Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާގެ ވިޔަފާރި

އދގެ ވިޔަފާރި ޖަމްއިއްޔާއިން ވަކިވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހިތްހަމަޖެހޭ ގޮތަކަށް ޑަބްލިޔު.ޓީ.އޯ އިސްލާހު ނުކޮށްފިނަމަ އެޖަމްއިއްޔާއިން އެޤައުމު ވަކިވާނެކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 14:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އދގެ ދަށުން ހިންގާ ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ، ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔު.ޓީ.އޯ) އިން އެމެރިކާ ވަކިވެދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ ޑަބްލިޔު.ޓީ.އޯ އިން އެމެރިކާއާއި މެދު އަމަލުކުރަމުންދަނީ އިންސާފުން ނޫންކަމަށެވެ. ބްލޫމްބަރގް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހިތްހަމަޖެހޭ ގޮތަކަށް ޑަބްލިޔު.ޓީ.އޯ އިސްލާހު ނުކޮށްފިނަމަ އެޖަމްއިއްޔާއިން އެޤައުމު ވަކިވާނެކަމަށެވެ. އަދި ޑަބްލިޔު.ޓީ.އޯ އިން މައްސަލަތައް ނިންމަނީ އެމެރިކާއާއި ދެކޮޅަށްކަމަށެވެ.

މީގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޑަބްލިޔު.ޓީ.އޯ އުފެދިފައިވަނީ އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ފައިދާ ވާ ގޮތަށް އުފައްދާފައިވާ ޖަމްއިއްޔާއެއްކަމަށެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން އެމެރިކާއިން ޑަބްލިޔު.ޓީ.އޯއަށް ހުށަހަޅާ މައްސަލަތަކުގެ 90 އިންސައްތަ އެޤައުމާއި އެއްކޮޅަށް ނިމޭއިރު، އެޤައުމާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގެވެސް ގާތްގަނޑަކަށް 90 އިންސައްތަ ނިމެނީ އެޤައުމާއި ދެކޮޅަށެވެ.

ޑަބްލިޔު.ޓީ.އޯ އިން ވަކިވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެހެންނަމަވެސް ޑަބްލިޔު.ޓީ.އޯ އިން މަސައްކަތްކުރަނީ ބައިނަލްއަޤްވާމީ ވިޔަފާރިއަކީ ވީހާވެސް ހުޅުވާލެވިފައިވާ ވިޔަފާރިއަކަށް ހެދުމަށެވެ.

އެމެރިކާއިން ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ޤާއިމްކޮށްފައިވާ ޑަބްލިޔު.ޓީ.އޯގެ މައްސަލަތައް ބަލާ ގުނަވަނަށް ފަނޑިޔާރުން އައްޔަންކުރުންވެސް ހުއްޓުވާފައެވެ.

ޑަބްލިޔު.ޓީ.އޯއިން ވަކިވާން އެމެރިކާއިން އިންޒާރު ދިން އިރު، ޔޫރަޕާއި، ޗައިނާ އަދި އުތުރު އެމެރިކާ ސަރަހައްދުގެ ޤައުމުތަކާއި އެމެރިކާއާއި ދެެމެދު ބައިނަލްއަޤްވާމީ ވިޔަފާރީގެ ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފައެވެ.

ޑަބްލިޔު.ޓީ.އޯ އަކީ ދުނިޔޭގެ ވިޔަފާރިއާއި، އެކި ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ޤަވާޢިދުތަކާއި އުޞޫލުތައް ހަދައި، ޤައުމުތަކުގެ މެދުގައި ޖެހޭ ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާއިވާ ޖަމްއިއްޔާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
ލަންކާގެ އިތުރު ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރުދީފި

ލަންކާގެ އިތުރު ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރުދީފި

29 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު