Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޮކައިޑޯ ބިންހެލުން

ޖަޕާނައަށް އައި ބިންހެލުމެއްގައި ބިންގަޑު ކަނޑައިގެން ގޮސް އެތައް ބަޔަކު ގެއްލިއްޖެ

ބިންހެލުން އައީ ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:04
ބިންގަނޑު ކަނޑައިގެން ގޮސް ދެ މީހަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި

ބިންގަނޑު ކަނޑައިގެން ގޮސް ދެ މީހަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި

ޖަޕާނުގެ އުތުރުގެ ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމެއްގައި ބިންގަޑު ކަނޑައިގެން ގޮސް ގެތައް ވެއްޓި، ދެ މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.

ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ތެރޭގައި މި ހަފްތާގެ ކުރީކޮޅު ބާރުގަދަ ތޫފާން ޖެބީ އެރި ސަރަހައްދުތައް ވެސް ހިމެނެއެވެ.

މަތިން ބަލާއިރު ބިންގަޑު ކަނޑައިގެންގޮސް ވާދީތަކުގައިވާ ގެތަކުގެ މައްޗަށް ވަނީ ވެއްޓިފައެވެ.

ހެލިކޮޕްޓަރުތަކުން ދަނީ ވާޖަހައިގެން މީހުން ނަގަމުންނެވެ.

ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ތަރމަލް ސަޕްލައި ހަލާކުވެ ތިން މިލިއަނެއްހާ ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ޖަޕާނުގެ އެންއެޗްކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ކުރިން ބޭނުން ނުކޮށް ހުރި ޓޯމާރީ ނިއުކްލިއަރ ޕަވަރ ޕްލާންޓް، ބެކަޕްއެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ މަޖުބޫރުވެފައެެވެ. ބެކަޕް ބޭނުންކުރަންޖެހުނީ ފިނިކުރާ ސިސްޓަމަށް ކަރަންޓް ދިނުމަށެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު 5.3 މެގްނިޓިއުޑްގެ ކުދި ގުޑުންތައް އައިސްފައި ވެއެވެ. އަދި މުޅި ރޭ އެކީ އެފަދަ އެތައް ކުދި ގުޑުންތައް އައިސްފައި ވެއެވެ.

ސަރަހައްދީ ވެރިރަށް ސަޕޯރޯގެ އިރުދެކުނުން 62 ކިލޯމީޓަރުގެ ދުރުމިނަށް ބިމުގެ ވަރަށް ތިލައިން އައިސްފައިވާ ބިންހެލުމެއް ނަމަވެސް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

ފުލުހުންނާއި ސެލްފް ޑިފެންސް ފޯސްގެ މެމްބަރުންނާ އެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 20،000 މީހުން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނުގެ ޔޮޝީޑޭ ސޫގާ ވިދާޅުވިއެވެ. އަދި އިތުރު 20،000 މީހުން މަސައްކަތާ ގުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށް ފަހު ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ބިން ހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއްލުންތަކެއް ލިބިފައި މި ވަނީ ތޫފާނު ޖެބީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ޖަޕާނަށް ކުރިމަތިވެފައި ވަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ

އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ

13 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު