Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

ބިރެއް ނެތި މުވައްޒަފުން ބޮޑު ފަޅިއަށް!

2 ސެޕްޓެމްބަރު 2018 | އާދީއްތަ 13:21

ސަރުކާރުގެ މުވައްޒަފުން ވެސް ދަނީ އިބޫގެ ކެމްޕެއިންގައި ބައިވެރިވަމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 13:21
ދާންދޫއަށް އިބޫ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެތިބި މީހުން

ދާންދޫއަށް އިބޫ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެތިބި މީހުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުމުގެ ދުވަސްތައް ގުނަމުން ދާއިރު، ބުނެލާ ބަހަކުން، ފާޅުކުރާ ޝުއޫރަކުން، އަދި ލޯބިކުރާ ކުލައަކުން ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ ބިރު އިންތިހާއަށް އޮތެވެ. ޕާޓީގެ ހަރާތްތަކުގައި ބައިވެރި ނުވެއްޖެ ނަމަ، ޖަލްސާއަށް ދިއުމުގެ ޓިކެޓްކޮޅުގައި ނުހިމައިފި ނަމަ، ވަޒީފާ ގެއްލިގެން ގޮސްދާނެ ކަމަށް ހީކޮށް، ހިތާ ދެކޮޅަށް އަމަލުކުރަން މަޖުބޫރުވި އެވެ.

ނިލަންދޫއިން އިބޫ އަށް މަރުހަބާ ކިޔަނީ

ނަމަވެސް މި މަންޒަރު ބަދަލުވެ، މުވައްޒަފުން ބިރު ފަހަނައަޅައިދާން ފަށާފައިވާކަން، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް (އިބޫ) ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ވަނީ އެނގިގެން ގޮސްފަ އެވެ. އެ އަތޮޅުގެ ރަށްތަކުގެ ސިވިލް ސާވަންޓުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ފާޅުގައި އިބޫއަށް މަރުހަބާ ކިޔަން ނުކުތެވެ. ތާއިދު އޮތް ކަމަށް ފާޅުގައި ދަނީ ބުނަމުންނެވެ. އެގޮތުން ގދ. ތިނަދޫއިންނާއި ގއ. ކޮލަމާފުށިންނާއި އެ އަތޮޅު ގެމަނަފުށިން ވެސް ފެނުނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ޖެހިލުމެއް ނެތި އިބޫއަށް ތާއިދު އޮތްކަން ދެއްކުމަށް އެތައް މުވައްޒަފުން ނުކުން މަންޒަރެވެ.

ސަރުކާރުގެ މުވައްޒަފުންގެ ފަރާތުން ފެންނަ ހިތްވަރުގަދަ އެ މަންޒަރާ ގުޅޭ ގޮތުން އެމްޑީޕީ ސަރުކާރުގެ ކުރީގެ ހައުސިން މިނިސްޓަރު އަދި ހުވަދޫ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައި ގަންނަވާ މުހައްމަދު އަސްލަމް ވިދާޅުވީ ބޮޑުފަޅިއަކީ ކޮން ކޮޅެއްކަން އެންމެނަށް އެނގިއްޖެ ކަމަށެވެ. ތިން ހަފްތާ ފަހުން ހާލަތު ބަދަލުވާނެ ގޮތް ކޮންމެ ބަޔަކަށް ވެސް ވަޒަން ކުރެވިފައިވާ ކަމަށާއި މުވައްޒަފުންގެ ހިތުތެރޭގައި ފޮރުވިފައިވާ ހަގީގަތް ދައްކުވައި ދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މީހުން ބިރު ފަހަނައަޅާ ހިނގައްޖެ، އިންތިހާބުގެ ފޯރި ވަރަށް ވަރުގަދަކޮށް މިހާރު މި އޮތީ، އިންތިހާބަށް ތިން ހަފްތާއަށް ކައިރިވެގެން އައިމަ، މިހާރު އެންމެންނަށް ވެސް ޔަގީންވެއްޖެ، ބޮޑުފަޅިއަކީ ކޮބައިކަން. ކިހިނެއްކަން މި ވަނީ. ތިން ހަފްތާ ފަހުން ވާނީ ކިހިނެއްކަން. މަހު މުސާރަ ލިބިއްޖެ. ދެން މުސާރަ ލިބޭނީ ސެޕްޓެމްބަރު މަސް ނިމިގެން،" އަސްލަމް ވިދާޅުވިއެވެ.

ދާންދޫއިން އިބޫ އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނުކުތް

އިބޫ ވައުދުވެވަޑައިގެންފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި އުޅުމުގެ ސަބަބުން މި ސަރުކާރުގައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަލުން އަނބުރާ ވަޒީފާ ހޯއްދަވައި ދެއްވައި، ގެއްލުމުގެ ބަދަލު ވެސް ދެއްވާނެ އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގއ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން، އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ މުވައްޒަފުންނަށް ދެން ބިރު ނުދެއްކޭނެ ކަން އެ މުވައްޒަފުންގެ އަމަލުން ސާބިތުކޮށްދެމުންދާ ކަމަށެވެ.

ސަރުކާރު މުވައްޒަފުން އިބޫއަށް އޮތް ތާއިދު ހާމަކުރަން ފަށާފައި ވާއިރު، އެމްޑީޕީއަށް ވެސް ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ. އެގޮތުން ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސާއި ކޮނޑޭގެ ކައުންސިލްގެ ރައީސާއި ދާންދޫގެ ޕީޕީއެމް އިސް އެކްޓިވިސްޓެއްގެ އިތުރުން ގެމަނަފުށީ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މަންޒަރުތައް ދާނީ އިތުރަށް ސާފުވަމުންނެވެ. ބިރުވެރިކަމުގައި ތިބޭނީތޯ، ނުވަތަ އެ ގަދަ ހޫނު ދޫކޮށްލައި، ބިރެއް ނެތި ހަމަޖެހިލައިގެން، އަމިއްލަ ޒަމީރުގެ މިނިވަންކަން އޮތްކަން އިހްސާސްކުރަން ދާނީތޯ ކަނޑައަޅާނީ ތިޔަ ރައްޔިތުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް