމަށް އެދިފައިވާތީ، އެމަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސޭންޑަރސް ވިދާޅުވިއެވެ. އެހެންނަމަވެސް ބައްދަލުވުން އޮންނާނީ ކޮންތާކު، ކޮން އިރަކު ކަމެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

ޓްރަމްޕްއާއިއެކު ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ކިމް ހުށަހެޅުއްވުމުން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. މޫން ޖެއި-އިން އަކީ އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު ކުރިއަށްދާ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން ދެ ފަހަރަކު ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި ކިމް އާއި މޫން ބައްދަލުކުރައްވާފައިވާއިރު، އަންނަ ހަފްތާގައި އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގަށް މޫން ވަޑައިގެން، ކިމް އާއި ބައްދަލުކުރައްވާނެވެ.

ދެވަނަ ބައްދަލުވުމެއްގެ ދައުވަތު ކިމްގެ ފަރާތްޕުޅުން ޓްރަމްޕްއަށް ފޮނުއްވާފައި މިވަނީ އުތުރު ކޮރެއާއިން މިހާރުވެސް ހުއްޓާނުލައި ހިންގާ ނިއުކްލިއަރ ހަރަކާތްތަކަކީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކާއި ޚިލާފަށް ހިންގާ ކަންކަން ކަމަށް ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތަޔާއި ބެހޭ އިދާރާގެ އެންމެ އިސްވެރިޔާ ޔުކިޔާ އަމާނޯ ވިދާޅުވި ދުވަހުގެ ފަހު ދުވަހުއެވެ. އަމާނޯ ވިދާޅުވީ ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން އުތުރު ކޮރެއާއަށް ވަނުން މަނާކޮށްފައިވާއިރު، ސިޔާސީ ހައްލެއް އެކަމަށް ލިބިއްޖެނަމަ އުތުރު ކޮރެއާއަށް އިންސްޕެކްޓަރުން ފޮނުވަން އެއިދާރާ ތައްޔާރަށް އޮތްކަމަށެވެ.

އަނެއްކޮޅުން ނިމިދިޔަ ހަފްތާ ބަންދުގައި އުތުރު ކޮރެއާ އުފެދުނުތާ 70 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑްގައި ސިފައިންނާއި ހަތިޔާރުތައް ދައްކާލިނަމަވެސް އެއްވެސް ވަރަކަށް ބެލެސްޓިކް މިސައިލްތައް ދައްކާލާފައެއް ނުވެއެވެ. އާއްމުކޮށް އުތުރު ކޮރެއާއިން ބާއްވާ މިފަދަ ޕެރޭޑްތަކުގައި އެމެރިކާގެ އައްސޭރިފަށަށް ވާސިލްވުމުގެ ޤާބިލްކަން ލިބިގެންވާ އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްތައް ދައްކާލައެވެ. ނިއުކްލިއަރ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިގެންވާ މިފަދަ މިސައިލްތައް ދައްކާލުމަކީ އުތުރު ކޮރެއާއިން ހިންގާ ބިރު ދެއްކުމުގެ އަމަލެއްކަމަށް އެމެރިކާއާއި ދުނިޔޭގެ ޤައުމުތަކުން މީގެ ކުރިން ސިފަކުރެއެވެ. އެހެން ނަމަވެސް މިފަހަރުގެ ޕެރޭޑްގައި އެމިސައިލްތައް ދައްކާނުލުމުގެ މާނައަކީ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުންކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ސިފަކުރެއްވިއެވެ. އަދި އެކަމަށް މަރުހަބާ ދަންނަވައި ޓްރަމްޕްވެސް ވަނީ ޓްވީޓްކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް