Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރަޕްޝަން ތުހުމަތުތައް

މެލޭޝިއާގެ ފިނޭންސް މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަން މައްސަލަސާބިތެއް ނުވި!

ލިމްގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުގުމަތު ކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 14:42
މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގު

މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގު

މެލޭޝިއާގެ މިހާރު ފައިނޭންސް މިނިސްޓަރު ލިމް ގުއާން އެންގުގެ މައްޗަށް މީގެ ދެ އަހަރު ކުރިން ނަޖީބް ރައްޒާގުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ހުށަހެޅި ކޮރަޕްޝަނުގެ މައްސަލަ ސާބިތު ނުވާ ކަމަށް ޕެނާންގްގެ ހައި ކޯޓުން ނިންމައިފިއެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރާ ދެކޮޅަށް އެކުލަވާލި ކޯލިޝަނުގައި އިސް ދައުރެއް އަދާކުރެއްވި ލިމްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްފައި ވަނީ މާޗު މަހުއެވެ. އޭރު އޭނާ އަކީ އުތުރުގެ ޕެނާންގް ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. އެ ސްޓޭޓްއަކީ މެލޭޝިއާގައި ދެވަނައަށް އެންމެ މުއްސަދި ސްޓޭޓްއެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާކެޓް ރޭޓަށް ވުރެ ހެޔޮ އަގުގައި ދެ ބުރީގެ ގެއެއް ގަނެފައިވާ މައްސަލައެކެވެ. ނަމަވެސް މިހާރުގެ ބޮޑުވަޒީރު މަހާތިރް ބިން މުހައްމަދު އިސްވެ ހުންނަވައިގެން، ހިންގެވި އިދިކޮޅު ހަރަކާތުގެ ބައިވެރިން ބުނީ އެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށެވެ.

މަހާތިރުއާ ވާދަކޮށް ބިލިއަނުން ކޮރަޕްޝަން ހިންގައިފައިވާ ކަމުގެ ތުހުމަތުތައް ރައްޔިތުން އަޅުވައިފައިވާ ނަޖީބު ރައްޒާގް މިއަހަރު ކުރީކޮޅު ބޭއްވި އިންތިހާބުގައި ބަލިވީ ހީވެސް ނުކުރާހާ ގޮތަށެވެ.

އޭގެ ފަހުން ގައުމު ހަމަމަގަށް އެޅުވުމަށް މަހާތިރު މަސައްކަތް ކުރަމުންދާ ދަޑިވަޅެއްގައި، ޕްރޮސެކުޓަރ ޖެނެރަލް އޮފީހުން ވަނީ އެ މައްސަލަ އަބުރާ ނަގާފައެވެ. އެއާއެކު ގާޒީ ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އޭނާ ކުށްވެރިވި ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެކަމަކު މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ބުނެފައި ވަނީ ކޯޓުގެ ހުކުމަކީ ލިބުނު ޝޮކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު