Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެިރިޔާސީ އިންތިޚާބު 2018

ގުނުމުގައި ފޭކް ކަރުދާސްކޮޅެއް ހިމަނާފައެއްނުވާނެ: ފުއާދު

10 ސެޕްޓެމްބަރު 2018 | ހޯމަ 10:07

އޮފިޝަލުންނާ ސެކިއުރިޓީ ފީޗާރސްތައް ހިއްސާކުރީ ވޯޓް ގުނަން ފެށުނު ވަގުތު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 ސެޕްޓެމްބަރު 2018 | ހޯމަ 10:07
އިލެކްޝަންސް ކޮމިޝަނުގެ ރައީސް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ފޭކް ވޯޓް ކަރުދާސްކޮޅެއް ގުނުމުގައި ހިމަނާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަނުން 8 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި ފޭކް ވޯޓް ކަރުދާސްކޮޅު ތަކެއް ފެނި އެ ގުނުމުގައި ހިމަނާފައިވާ ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި ފެނިފައި ވަނީ ފޭކް އެންމެ ވޯޓް ކަރުދާސް ކޮޅެއް ކަމަށާއި، އެ ގުނުމުގައި ހިމަނާފައި ނުވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާސްކޮޅުގައި ވަރުގަދަ ސެކިއުރިޓީ ފީޗާރސްތަކެއް ހިމަނާފައި ވާތީ، ވަގު ހަދަން މަސައްކަތްކުރި މީހުންނަށް އެ ފުރުސަތު ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. ފުއާދު ވިދާޅުވީ ފޭކް ވޯޓް ކަރުދާސްތަކެއް ލީކްވެދާނެތީ އެ ފަހަރު ވޯޓް ކަރުދާސްތަކުގައި ހިމަނާފައިވާ ސެކިއުރިޓީ ފީޗާރސްތައް ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިޝަލުންނާ ހިއްސާކުރެއްވީ ވޯޓް ގުނަން ފެށުނު ވަގުތު ކަމަށެވެ. އަދި ފޭކް ވޯޓް ކަރުދާސްކޮޅުތައް ގުނުމުގައި ނުހިމެނުމަށް ފޮށިތަކުގެ ކައިރީގައި ތިބޭ އޮފިޝަލުންނަކީ އެއްވެސް ސިޔާސީ ކުލައެއް ޖެހިފައިނުވާ މިނިވަން ބަޔަކަށްވާން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ ވޯޓް ކަރުދާސްކޮޅުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެހެން ވަކި ޓޫލެއް ބޭނުންކުރަން ނުޖެހޭނެ ކަމަށާއި، ވޯޓް ކަރުދާސްކޮޅުގެ ސައްހަކަށް ކަށަވަރު ކުރުމަށް ޕްރިންޓްކޮށްފައި ހުންނަ ކަރުދާސްކޮޅުގެ ކުލައިން ވެސް އެކަން އެގިގެންދާނެ ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި، އެގޮތުން ފޭކް ވޯޓް ކަރުދާސް ދައުރުވިޔަ ނުދިނުމަށް ކޮމިޝަނުން ޗާޕަށް ފޮނުވީ ވެސް ކޮންމެ 100 ކަރުދާސްކޮޅަކަށް އިތުރަށް އެންމެ ކަރުދާސްކޮޅެއް ކަމަށެވެ. ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު އޮތް ހާލަތާއި، މިހާރު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ވަނީ، މި މަހު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ގުނާނީ ކޮންމެ ވޯޓު ކަރުދާސްކޮޅެއް އެއީ ސައްހަ ކަރުދާސްކޮޅެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ގޮތަށް އަމަލުކުރަން ޖެހުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފޭކް ވޯޓް ކަރުދާސްކޮޅުތަކެއް ވޯޓް ފޮށިން ފެނި އަދި ގުނުމުގައި ހިމެފައިވާތީ ކަމަށެވެ. ވޯޓް ގުނުމުގައި ވޯޓް ކަރުދާސްކޮޅު ސައްހަކަން ބެލުމަށް ހަމަޖެހިފައި ވާތީ ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާރިޔާ ވިދާޅުވީ ވޯޓް ލާންދާ މީހާއަށް ވޯޓްލުމުގެ ކުރިން އޭނާ އަތުގައި އޮތް ކަރުދާސްކޮޅު އެއީ ސައްހަ ކަރުދާސްކޮޅެއްކަން އެގެންޖެހޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2018

އީސީ އަކީ ގޮނޑި ކޮއްކޮއެއް، މެމްބަރުންގެ ގޮނޑި ގެއްލުވައެއް ނުލެވޭނެ: ފުއާދު

06 މާރިޗު 2018
އީސީ އަކީ ގޮނޑި ކޮއްކޮއެއް، މެމްބަރުންގެ ގޮނޑި ގެއްލުވައެއް ނުލެވޭނެ: ފުއާދު
15 ޖެނުއަރީ 2018

ބަރަހަނާ ފޮޓޯތަކަށް ސަމާލުކަން ދޭން ބޭނުމެއް ނޫން، އެއީ ފޭކް: ޝަލަބީގެ މެނޭޖަރު

15 ޖެނުއަރީ 2018
ބަރަހަނާ ފޮޓޯތަކަށް ސަމާލުކަން ދޭން ބޭނުމެއް ނޫން، އެއީ ފޭކް: ޝަލަބީގެ މެނޭޖަރު
30 ޑިސެމްބަރު 2017

ޑިފެންސް މިނިސްޓަރުގެ ބައްދަލުވުން އެއީ "ފޭކް" ބައްދަލުވުމެއް: ކެރެފާ ނަސީމް

30 ޑިސެމްބަރު 2017
ޑިފެންސް މިނިސްޓަރުގެ ބައްދަލުވުން އެއީ "ފޭކް" ބައްދަލުވުމެއް: ކެރެފާ ނަސީމް
13 ޑިސެމްބަރު 2017

ސަސްޕެންޑްކުރުން ސިފަކުރެވެނީ އިންޑިއާއާ ގުޅުން ކަނޑާލުން ފަދަ ކަމެއްގެ ގޮތުގައި: ފުއާދު

13 ޑިސެމްބަރު 2017
ސަސްޕެންޑްކުރުން ސިފަކުރެވެނީ އިންޑިއާއާ ގުޅުން ކަނޑާލުން ފަދަ ކަމެއްގެ ގޮތުގައި: ފުއާދު
23 އޮކްޓޯބަރު 2017

ޤައުމަށްޓަކާ ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރު: ފުއާދު ތަޢުފީޤް

23 އޮކްޓޯބަރު 2017
ޤައުމަށްޓަކާ ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރު: ފުއާދު ތަޢުފީޤް
29 ސެޕްޓެމްބަރު 2017

ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް

29 ސެޕްޓެމްބަރު 2017
ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް
07 އޯގަސްޓު 2017

ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް

07 އޯގަސްޓު 2017
ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް
04 އޯގަސްޓު 2017

މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައެއް ނޭޅޭނެ: ފުއާދު

04 އޯގަސްޓު 2017
މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައެއް ނޭޅޭނެ: ފުއާދު
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
10 މާރިޗު 2017

ފުއާދު ތައުފީޤް މިނިވަންވެއްޖެ

10 މާރިޗު 2017
ފުއާދު ތައުފީޤް މިނިވަންވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް