Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

މަރުތަކުގެ ވާހަކަ ދައްކަވަން ރައީސް ލަދު ގަންނަން ޖެހޭނެ!

4 ސެޕްޓެމްބަރު 2018 | އަންގާރަ 14:48

ބޮޑެތި މަރުތަކުގެ މައްސަލާގައި އިންސާފު ހޯދައި ދެވިފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 14:48
ރިޔާސީ ބަޔާން އިއްވުމުގެ މަޖިލީހަށް ރައީސް ވަޑައިގަންނަވަނީ

ރިޔާސީ ބަޔާން އިއްވުމުގެ މަޖިލީހަށް ރައީސް ވަޑައިގަންނަވަނީ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގެ އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތަރުތީބެއް އެކުލަވާލެއްވި އިރު، އެންމެ އިސްކަމެއް ދެއްވާނެ ކަންތައްތަކުގެ ތެރޭގައި އަނިޔާވެރި، ރަހުމު ކުޑަގޮތަކަށް މަރާލެވުނު ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ. ވަގަށް ނަގައި، ގެއްލުވާލާފައިވާ ޒުވާނުންގެ މައްސަލަތައް މިނިވަންކޮށް ތަހުޤީޤްކޮށް ނިންމަވުން ހިމެނެ އެވެ.

ކޮންމެ ސަބަބަކާއި ހުރެނަމަވެސް އިބޫގެ އެ ވައުދު، ރައީސް އަބްދުﷲ ޔާމީނަށް ކަމަކު ނުދިޔައެވެ. އެ ވައުދުގެ ވަހާކަ އަޑުއެއްސެވުމަށްފަހު، ދެން ލިބިވަޑައިގެންނެވި ކޮންމެ ޕޯޑިއަމެއްގައި ރައީސް ޔާމީން ގެންދެވީ އެއީ ކުރައްވަން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ތަހުޤީޤުތައްކޮށް ނިންމާފައިވާ ކަމާއި، ބައެއް މައްސަލަތައް ވަނީ ކޯޓުގައި ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ. އެމަނިކުފާނު ޤިސާސްގެ ވާހަކަ ދެއްކެވުމާއެކު ބޮޑެތި މާރާމާރިތަކާއި މީހުން މެރުން މަދުވެއްޖެކަމަށް ވިދާޅުވެ، މޮޅެތި ވާހަކަފުޅުތައް ދައްކަވަމުންނެވެ.

ސުވާލަކީ، އިބޫގެ އެ ވައުދު ރައީސް ޔާމީނަށް އެހާ ކަމުދާ ވައުދަކަށް ނުވީ ކީއްވެތޯ އެވެ. އަދި އެވިދާޅުވާ ގޮތަށް ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އަނިޔާވެރި ރަހުމު ކުޑަގޮތަކަށް މަރާލެވުނު މީހުންގެ މައްސަލަތަކުގެ ތަހުޤީޤުތައް ނިމި، އިންސާފު ލިބިއްޖެތޯ އެވެ.

ރައީސް ޔާމީންގެ 5 އަހަރުގެ ވެރިކަމުގައި އެކަނިވެސް، އަނިޔާވެރި ރަހުމު ކުޑަގޮތަކަށް މަރާލެވުނު މީހުންގެ އަދަދު 31 އަށް އަރަ އެވެ. އޭގެ އިތުރުން ގޮތް ނޭނގޭ އެތައް މަރުތަކެއް ހިނގައިގެން ގޮސްފައިވާއިރު، އެއިން އެއްވެސް މަރެއްގެ މައްސަލާގައި އެކަށީގެންވާ ތަހުޤީޤެއްކޮށް ނިންމިފައެއް ނުވެއެވެ. އެއިން އާއިލާއަކަށް އިންސާފު ހޯދައިދެއްވިފައެއް ނުވެ އެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި، އަނަސް އާއި، ޔާމީން ރަޝީދާއި، އެހެން ގޮސް، ކޮންމެ މަރެއްގެ މައްސަލައަށް ބެލިކަމުގައިވިނަމަވެސް ކަން އޮތީ އެގޮތަށެވެ. ބޮޑެތި، އަދި ޤައުމުގެ ސަމާލުކަން ހުއްޓިފައިވާ މައްސަލަތަށް ފުލުހުންގެ އިދާރާގައި ތާށިކޮށްލާފައި ވާއިރު، ބައެއް މައްސަލަތައް ކޯޓުތަކުގެ ތެރޭގައި ދަމާތާ އެތަށް އަހަރެއްވެއްޖެ އެވެ. ދެެ އިރު ދެ ދަޅަޔަށް ޝަރީއަތްތައް ބާއްވައި ސިޔާސީ މީހުންގެ މައްޗަށް ހުކުމްތައް އިއްވިނަމަވެސް މަރާލެވުނު އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކޯޓުތައްވެސް އޮތީ ނުކުޅެދިފަ އެވެ. އަދި ކިޔެއްތަ، ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވިދާޅުވެ، މަސައްކަތްކުރައްވާ ރައީސް ޔާމީނަށްވެސް އެއިން ޝަރީއަތެއް އަވަސްކުރުމަށް ކޮށްދެވުނު ކަމެއް މިއަދާއި ހަމައަށްވެސް ފެންނާކަށް ނެތެވެ.

އެކަން އެގޮތަށް އޮތުމުން، އެ މައްސަލަތައް ފުރިހަމައަށް ތަހުޤީޤްކޮށް، އާއިލާތަކަށް އިންސާފު ހޯދައިދެވިފައި ނުވާކަން ކަށަވަރުވެ އެވެ. އެހެންކަމުން ދެން އަންނަ ސަރުކާރަކުން އެފަދަ މައްސަލަތައް މިނިވަންކަމާއެކު ތަހުޤީޤުކުރުމަށް ރައީސް ޔާމީން އެހާ ދެކޮޅު ހައްދަވަނީ ކީއްވެތޯ އެއީ ކުރަންޖެހިފައިވާ މުހިންމު ސުވާލެކެވެ.

މީހަކު ކަމަކަށް ދެކޮޅު ހަދާ ގިނަ ސަބަބުތަކެއް ހުރެ އެވެ. މިސާލެއްގެ ގޮތުން އެ މައްސަލަތަކުގައި އެ މީހެއްގެ ޝާމިލްވުން ބޮޑުކަމުންވެސް އެފަދަ ކަންކަމާއި ބައެއް މީހުން ދެކޮޅު ހަދަ އެވެ. އަދި އެފަދަ ކަންކަން މިނިވަންކަމާއެކު ތަހުޤީޤް=ުކޮށްފިނަމަ ބިތުފަންގި ނެގި، ހަޤީގަތް ހާމަވެދާނެތީވެސް ބައެއް މީހުން ކަންކަމުުގެ ހަޤީޤަތް ހާމަވުމަށް، ނުވަތަ ހަޤީޤަތާއި ހަމައަށް ވާސިލްވުމަށް ދެކޮޅު ހަދަ އެވެ. ހަމައެހެންމެ، ރައީސް ޔާމީން ވިދާޅުވާގޮތަށް، ވަރަށް ފުރިހަމަ ތަހުޤީޤުތަކެއްކޮށް ނިމިފައިވާތީވެސް ބައެއް މީހުން ތަކުރާރުކޮށް އެފަދަ ވާހަކަތައް ދެއްކުމަށް ދެކޮޅު ހަދަ އެވެ.

އެހެންކަމުން އިބޫގެ އެ ވައުދާ ރައީސް ޔާމީން، އެހާ ދެކޮޅުވުމުގައި މިއިން ކޮންމެ ސަބަބެއްވެސް މެދުވެރިވުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ދެން އޮތީ އަދި އެހެން ވާހަކައެކެވެ. ވެރިކަމަށް ވަޑައިިގެންނެވުމުގެ ކުރިން އިންސާފު ހޯދަވާނެކަމަށް ވިދާޅުވި މަރުތަކުގެ ވާހަކަ އެވެ. އެ މަރުތަކެއްގެ އަސްލު ހޯދަވާނެކަމަށް ވައުދު ވެވަޑައިގެންނެވި މަރުތަކުގެ ވާހަކަ އެވެ. އޭގެތެރެއިންވެސް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައިި ތިބި ބަޔަކު ހޯއްދަވައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ ދައުރު ނިންމައި، މަޤާމުން ފެޔަށް ވަޑައިގަންނަވަން ޖެހިފައިވާއިރު، އަފްރާޝީމްގެ މަރުގެ މައްސަލާގައި އެކަނިވެސް ރައީސް ވެވަޑައިގެންނެވި ވައުދު އޮތީ ނުފުއްދި އެވެ. އެކަމުގައި މިނިވަން ތަހުޤީޤެއް ހިންގައި، މަރުގެ އަޑީގައި ތިބި ބަޔަކު އޮތީ ނުހޯދި އެވެ.

މިގޮތަށް ގޮސް ކިތަންމެ މިސާލަކާއި، ކިތަންމެ ވާހަކައެއް ދެއްކިދާނެ އެވެ. ނަމަވެސް އެނގެން އޮތްކަމަކީ ބޮޑެތި މަރުގެ މައްސަލަތަކުގައި ރައީސް ޔާމީނަށް ކުޑައިންވެސް އިންސާފެއް ހޯދައިދެވިފައި ނުވާކަމެވެ. އާއިލާތަކުގެ ކަރުނަތައް ހުއްޓުވުމަކަށް ނެގެނެވުނު ކަމެވެ. މަރުގެ މައްސަލަތަކާއި، ބޮޑެތި މާރާމާރިތައް ނުހުއްޓުވުނު ކަމެވެ. އެ ސަބަބާއި ހުރެ އެކަނިވެސް އެ މަރުތަކުގެ ވާހަކަތައް ދައްކަވައި، އެ ތަހުޤީޤުތައް އަލުން ކުރިއަށް ގެންދަވަން ނުޖެހޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ރައީސް ޔާމީން ލަދުގަންނަންޖެހޭނެ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް