Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ މައްސަލަ

ފީއެލްއޯގެ އޮފީސް ބަންދުކުރަން ނިންމަނީ ފަލަސްތީނުގެ ރައްޔިތުންނަކީ މީހުންގެ ގޮތުގައި ނުދެކޭތީ!

އެމެރިކާއިން ވަނީ ފަލަސްތީނަށް ދޭ އެތައް އެހީއެއް ވެސް ކަނޑާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 ސެޕްޓެމްބަރު 2018 | އަންގާރަ 08:04
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވޮޝިނގްޓަންގައި ހުންނަ ޕަލަސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފީސް ބަންދުކުރަނީ "ފަލަސްތީނުގެ ރައްޔިތުން މީހުން ކަމުގައި ނުދެކޭތީ" ކަމަށާއި އެކަމަކީ ސުލްހައިގެ މަސައްކަތް އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ހޯމަ ދުވަހު ދެއްވި ތަގުރީރު މިކަން އިއުލާނު ކުރައްވާ ވިދާޅުވީ އިސްރާއީލާ އެެކު ކުރާ މަޝްވަރާތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕީއެލްއޯ އިން ސީދާ އަދި މައުނަވީ ގޮތެއްގެ އިތުރު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާ އިން ހުށަހަޅާ ސުލްހައިގެ ޕްލޭން ނުފެންނަނީސް އެ ޕްލޭން ކުށްވެރިކޮށް އަދި އެމެރިކާ ސަރުކާރާ އެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ އެގައުމުގެ ނުވަތަ އިސްރާއީލުގެ މައްސަލައެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލަން އުޅެފި ނަމަ އެ ކޯޓުގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށް ބުނެ ބިރުދައްކާފައެވެ.

ފަލަސްތީނުގެ އޮފިޝަލުން އެކަން ސިފަ ކުރައްވާފައި ވަނީ ސަރަހައްދަށް ސުލްހަ ގެނައުމަށް ކުރާ މަަސައްކަތާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައެވެ.

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވީ އެ ފަިޔަވަޅަކީ ފަލަސްތީނުންގެ ހުރިހާ ރައްޔިތުންނަށް އަނެއްކާ ވެސް ދޭ އަދަބެއް ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
23 ޖޫން 2017

ގަތަރަށް ވަގުރަދަ 13 ޝަރުތެއް، އަލްޖަޒީރާ ބަންދުކުރަންޖެހޭ!

23 ޖޫން 2017
ގަތަރަށް ވަގުރަދަ 13 ޝަރުތެއް، އަލްޖަޒީރާ ބަންދުކުރަންޖެހޭ!
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު