Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމްބަސީ ބަދަލުކުރުން

ޕެރަގުއޭގެ އެމްބަސީ ޤުދުސްއިން ތެލްއަވީވަށް ބަދަލު ކުރުމުން އިޒްރާއީލުން ބަދަލުހިފައިފި

އިޒްރާއީލުގެ އެމްބަސީ ބަންދުކުރަން ވަނީ ނިންމާފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 7 ސެޕްޓެމްބަރު 2018 | ހުކުރު 15:02
މުސްލިމުންނަށް ކުރަމުންދާ އަނިޔާއާ ގުޅިގެން މުޅި ދުނިޔެވެސް ދަނީ އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ފާޑު ކިޔަމުން

މުސްލިމުންނަށް ކުރަމުންދާ އަނިޔާއާ ގުޅިގެން މުޅި ދުނިޔެވެސް ދަނީ އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ފާޑު ކިޔަމުން

އިސްރާއީލުގެ ތެލްއަވީވުގައި ހުއްޓާ ޤުދުސްއަށް ބަދަލުކުރި ޕެރަގުއޭގެ އެމްބަސީ އަނެއްކާވެސް ތެލް އަވީވަށް ބަދަލު ކުރަން ޕެރަގުއޭގެ އައު ސަރުކާރުން ނިންމުމުމާ ގުޅިގެން އިޒްރާއީލުން ބަދަލު ހިފައިފިއެވެ.

ޕެރަގުއޭގެ އެމްބަސީ ޤުދުސް އަށް ބަދަލުކުރިތާ ތިން މަސް ފަހުން، ފަލަސްތީނުގެ އެދުމުގެ މަތިން ތެލްއަވީވަށް އެ އެމްބަސީ ބަދަލު ކުރަން އެ ގައުމުގެ އައު ސަރުކާރުން ނިންމުމާއި ގުޅިގެން ޕެރަގުއޭގެ ވެރިރަށް އެސޮންސިއޯންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރަން އެ ގައުމުން ވަނީ ނިންމާފައެވެ.

އެސޮންސިއޯންގައި ހުންނަ އެމްބަސީ ބަންދުކޮށްފައި މިވަނީ ރައީސްކަމުގެ ހުވާ މިދިޔަ މަހު ކުރެއްވި މާރިއޯ އަބްޑޯ ބެނިޓޭޒް މެދުއިރުމައްޗަށް ދާއިމީ ސުލްހަ ހޯދަން ބޭނުންވާކަން ހާމަކޮށްފައި ވަނިކޮށެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ އެގައުމުގެ ނިންމުމާ ގުޅިގެން އިޒްރޭލުން ފާޅުގައި ފާޑުކިޔަމުންދާ މިދަޑިވަޅުގައި ފަލަސްތީނުން ވަނީ އެ ގައުމުގެ އެމްބަސީއެއް ވަރަށް އަވަހަށް ޕެރަގުއޭގައި ހުޅުވާނެ ކަމަށް ބުނެފައެވެ.

ތެލް އަވީވުން ޤުދުސްއަށް ޕެރަގުއޭގެ އެމްބަސީ ބަދަލު ކުރަން މިދިޔަ މެއި މަހު ނިންމީ ކުރީގެ ރައީސް ހޮރަސިއޯ ކާޓްސް އެވެ. އެއީ އެމެރިކާ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އެމެރިކާގެ އެ ނިންމުން ތަންފީޒު ކޮށްފައި ވަނީ އެތައް އަހަރެއް ވަންދެން އެކަން ފަސް ކުރުމަށް ފަހުއެވެ. އެ ނިންމުމާއި ގުޅިގެން މުޅި ދުނިޔެ ވެސް ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
26 ޖޫން 2017

އީދަށް ފަހު އަނެއްކާ ވެސް ފިލިޕީންސްގެ މިންޑަނާއޯގައި ހަމަލާ ބަދަލުކުރަން ފަށައިފި

26 ޖޫން 2017
އީދަށް ފަހު އަނެއްކާ ވެސް ފިލިޕީންސްގެ މިންޑަނާއޯގައި ހަމަލާ ބަދަލުކުރަން ފަށައިފި
12 ޖޫން 2017

މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި

12 ޖޫން 2017
މެލޭނިއާ އާ ބެރޮން އެންމެފަހުން ވައިޓް ހައުސްއަށް ބަދަލުވެ ވަޑައިގެންފި
07 ޖޫން 2017

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު