Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމެޒަން

އެމެޒަންގެ މާކެޓް ވެލިއުވެސް 1 ޓްރިލިއަން ޑޮލަރަށް އަރައިފި!

5 ސެޕްޓެމްބަރު 2018 | ބުދަ 00:14

ހިއްސާއެއްގެ އަގު 2050.50 ޑޮލަރަށް އުފުލުނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 ސެޕްޓެމްބަރު 2018 | ބުދަ 00:14
އެމެޒަން އަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލަރ

އެމެޒަން އަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލަރ

މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒަން ކުންފުނީގެ އަގު 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

އެމެޒަން އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން މާކެޓް ވެލިއު 1 ޓްރިލިއަން ޑޮލަރަށް އެރި 2 ވަނަ ކުންފުންޏެވެ. މިދިޔަ އޮގަސްޓްމަހު އެމެރިކާގެ އެހެން ކުންފުންޏެއްކަމަށް އެޕަލް ކުންފުނިން ވަނީ އެކުންފުނީގެ އަގު 1 ޓްރިލިއަން ޑޮލަރަށް އެރިކަން ހާމަކޮށްފައެވެ.

އަންގާރަ ދުވަހު ހެނދުނު ނިއުޔޯކްގެ ހިއްސާގެ ބާޒާރުގައި އެމެޒަން ކުންފުނީގެ ހިއްސާއެއްގެ އަގު 2 އިންސައްތަ މައްޗަށް ޖެހި، ހިއްސާގެ އަގު 2050.50 ޑޮލަރަށް އެރިއެވެ. އެހެން ނަމަވެސް މެންދުރުފަހު ހިއްސާގެ ބާޒާރު ބަންދުކުރިއިރު ހިއްސާއެއްގެ އަގު 2039.51 ޑޮލަރަށް ވަނީ ވެއްޓިފައެވެ.

1994 ވަނަ އަހަރު ވުޖޫދަށް އައި އެމެޒަން ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެކުންފުނީގެ ވެރިޔާ ޖެފް ބީޒޮސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 160 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ފޯބްސްއިން އަންދާޒާކުރެއެވެ.

މިއަހަރުގެ 2 ވަނަ ކުއާރޓަރގައި އެމެޒަންއިން 53 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރިއިރު، ފައިދާވެފައިވަނީ 2.5 ބިލިއަން ޑޮލަރެވެ.

އެމެޒަންގެ ވަޒީފާގައި 575،000 މުވައްޒަފުން އެބަތިއްބެވެ. އަދި އެކުންފުންޏަކީ އޮންލައިން ރީޓެއިލްގެ އިތުރުން ކްލައުޑް ކޮމްޕިއުޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!
30 އޮކްޓޯބަރު 2017

އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު

30 އޮކްޓޯބަރު 2017
އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު
20 އޮކްޓޯބަރު 2017

ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

20 އޮކްޓޯބަރު 2017
ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި
16 އޮކްޓޯބަރު 2017

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

16 އޮކްޓޯބަރު 2017
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!
16 އޯގަސްޓު 2017

ނައިޓް މާކެޓް ސިނާއީ ސަރަހައްދުގައި ބާއްވަން ނިންމައިފި

16 އޯގަސްޓު 2017
ނައިޓް މާކެޓް ސިނާއީ ސަރަހައްދުގައި ބާއްވަން ނިންމައިފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް