Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނުގެ ތޫފާން

ޖަޕާނަށް އެރި ވަރުގަނދަ ތޫފާނުގައި ދިހަ މީހުން މަރުވެއްޖެ

5 ސެޕްޓެމްބަރު 2018 | ބުދަ 20:11

ފްލައިޓްތަކާއި، ރޭލް އަދި ފެރީގެ ދަތުރުތައް ވަނީ ކެންސަލް ކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 5 ސެޕްޓެމްބަރު 2018 | ބުދަ 20:11
އެތައް ސަރަހައްދެއްގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ވަނީ ބުރޫ އަރާފައި

އެތައް ސަރަހައްދެއްގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ވަނީ ބުރޫ އަރާފައި

ޖަޕާނުގެ ހުޅަނގުގެ މައި ސިޓީތައް ކަމަށްވާ ކިޔޯޓޯ އާއި އޮސާކާއަށް ތޫފާނު އަރާފައިވާއިރު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފްލައިޓްތަކާއި، ރޭލް އަދި ފެރީގެ ދަތުރުތައް ކެންސަލްކުރަން ޖެހިފައިވާއިރު އޮސާކާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެތައް ހާސް ފަސިންޖަރުންނެއް ތާށިވެފައި އެބަތިއްބެވެ. އެއާއެކު އެއާޕޯޓަށް ދާން އޮންނަ ބްރިޖަށް ތެޔޮ ބޯޓެއް އަރާ ދަތުރު ފަތުރު ނުކުރެވޭ ވަރަށް ވަނީ ގެއްލުން ލިބިފައެވެ،

ވައިގެ ބާރުމިން ދަށްވެ، ތޫފާން އުތުރަށް ދަތުރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް މީހުން ސަމާލުވެ ތިބުމަށް އިދާރާތަކުން ވަނީ އެދިފައެވެ.

ސަރުކާރުގެ ތަރުޖަމާނު ޔޮޝީޑޭ ސޫގާ ވިދާޅުވި ގޮތުގައި ތޫފާނުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަދުވެގެން 300 މީހުން ވަނީ ޒަޚަމްވެފައެވެ.

ބުދަ ދުވަހުގެ ހެނދުނާ ހަމައަށް މަދުވެގެން 1.2 މިލިއަން މީހުންނަށް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ލަފާދެވިފައެވެ. އޭގެ ތެރެއިން 30،000 އަށް ވުރެ ގިނަ މީހުން ކޮންމެހެން އެހެން ސަރަހައްދަކަށް ބަދަލުވުން މުހިއްމު ކަމަށް އަންގާފައިވީ ނަމަވެސް އަދިވެސް މަޖުބޫރު ނޫން ކަމަށް ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެއެވެ.

ތޫފާނު އެރި ވަގުތު ދެ މިލިއަނަށް ވުރެ ގިނަ ގޭބިސީން ކަރަންޓް ކެނޑިފައި ވެއެވެ. އަދި ތޫފާނު އެރި ސަރަހައްދުތަކުގެ ސްކޫލް ތަކާއި ކުންފުނިތައް އަދިވެސް ވަނީ ބަންދުކުރެވިފައެވެ.

ނަގޯޔާ އާއި އޮސާކާގައި ބައިނަލްއަގްވާމީ ދަތުރުތަކާ އެކު 800އާ ގާތްކުރާ އަދަދަކަށް ފްލައިޓްތައް ކެންސަލްވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 މެއި 2018

ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ

21 މެއި 2018
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ
06 އެޕްރީލު 2018

ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ މަރުވެއްޖެ

06 އެޕްރީލު 2018
ދުނިޔޭގެ ޑާޓްސް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެރިކް ބްރިސްޓޯ މަރުވެއްޖެ
23 ޑިސެމްބަރު 2017

ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

23 ޑިސެމްބަރު 2017
ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
07 ނޮވެމްބަރު 2017

އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް ވައްޓާލެވޭނެ: ރައީސް ޓްރަމްޕް

07 ނޮވެމްބަރު 2017
އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް ވައްޓާލެވޭނެ: ރައީސް ޓްރަމްޕް
06 ނޮވެމްބަރު 2017

އޭޝިއާގެ ދަތުރުގެ ފުރަތަމަ މަންޒިލް ޖަޕާނަށް ޓްރަމްޕް ވަޑައިގެންފި

06 ނޮވެމްބަރު 2017
އޭޝިއާގެ ދަތުރުގެ ފުރަތަމަ މަންޒިލް ޖަޕާނަށް ޓްރަމްޕް ވަޑައިގެންފި
03 އޮކްޓޯބަރު 2017

ޕުއަޓަ ރީކޯ އަށް އެރި ތޫފާނާ ގުޅިގެން އެގައުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ

03 އޮކްޓޯބަރު 2017
ޕުއަޓަ ރީކޯ އަށް އެރި ތޫފާނާ ގުޅިގެން އެގައުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
09 މެއި 2017

ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ

09 މެއި 2017
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
12 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް